ހަނދުގެ ދެކުނަށް މަންޒިލްކޮށް އިންޑިއާ ތާރީހުގެ ތެރެއަށް

މީގެ ކުރީން 2014 ވަނަ އަހަރު އިންޑިއާ މާސްގެ އޯބިޓަށް ސެޓެލައިޓެއް ވެއްދި އޭޝިއާގެ ފުރަތަމަ ގައުމަށް އިންޑިއާ ވެފައި ވެއެވެ.

އިންޑިއާގެ ޖައްވީ ޕްރޮގްރާމްގައި ހަނދުގެ ދެކުނު ފަޅިއަށް ދާން ދިމާކުރި މަސައްކަތުގެ ތިން ވަނަ ދިމާ ކުރުމުގައި ޖައްވީ އުޅަނދު ޗާންދުރަޔާން-3 ހަނދުގެ ދެކުނު ފަޅިއަށް މަންޒިލްކޮށް، ހަނދާއި ދުނިޔޭގެ ތާރީހުގެ ތެރެއަށް އިންޑިއާ ހިނގައްޖެ އެވެ. މުޅި އިންޑިއާ ދަނީ މިކަމާ އުފާ ފާޅު ކުރަމުންނެވެ. ދުނިޔެއިން ދަނީ އިންޑިއާއަށް މަރުހަބާ ކިޔަމުންނެވެ.

އިންޑިއާއަށް މި މިޝަން ކާމިޔާބު ވުމަށް އެދި ދުނިޔެ ދުއާ ކުރުމުގައި އޮއްވާ ޗަންދުރާޔަން -3 ހަނދަށް ލޭންޑް ކުރުމާއެކު، އެމެރިކާ އާއި ޗައިނާ އަދި ސޯވިއެޓް ޔޫނިއަން / ރަޝިޔާ އަށް ފަހު ހަނދުގެ ބިމަށް ބަނދަރު ޓެކްނޮލޮޖީގައި ކުރި ހޯދި މޭސްތިރި ގައުމުތަކުގެ ލިސްޓުގައި ބިޔަ ބޮޑު އިންޑިއާއަށް ލިޔެވިގެން ދިޔައީ އެވެ. -- މީގެ ކުރީން  2014 ވަނަ އަހަރު އިންޑިއާ މާސްގެ އޯބިޓަށް ސެޓެލައިޓެއް ވެއްދި އޭޝިއާގެ ފުރަތަމަ ގައުމަށް އިންޑިއާ ވެފައި ވެއެވެ.

ދާދި ދެންމެއަކު ޗަންދުރާޔަން-3 ހަނދަށް ޖެއްސި އިރު ފަހު 15 އާއި 20 މިނެޓަކީ އޭގެ "ވިކްރަމް ލޭންޑާ" އަށް އެންމެ މުހިންމު ވަގުތުކޮޅަށް ވެފައި އޮތެވެ. ސަބަބަކީ މީގެ ކުރީން އިންޑިއާއިން 2019 އިގައި ކުރިޔަށް ގެންދިޔަ ހަނދަށް ދިއުމުގެ ދެވަނަ މިޝަންގައި އުޅަނދުގެ ޖައްސާން ދިޔަ ފަހު 20 މިނެޓުގެ ތެރޭގައި ނާކާމިޔާބުވި ތާރީހެއް އޮތުމުންނެވެ.

އެހެން ނަމަވެސް މިފަހަރު އިސްރޯ އިން ވަނީ އޭރު ހެދުނު ގޯސްތައް ރަނގަޅުކޮށް ޕްރޮސެސްގައި އިތުރަށް ސަމާލުވެފަ އެވެ. 

އިންޑިއާ ނޫނަސް އެހެން ގައުމުންތަކުގެ އުޅަނދުތައް ވެސް ހަނދަށް ޖެއްސުމުގެ މިނިޓްތަކެއް ކުރިން ޖައްވީ އުޅަނދަށް ބޮޑު ނުރައްކަލެއް އޮވެ އެވެ. އެ މުއްދަތާއި ފަހު ވަގުތުކޮޅަކީ ގާތްގަނޑަކަށް 20 މިނެޓް ގޮތް ނޭނގޭ ބިރުވެރި ކަމެއް އޮންނަ ވަގުތުކޮޅެކެވެ. 

