މޫސާ ސިރާޖު އެމްޑީޕީން ވަކިވެއްޖެ

މޫސާ ސިރާޖު ވަނީ އެމްޑީޕީގެ ދަފްތަރުން ނަން އުނިކޮށް ދެއްވުމަށް އެދިވަޑައިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީއެއް ފޮނުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް އެމްޑީޕީން ވަކިވެވަޑަައިގެންފި އެވެ.

މޫސާ ސިރާޖު ވަނީ އެމްޑީޕީގެ ދަފްތަރުން ނަން އުނިކޮށް ދެއްވުމަށް އެދިވަޑައިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ވިދާޅުވެފައި ވަނީ  ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ މިއަދުން ފެށިގެން  އެމްