އައިވީތައް މުއްދަތު ހަމަވެފައިވާކަން އެގުނީ ހުން އައިސް ރޯގާޖެހިގެން މަރުކަޒުގައި އެޑްމިޓްކުރި ކުއްޖެއް ގަޔަށް ގުޅަން އުޅުމުގެ ތެރޭގައި ކަން އެ ރަށު މީހުން ބުނެއެވެ . އަދި އެހެން ކުއްޖެއް ގަޔަށްވެސް އައިވީ ގުޅާފައި އޮތް ކަމަށް ބުނެއެވެ.
ގދ. ގައްދޫ ސިއްހީ މަރުކަޒުން މުއްދަތު ހަމަވެފައިހުރި އައިވީތަކެއް ކުޑަކުދިންތަކެއް ގަޔަށް ގުޅަން އުޅުނު ކަމަށް ބުނާ މައްސަލަ ފެންމަތިވެއްޖެ އެވެ.
ގައްދޫ ސިއްހީ މަރުކަޒުން މުއްދަތު ހަމަވެފައިހުރި އައިވީތަކެއް ކުޑަކުދިންތަކެއް ގަޔަށް ގުޅަން މި މައްސަލަ ހެލްތް މިނިސްޓްރީ އިން މިހާރު ދަނީ ބަލަމުންނެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރެވެންދެން މިކަމުގައި ބައިވެރިވާ މުވައްޒަފުން ގޭގައި މަޑުކުރުމަށް އަންގާފައިވެ އެވެ.
ހެލްތު މިނިސްޓްރީން ބުނެފައި ވަނީ މައްސަލައިގައި ހަތަރު މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެ އައިވީ ފުޅިތަކަކީ މިދިޔަ ޖުލައި މަހަށް މުއްދަތު ހަމަވެފަ ހުރި ފުޅިތަކެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
އައިވީތަކުގެ މުއްދަތު ހަމަވެފައިވާކަން އެނގުނީ ހުން އައިސް ރޯގާ ޖެހިގެން މަރުކަޒުގައި އެޑްމިޓް ކުރި ކުއްޖެއް ގަޔަށް ގުޅަން އުޅުމުގެ ތެރޭގައިކަން އެ ރަށު ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ. އަދި އެހެން ކުއްޖެއް ގަޔަށް އައިވީ ގުޅާފައިވާ ކަމަށް ވެސް ބުންޏެވެ.
އެކަމަކު އެކުއްޖާ ގަޔަށް ޖެހި އައިވީއަކީ މުއްދަތު ހަމަވެފައިވާ އައިވީ އެއްތޯ ބަލަން އާންމުން ދިޔައިރު އެ ކުއްޖާ ގަޔަށް ގުޅާފައިހުރި އައިވީ ނައްޓާލައި، ސިއްހީ މަރުކަޒުން އެ އައިވީ ފޮރުވި ކަމަށް މައުލޫމާތު ލިބެ އެވެ. ސިއްހީ މަރުކަޒުން އައިވީ ފޮރުވީ މުއްދަތު ހަމަވެފައިވާތީ ކަމަށް އެރަށު މީހުން ބުނެ އެވެ.