މައްސަލަ ބާއްވާފައި މަޖިލީހުގައި ސިޔާސީ ޒުވާބު

އޭނާ ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް މަޖިލީހުގައި އެކި މެމްބަރުން ޕާޓީ ބަދަލުކުރުން ކޮމެޓީތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. ހަމަ އެ އުސޫލުން މިހާރު ވެސް އެކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގަައި މެންބަރު އަފީފް: މިއަދުވެސް އޮތީ ޒުވާބު ކުރުން

ރައްޔިތުންގެ މަޖިލީހަށް ދިމާވެފައިވާ މައިގަނޑު މައްސަލަ ބޭއްވުމަށްފަހު ޖަލްސާގައި ޒުވާބު ކުރުމާއި އެކަކު އަނެކަކާ ދިމާލަށް ބަހުގެ ހަމަލާތައް ރައްދުކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.

މަޖިލީސް ކުރިއަށް ނުގެންދެވި މަރުތަޅު އެޅުވިފައި ވަނީ ދާއިމީ ކޮމެޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުން ތަމްސީލު ކުރާނެ ގޮތެއް ފާސްނުގެންނެވެ. ކޮމެޓީތައް އެކުލަވާނުލެވި އޮތުމުން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް އޮތީ ކުރިއަށް ނުގެންދެވި ހުއްޓިފަ އެވެ.

އިއްޔެގެ ޖަލްސާ ވެސް ނިންމާލަން ޖެހުނީ ޖަލްސާ ކުރިއަށް ނުގެންދެވިގެންނެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތާއި ހަވާލުވެ އިންނެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އޭނާއާ ރިޔާސަތު ހަވާލުކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާލޭގައި ނެތުމުންނާއި، ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުރުވެރިވެފައިވާތީ އެވެ.

ޖަލްސާގައި އެންމެ ފުރަތަމަ ފުރުސަތު ދިނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދަށެވެ. އޭނާ ބަހުގެ ހަމަލާތައް ރައްދުކުރައްވަން ފެއްޓެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ރައްޔިތުން ވޯޓު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެޔާއެކު މަޖިލީސް ތެރޭގައި އަޑުގަދަކޮށް، މެމްބަރުން ޒުވާބު ކުރަން ފެއްޓެވި އެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީ މެމްބަރުން ތުހުމަތު ކުރަމުން ދިޔައީ، ކޮމެޓީތައް އެކުލަވާނުލެވި އޮތީ ނަޝީދުގެ ސަބަބުން ކަމަށެވެ. އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދިޔައީ މަޖިލީސް ހުއްޓުވަނީ ރައީސް ސޯލިހު އަންގަވައިގެން ކަމަށެވެ. ޒުވާބު ކުރިއަށް ދިޔައީ އެމްޑީޕީ މެމްބަރުންނާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުންގެ މެދުގަ އެވެ.

"އަޅުގަނޑު ދަންނަވާނީ ކޮމިޓީތައް ހިފަހައްޓައިގެން އުޅެނީ ހަމަ ރިޔާސަތުންނޭ. އެހެންވީމަ ރިޔާސަތުން އެކަން ރަގަޅު ކޮށްދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލްހަކީމް ވިދާޅުވި އެވެ.

އޭނާ ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް މަޖިލީހުގައި އެކި މެމްބަރުން ޕާޓީ ބަދަލުކުރުން ކޮމެޓީތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. ހަމަ އެ އުސޫލުން މިހާރު ވެސް އެކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ކޮމެޓީތައް އެކުލަވާލައިފައި އޮތް ގޮތުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ މިއަދު މި ސަރުކާރުގެ ޖީބު ތެރޭގައި ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ޖީބު ތެރޭގަކަން ތިބީ މި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް. މީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ހަގީގަތެއް،" މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވި އެވެ.

މެމްބަރުން ޒުވާބު ކުރައްވާތީ އަފީފް ވަނީ ތަކުރާރުކޮށް ހުށަހެޅިފައިވާ މައްސަލައަށް ބަހުސް ކުރުމަށް އަންގަވާފަ އެވެ. މިއަދުގެ ޖަލްސާގައި ވެސް ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފުގެ ނަން އިއްވި އެވެ. އެކަމަކު ނަން އިއްވުމުން ވެސް އޭނާ އިންނެވީ ބޭރަށް ނުގޮހެވެ.

އިއްޔެގެ ޖަލްސާގައި ވެސް އޭނާ ހިމެނޭހެން ހަތަރު މެމްބަރުންގެ ނަން އިއްވި އެވެ. އެކަމަކު އަޑުގަދަ ކުރައްވައި މެމްބަރުން ތިއްބެވީ ތަޅުމުގަ އެވެ.

ކޮމެންޓް

1
450
ލައިޝާ
1 year ago

ތާކުން ތާކުނުޖެހޭ އަން އެޑިޔުކޭޓެޑް މީހުން މަޖިލީސް މެމްބަރުންނަށް ލީމަ ވާނީ މިހެން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.