ގިނަ މަޝްރޫއުތަކާއެކު އޭދަފުށި ބަދަލުކޮށްލަނީ

"ކުރިއަށް އޮތް ތަނުގައި އޭދަފުއްޓަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެވޭނީ އަޅުގަނޑުމެންނާ އެކީ ތިބެގެންކަން ރައްޔިތުންނަށް އެބަ ގަބޫލުކުރެވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު --

ތަރައްގީގެ ގިނަ މަޝްރޫއުތަކަކާއެކު ބ. އޭދަފުއްޓަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނެސްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އޭދަފުއްޓަށް ވަޑައިގެން ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި އެރަށަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ރައީސްގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ ފަހުގެ ތާރީހުގައި ސަރުކާރުތަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ކުރީގައި އޮންނަނީ އޭދަފުށި ކަމަށެވެ.

އެރަށުގެ ރައްޔިތުންނަނީ އަބަދުވެސް ސަރުކާރުތަކުން ކޮށްދޭ ކަންކަން ބަލައިގަންނަ އަދި އެއްބާރުލުން ދޭ ބައެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އޭދަފުށި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރައީސް ވައުދުވެވަޑައިގަތީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން އިސްކުރައްވައިގެންނެވެ.

"ކުރިއަށް އޮތް ތަނުގައި އޭދަފުއްޓަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެވޭނީ އަޅުގަނޑުމެންނާ އެކީ ތިބެގެންކަން ރައްޔިތުންނަށް އެބަ ގަބޫލުކުރެވޭ،" ރައީސް ވިދާޅުވި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު --

އޭދަފުއްޓަށް ވެވަޑައިގަތް ވައުދުތައް

  •  ރަށުގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް އަޅައި ތާރުއެޅުން
  •  ހޮސްޕިޓަލްގެ ވަސީލްތައް އިތުރުކޮށް މިހާރަށްވުރެ ފެންވަރު ރަގަޅު ކުރުން
  •  ރަށުގެ ބަނދަރު ބޮޑުކޮށްދިނުން
  •  ބަނދަރު ބޮޑުކުރާއިރު މޫދަށް އެރޭނެ ބީޗެއް ހެދުން
  •  ހައުސިން މަޝްރޫއެއް ހިންގުން
  •  އިސްލާމީ މަރުކަޒެއް އެޅުން
  •  ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން

"އަޅުގަނޑުމެން އެންމެ ކުޑައިރުންސުރެ ހަނދާން ހުރޭ މިރަށުގެ ފުޓްބޯޅަ ޓީމު މަތިން. އަދި އަޅުގަނޑުމެން އެންމެ ޒުވާން އިރުވެސް ފެނޭ ގަލޮޅު ދަނޑަށް ވަންނައިރު، މިތާ އެބަތިއްބެވި ފަސްޓް ޑިވިޝަންގަ ޓީމާއެކީ ކުޅެފަ ތިބި ކުޅުންތެރިން. މިރަށުގެ ޒުވާނުން އަބަދުވެސް ބޭނުންވޭ ތަފާތު ކުޅިވަރުތައް ކުޅެވޭނެ ރަގަޅު ވަސީލަތްތައް ގާއިމްކުރުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރު ވަސީލަތްތައް ރަގަޅު ސްޕޯޓްސް ކޮމްޕްލެކްސްއެއް ރަށުގެ ޒުވާނުންނަށްޓަކައި އަޅާދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރު އޭދަފުށީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ. މިހާރު އަސާސީ ހިދުމަތްތައް ފުރިހަމަ ނުވާ ހުރިހާ ރަށަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދީ، ރަށްރަށަށް ބަދަލު ގެނެސްދެއްވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.