ލިޑަރު ކިމް، ކާމިޔާބެއް ލިބި ވަޑައިގަންނަވަންދެން މި ކަމުގައި ކުރިއަށް ވަޑައިގަންނަވާނެ އެވެ. މި މަސައްކަތާއެކު މިހާރު ވެސް ލީޑަރު ކިމް ގެންދަވަނީ ހަތިޔާރުގެ ޕްރޮގްރާމް ޒަމާނީކޮށް ފުޅާ ކުރަން މަސައްކަތް ކުރައްވަމުންވެ.
ޖައްވަށް ޖާސޫސީ ސެޓެލައިޓެއް ފޮނުވައި ޖައްވުގައި ބާއްވާން އުތުރު ކޮރެއާއިން ކުރާ މަސައްކަތުގެ ދެވަނަ ދިމާ ކުރުމުގައި ވެސް ނާކާމިޔާބު ވެއްޖެ އެވެ. މި ފަހަރުގެ މަސައްކަތް ނާކާމިޔާބުވީ ޖާސޫސީ ސެޓެލައިޓެއް ޖައްވަށް ފޮނުވަން ފުރަތަމަ ކުރި މަސައްކަތުގައި ލޯންޗު ކުރި ރޮކެޓް ކަނޑަށް ވެއްޓުނުތާ ތިން މަސް ފަހުންނެވެ.
އުތުރު ކޮރެއާގެ ޖާސޫސީ ސެޓެލައިޓްގެ އެ މަސައްކަތް މިއަދު ހެނދުނު ނާކާމިޔާބުވީ ސެޓެލައިޓް ޖައްވަށް ގެންދިއުމުގެ ތިން ވަނަ މަރުހަލާގެ ތެރޭގައި އޮއްވާ ކަމަށް އުތުރުގެ ރަސްމީ މީޑިއާއިން ވަނީ ބުނެފަ އެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއަށް ޖާސޫސީ ސެޓެލައިޓެއް ވަރަށް މުހިންމު ވެފައި ވެއެވެ. ބޭނުމަކީ އުތުރަށާއި ސީދާ އޭނާއަށް އަންނަ ހަމަލާތައް މޮނިޓާކޮށް ދީފާއު ރޭވުމެވެ.
ޕިއޮންޔަންގްގެ ޖައްވީ އިދާރާއިން ބުނެފައި ވަނީ "މިއީ މާ ބޮޑު ކަމެއް" ނޫން ކަމަށެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ޖާސޫސީ ސެޓަލައިޓް ޖައްވަށް ފޮނުވާލުމުގެ މަސައްކަތް އަލުން ކުރާނެ ކަމަށާއި ކާމިޔާބު ވަންދެން ހިފަހައްޓާނެ ކަމަށެވެ.
ދެވަނަ ދިމާ ކުރުމުގައި ލިބނު ނާކާމިޔާބީއަކީ ޕިއޮންގްޔަންގަށް މާޔޫސްކަމެއް ލިބިފައިވާ ކަމެކެވެ. އެހެން ނަމަވެސް ފެންނަ ފެނުމުގައި އުތުރުގެ ޖައްވީ މަސައްކަތްތަކުގައި އޮތް ޓީމުން ބޮޑެތި ކުރިއެރުންތަކެއް މިހާރު ހޯދާފައި ވެއެވެ.
ދައުލަތުގެ މީޑިއާ، ކޭސީއެންއޭގައި ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ނާކާމިޔާބުވީ ތިން ވަނަ މަރުހަލާގައި ގޯހެއް ހެދިގެން ކަމަށާއި ހެދުނު އެ ގޯހަކީ "ބޮޑު މައްސަލައެއް ނޫން" ކަމަށެވެ.
ލިޑަރު ކިމް، ކާމިޔާބެއް ލިބި ވަޑައިގަންނަވަންދެން މި ކަމުގައި ކުރިއަށް ވަޑައިގަންނަވާނެ އެވެ. މި މަސައްކަތާއެކު މިހާރު ވެސް ލީޑަރު ކިމް ގެންދަވަނީ ހަތިޔާރުގެ ޕްރޮގްރާމް ޒަމާނީކޮށް ފުޅާ ކުރަން މަސައްކަތް ކުރައްވަމުންވެ.