މި މަރުހަލާގައި "ވިކްރަމް ލޭންޑާ" އަށް ޖެހޭނީ ރަނގަޅު ވަގުތުތަކާއި އެންމެ ރަނގަޅު އުސްމިނުގައި އަމިއްލަ އިންޖީނުތައް ހިންގާށެވެ. އެ ހުރިހާ ކަމެއް އިންޑިއާއިން ވަނީ މީގެ އިރުކޮޅެއް ކުރީން ބާރަބަރަށް ފުރިހަމަ ކޮށްފަ އެވެ. މިހާރު އިންޑިއާއަކީ ހަނދުގެ ދެކުނު / އަނދިރިފަޅިއަށް މަންޒިލް ކުރި ފުރަތަމަ ގައުމެވެ. 

އިންޑިއާއާއެކު ދެކުނު ފަޅިއަށް ވާސިލްވާން ރަޝިޔާގެ ލޫނާ 25 އުދުހުނެވެ. ނަމަވެސް ރަޝިޔާގެ މިޝަންގައި އިންޑިއާއަށް ވުރެ ކުރިން ހަނދަށް ޖެއްސުމުގެ އަމާޒަށް ގާތްގަނޑަކަށް ވާސިލުވެފައި ވަނިކޮށް ލޫނާ 25 ވެއްޓި ގޮވީ އެވެ. 

މިއަދު ހަނަދަށް ޖައްސައި އިންޑިއާ އާމާޒަށް ވާސިލުވެ ދުނިޔެ އާއި އިންސާނީ ހަޔާތަށް ދިގު ފިޔަވަޅެއް އެޅި އިރު އިންޑިއާގެ ޖައްވީ މިޝަންގައި ޗަންދްރަޔާން-2 - އޯބިޓަރަކާއި ލޭންޑަރަކާއި ރޯވަރެއް ހިމެނޭ ގޮތުން 2019 ވަނަ އަހަރުގެ ޖުލައި މަހު ވެސް ނައްޓާލައިގެން އުދުހޭން ފެށި އެވެ. ނަމަވެސް އެ މިޝަނުގައި ކާމިޔާބުވީ މަދު މިންވަރަކަށް ބައެއް ކަންކަމެވެ. ލޭންޑަރާއި ރޯވާ ދެކުނު ތަނޑިއަށް ވާސިލު ނުވެ އެފަހަރު ވެއްޓުނީ އެވެ. ޗަންދުރާޔަން-2 ގެ އޯބިޓަރު ހަނދު ވަށައިގެން އަދިވެސް ދައުރުކޮށް ދިރާސާ ކުރަމުގައި ދެމި އެބައޮތެވެ. 

މިފަހަރު ހަނދަށް ދަތުރު ކުރި 3،900 ކިލޯގެ ޗަންދްރަޔާން-3 ގައި ހުރި ގޯސްތައް ހައްލު ކުރަން ކުރީގެ އުޅަނދު ވެއްޓުނު ހާދިސާގެ ހުރިހާ ޑޭޓާއެއް ވަރަށް ރަނގަޅަށް ދިރާސާކޮށް، ފުރިހަމަ ސިމިއުލޭޝަން ޕްރޮގްރާމެއް 75 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށް ކުރިޔަށް ގެންދިޔަ އެވެ.

ބިޔަ ބޮޑު، އަދި މިހާރު އެންމެ ބޮޑު އާބާދީ އޮތް އިންޑިއާގައި އަޅާބަލާއިރު އިންޑިއާގެ ޖައްވީ މިޝަންގެ ބަޖެޓް ކުޑަ އެވެ. ނަމަވެސް 2008 ވަނަ އަހަރު ހަނދުގެ ވަށައިގެން ފުރަތަމަ ފަހަރަށް އިންޑިއާއިން ބުރުޖެހި ފަހުން ޖައްވީ މަސައްކަތުގައި އެ ގައުމުގ ވަރަށް ބޮޑަށް ކުރިއަރާފައި ވެއެވެ. އެއީ އިންޑިއާގެ ހަރަދު ކުޑަ ޖައްވީ އިންޖިނިއަރިންގެ ކުރި އެރުމެވެ،  ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިންޑިއާއަށް މި ހަރަދު ކުޑަކޮށް ބެހެއްޓެނީ މިހާރު ހުރި ޖައްވީ ޓެކްނޮލޮޖީ ކޮޕީކޮށް އެޑެޕްޓްކޮށްފައިވާތީ އެވެ. 

