މިފަހަރު ރިސޯޓް ހަދަން ނެރޭ ދެ ރަށުން ޖުމްލަ 320 އެނދު އުފެދޭނެ އެވެ.
ބޮޑު ތިލަދުންމަތީގައި ތަރައްގީ ކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވިޔަފާރީގެ ދެކޮޅު ޖެހޭ މޮޑެލްއަކަށް ގެންދަން ބޭނުންވާ އެނދު އިތުރުކުތަން ދެ ރިސޯޓެއް ބީލަމަށް ލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ތިލަދުންމަތީ ހއ. މެދަފުށްޓާއި ށ. ނަލަދޫ ވެސް ބީލަމަށް ހުޅުވާލާފަ އެވެ. މިފަހަރު ބީލަމަށް ހުޅުވާލި ހއ. މެދަފުށި ކުިރިންވެސް މި ސަރުކާރުން ބީލަމަށް ހުޅުވާލާފައިވެ އެވެ.
ދެ ރަށް ހުޅުވާލީ ކީއް ކުރަން ؟ މި ދެ ރަށް ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ބުނީ ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، އިތުރަށް ތަރައްގީކޮށް އަލަށް ހުޅުވިގެންދާނެ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ފީސިބަލް ކުރުމަށްޓަކައި އެ ސަރަޙައްދުގައި ހިންގޭ އިގްތިސޯދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ގާއިމްކުރުމެވެ.
މި ބީލަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 11:00 ގައި ވަޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގެ ބައްދަލުވުން އޮންނާނެ އެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 17 ސެޕްޓެމްބަރު 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިމިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް އީމެއިލް އިން ލިބޭނެ އެވެ.
އެބަ ރަނގަޅުވޭ. ތިލަދުންމައްޗަށް ތަރައްގީއަށް އެދެން