މޫސާ ސިރާޖުގެ ތާއީދު މުއިއްޒަށް، ވިދާޅުވީ ލާމު ބަދަލު ކޮށްލާނެ ކަމަށް

މޫސާ ސިރާޖު ވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މި އިންތިހާބު ގައި އެކަން ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

މޫސާ ސިރާޖު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއެކު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ނިންމަވައިފި އެވެ.

މުއިއްޒު މިރޭ ވަނީ މުއިއްޒު އެންޑޯސް ކުރައްވާ ކަން ހާމަ ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. މޫސާ ސިރާޖު ވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މި އިންތިހާބު ގައި އެކަން ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

މޫސާ ސިރާޖު ވަނީ އެމްޑީޕީގެ ދަފްތަރުން ނަން އުނިކޮށް ދެއްވުމަށް އެދިވަޑައިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް މިއަދު ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ މިއަދުން ފެށިގެން އެމްޑީޕީން ވަކިވެވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީ ދެބައިވުމުން އޭނާ އެންމެ ފުރަތަަމަ ހުންނެވީ ރައީސް ނަޝީދާ އެކު އެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީއަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ނަޝީދު ދޫކުރައްވާ ރައީސް ސޯލިހްގެ ފަޅިއަށް ވަޑައިގަތެވެ.

ނަމަވެސް މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގައި އިންސާފެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރުގެ ނިންމުމާ ދެކޮޅަށް ގެންދެވީ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ރާއްޖޭގެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޭއިންސާފެކެވެ.

ކޮމެންޓް

1
450
ސިޔައްޓޭ
1 year ago

" އެމްޑީޕީ ދެބައިވުމުން އޭނާ އެންމެ ފުރަތަަމަ ހުންނެވީ ރައީސް ނަޝީދާ އެކު، ނަމަވެސް ރިޔާސީ ޕްރައިމަރީއަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ނަޝީދު ދޫކުރައްވާ ރައީސް ސޯލިހްގެ ފަޅިއަށް ވަޑައިގަތް. " މިފަހަރު ސިރާޖެއް ނުހޮވާމު. އަފެންގެ ތާއީދެއްނެތް އިނބަކަށް. ދެފުއްކެހެރިކަމުން އެޔޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.