އިސްރޯ އިން ދާދިދެންމެއަކު ދުނިޔެއަށް ލައިވްކޮށް އިއުލާންކު ކުރި ގޮތުގައި ޗަންދްރަޔާން-3 މިޝަންގެ ލެންޑާ މޮޑިއުލް (އެލްއެމް) ކާމިޔާބުކަމާއެކު ވަނީ ހަނދަށް ބަނދަރު ޖަހާފަ އެވެ. މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު ލޯންޗުކުރި ޗަންދްރަޔާން-3 ގެ ލޭންޑާ މޮޑިއުލް ޕްރޮޕަލްޝަން މޮޑިއުލް އާއި ކާމިޔާބުކަމާއެކު ވަކިވީ މިޝަން ލޯންޗުކުރިތާ 35 ދުވަސް ފަހުން މިދިއަ ބުރާސްފަތި ދުވަހު އެވެ. ޗަނދުރާޔަން-3 ހަނދަށް ޖެއްސުމާއެކު ހަ ފުރޮޅުލީ ރޯވަރު ހަނދުގެ ބިމުގައިވާ ހިލަތަކާއި ކުނިކޮޅުތަކުގެ ވަށައިގެން ދުއްވައިގެންފައި ވެ އެވެ. ހަނދުގެ މުހިންމު ޑޭޓާތަކާއި ހަނދުގެ ދެކުނު ފަޅީގެ ތަސްވީރުތައް އެއްކޮށް ތަހުލީލު ކުރުމަށް އަނބުރާ ދުނިޔެއަށް ފޮނުވާލައި ދިނުގެ މަސައްކަތަށް މިހާރު ވަނީ އެނބުރިފަ އެވެ.  

އިންޑިއާގެ ޖައްވީ މި މިޝަންގައި އޯބިޓަރަކާއި ލޭންޑަރަކާއި ރޯވަރެއް ހިމެނެ އެވެ. ޗަންދްރާޔަން3, އުޅަނދު ހަނދަށް ބަނދަރު ކުރަން ދާން ނައްޓާލައި އުދުހިގެންފައި ވަނީ މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ޝަޓަލް ހަނދުގެ އޯބިޓްގެ ދައުރުގެ ތެރެއަށް ވަދެފައި ވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެއީ ދުނިޔެ ވަށައި ހަފުތާއެއްހާ ދުވަހު ބުރު ޖެހުމަށްފަހު އެވެ. 

ހަނދުގައި އިންޑިއާއިން ކުރާނެ މަސައްކަތް

ހަނދުގެ ދެކުނު ފަޅިއަކީ އަދިވެސް މާބޮޑަށް ކަންކަން ހޯދިފައި ނުވާ "އަނދިރިކަމެއް" އޮތް ތަނެކެވެ. އެތަނުގައި ހިޔަނި އެޅިފައިވާ ސަރަހައްދު ހަނދުގެ އުތުރު ގުރޫޕަށް ވުރެ މާ ބޮޑު ކަމަށް ބެލެވިފައި ވެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި އޭގެ މާނައަކީ ދާއިމީ ގޮތެއްގައި ހިޔަނި އެޅޭ ސަރަހައްދުތަކުގައި ފެން ހުރުމުގެ ފުރުސަތު އޮތުމެވެ.  

ޗަންދުރާޔަން 3 ވެސް ހަނދުގައި ކުރާނެ ކަމަކީ މީގެ ކުރިން ހަނދުގައި ކުރިޔަށް ގެންދިޔަ މިޝަންތަކުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް ދިރާސާތައް ކުރިއަށް ގެންދިއުމެވެ. ފެށުނީއްސުރެވޗެސް ޗަންދުރާޔާން-3 ދަތުރުގެ އެޖެންޑާގައި އޮތީ އެ އަމާޒެވެ. އެ ގޮތުން 2008 ވަނަ އަހަރު އިންޑިއާގެ ފުރަތަމަ ހަނދުގެ މިޝަނުގައި ހަނދުގެ ސާފޭސްއާ ހަމައަށް ދަތުރެއްކޮށް ހަނދުގެ ސަރަހައްދުގައި ގަނޑު ފެނުގެ މޮލިކިއުލްތައް ހުރިކަން ހޯދައި، ހަނދުގައި ދުވާލުގެ ޖައްވެއް އޮންނަކަން ގާއިމް ކުރިތާ 13 އަހަރު ފަހުން އެ ދިރާސާތަކަށް އަލުން ނަޒެއް ކުރާނެ އެވެ. އަދި ހަނދުގެ އަނދިރިފަޅީގައިވާ ގަނޑުފެނާއި ބޮޑެތިހާ ވަޅުގަނޑުތަކުގެ ސިއްރުތައް ހޯދައި ބަލައި ހަނދުގައި އާރާސްތު އާބާދެއް ކުރެވޭނެ ވިސްނުމުގެ ތަހުލީލުތައް ކުރާން ފަށާނެ އެވެ.  ސޯލާ ހަކަތައި ރޯވަރުގެ އެހީގައި ހަނދުގެ ދެކުނު ފަޅޫން އަދި މެޕް ނުކުރެވި ހުރި ސަރަހައްދުތައް  ހޯދައި، ދެ ހަފްތާގެ ތެރޭގައި ދުނިޔެއަށް ޑޭޓާ ޓްރާންސްމިޓް ކުރާނެ އެވެ.

