ލޯންޗު ޕެރޭޑަކުން މަޑުއްވަރީން ކީ ތަފާތު މަރުހަބާ އެއް

އެމްޑީޕީ ދިދަތަކުން ޒީނަތްތެރިކޮށްފައިވާ އުޅަނދުތަކުގައި ކުރިއަށް ގެންދިޔަ ކަނޑުމަތީ ޕެރޭޑަކީ މަޑުއްވަރީ ޒުވާނުން އިންތިޒާމު ކުރި ހަރަކާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީއަށް މިއަދު ވަޑައިގަތުމުން އެ ރަށުން ތަފާތު މަރުހަބާ އެއް ވަނީ ކިޔާފައި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީއަށް މިއަދު ވަޑައިގަތުމުން އެ ރަށުން ތަފާތު މަރުހަބާ އެއް ކިޔައިފި އެވެ.

ރައީސް މަޑުއްވަރީއަށް ވަޑައިގެންނެވީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނަށް މަރުހަބާ ކިޔުން ފެށުނީ ކަނޑުމަތީންނެވެ. ވިއްސަކަށް އުޅަނދު ބައިވެރިވެ ލޯންޗު ޕެރޭޑަކުން ރައީސަށް ވަނީ ތަފާތު މަރުހަބާ އެއް ކިޔާފައެވެ.

އެމްޑީޕީ ދިދަތަކުން ޒީނަތްތެރިކޮށްފައިވާ އުޅަނދުތަކުގައި ކުރިއަށް ގެންދިޔަ ކަނޑުމަތީ ޕެރޭޑަކީ މަޑުއްވަރީ ޒުވާނުން އިންތިޒާމު ކުރި ހަރަކާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީއަށް މިއަދު ވަޑައިގަތުމުން އެ ރަށުން ތަފާތު މަރުހަބާ އެއް ވަނީ ކިޔާފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީއަށް މިއަދު ވަޑައިގަތުމުން އެ ރަށުން ތަފާތު މަރުހަބާ އެއް ވަނީ ކިޔާފައި

ރަައީސް މަޑުއްވަރީއަށް ވަޑަައިގެންނެވިއިރު މުޅި ބަނދަރުމަތި އޮތީ ފުރާލާފައެވެ. ތިން ސަފަކަށް މީހުން އެތުރި އެމަނިކުފާނަށް މަރުހަބާ ކިޔާފައިވެއެވެ.

މަޑުއްވަރީ ބަނދަރަށް ރައީސް ފައިބާ ވަޑައިގަތުމާއެކު މަރުހަބާ ކިޔާފައިވަނީ ރައިވަރާއި އަންބާއިންނެވެ. އަދި އޭގެ ފަހުން އެ ރަަށުގެ ޒުވާނުން ވަނީ ބޮޑުބެރުގެ ހާއްސަ ހުށައެޅުމެއް ހުށައަޅައިިދީފައެވެ. ލަވަ ހަދާފައި ވަނީ އެ ރަށުގެ ޒުވާނުންނެވެ. ލަވާގައި މުޅީން ވެސް ހިމަނާފައިވަނީ މަޑުއްވަރީއަށް މި ޒައާމަތުގައި ކޮށްދީފައިވާ ކަންކަމާއި ރައީސްގެ ދެވަނަ ދައުރެއްގައި އެދޭ ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީއަށް މިއަދު ވަޑައިގަތުމުން އެ ރަށުން ތަފާތު މަރުހަބާ އެއް ވަނީ ކިޔާފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީއަށް މިއަދު ވަޑައިގަތުމުން އެ ރަށުން ތަފާތު މަރުހަބާ އެއް ވަނީ ކިޔާފައި

ރައީސް ސޯލިހް ވަނީ މަޑުއްވަރީ އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ވިދާޅުވީ މަޑުއްވަރީ އަކީ އަބަދުވެސް ތަފާތު ގޮތަަކަށް ސިޔާސީ ޖޯޝާ ފޯރި ގެންނަ ރަށެެއް ކަމަށެވެ.

ރައީސް ވަނީ މަޑުއްވަރީގެ ތަރައްގީއަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައއިގެން އާ ދައުރެއްގައި ކޮށްދެއްވާނެ މުހިންމު ކަންކަން ހާމަ ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ޕްލޭން އެބައޮތް. އެކަން ކުރާނެ މީހުން ވެސް އެބަތިބި،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީއަށް މިއަދު ވަޑައިގަތުމުން އެ ރަށުން ތަފާތު މަރުހަބާ އެއް ވަނީ ކިޔާފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީއަށް މިއަދު ވަޑައިގަތުމުން އެ ރަށުން ތަފާތު މަރުހަބާ އެއް ވަނީ ކިޔާފައި

މި ދައުރުގައި މަޑުއްވަރީ ގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށް ނިންމާފައެވެ. އެ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމާއި އައު ބަނދަރެއް ހެދުމާއި އައިސް ޕްލާންޓެއް ވަނީ ގާއިމު ކޮށްފައެވެ.

އައުޓް ޑޯ ޖިމަކާއި ކުޑަކުދީންގެ ޕާކަކާއި މަލްޓިޕާޕަސް ހޯލާއި 8 ކްލާސް ރޫމް އަޅާފައިވެއެވެ. އަދި ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ވެސް ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީއަށް މިއަދު ވަޑައިގަތުމުން އެ ރަށުން ތަފާތު މަރުހަބާ އެއް ވަނީ ކިޔާފައި

މަޑުއްވަރީ އަކީ ރިޔާސީ ކެމްޕެއިން ގައި ރައީސް ވަޑައިގެންނެވި 106 ވަނަ ރަށެވެ. މިއީ އެމަނިކުފާނަށް އެންމެ ހޫނު މަރުހަބާ އެއް ކީ އެއް ރަށެވެ.

އޭގެ ފަހުން ދުވާފަރަށް ވަޑައިގަތުމުން ވެސް އެ ރަށުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ.

ކޮމެންޓް

1
450
ލަޔާލް
1 year ago

މަޑުއްވަރި އަކީ ަބަދުވެސް ތަފާތް ބައެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.