ޖައްވީ މިޝަންތައް

ހަނދަށް އިންޑިއާއިން ދަތުރު ފޮނުވާ އުޅަންދު   "ޗަންދްރަޔާން" އަކީ ސަންސްކިރިތު ބަހުން "ހަނދުއުޅަނދު" އެވެ.  ރަޝިޔާގެ ލޫނާ އެވެ. މި އޮގަސްޓް 11 ވަނަ ދުވަހު ރަޝިއާގ ލޫނާ-25 ފޮނުވާލުމަކީ ގާތްގަނޑަކަށް 50 އަހަރު ފަހުން ރަޝިޔާގެ މިފަދަ ފުރަތަމަ މިޝަނެވެ. އެއީ މޮސްކޯއިން ހަނދަށް ދާން މަޝްރޫއު ފެށި ނަމަވެސް ޖައްވީ އިދާރާ ރޮސްކޯމޯސްގެ އެ މަސައްކަތް މިފަހަރު ކާމިޔާބު ނުވީ އެވެ.

އިންޑިއާ ހަނދުގެ ދެކުނަށް ގޮސް ރިކޯޑް ހެދި އިރު ހަނދުގެ އުތުރަށް ގޮސްފައިވާ ޗައިނާއިން ދަނީ 2030 ވަނަ އަހަރުގެ ނިޔަލަށް މީހުނާއެކު ހާއްސަ މިޝަނެއް ހަނދަށް ފޮނުވައި ހަނދުގައިު ބޭސްއެއް ގާއިމު ޕްލޭންތައް ފަށައި ހިންގަމުންނެވެ. އެއީ މިހާތަނަށް ހިނގާނެ އެންމެ ބޮޑު ޖައްވީ މިޝަނެވެ.

އަނެއްކޮޅު އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ "އާޓިމިސް -3 މިޝަންގައި އިންސާނުން ހަނދަށް ގެންދިއުމަށް 2025 ވަނަ އަހަރު މަސައްކަތް ކުރާނެ އެވެ. އަދި އެމެރިކާގެ މަހުޖަނު އެލޮން މާސްކްގެ ސްޕޭސްއެކްސް އިން ވަނީ އެ މީހުންގެ ޕްރޮޓޯޓައިޕް ސްޓާޝިޕް ރޮކެޓްގެ ވާޝަނެއްގެ މައްޗަށް ބިނާކޮށް ލޭންޑިން ސިސްޓަމެއް އުފެއްދުމުގެ ކޮންޓްރެކްޓް ކާމިޔާބުކޮށްފަ އެވެ. 

ފަހަކަށް އައިސް ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ސަބަބުން ޖައްވީ މިޝަންތަކުގެ ހަރަދު ކުޑަވެފައި ވެއެވެ. އެހެންވެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ އާ ފަރާތްތައް މިކަމުގައި ބައިވެރިވުމުގެ މަގު ވަނީ ހުޅުވިފަ އެވެ. އެހެން ނަމަވެސް ހަނދަށް ދިއުމަކީ އެހައި އެހައި ފަސޭހަ މަސައްކަތަކަށް ނުވެއެވެ. އިޒްރޭލުގެ ނޮން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ ސްޕޭސްއައިއެލް އިން 2019 ވަނަ އަހަރު ބެރެޝީޓް ލޫނާ ލޭންޑާ ލޯންޗުކުރި ނަމަވެސް އެ އުޅަނދު ވެސް ވަނީ ވެއްޓިފަ އެވެ. އަދި މިއަހަރުގެ އޭޕްރީލް މަހު ޖަޕާނުގެ އައިސްޕޭސް ކުރި މަސައްކަތްތަކެއް ވެސް ވަނީ ނާކާމިޔާބުފަ އެވެ.

ކޮމެންޓް

2
450
ފަރިޔާލް
1 year ago

ހަނދުން ގޯއްޗެއް ބޭނުމީ. ބޭނުމީ މި ދުނިޔެ ދޫކޮށްދާން. ހަނދަގަ ދިރިއުޅެން ބޭނުމީ.

ރާނިޔާ
1 year ago

ވަރަށް ފުރިހަމަ ކާމިޔާބީ އެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.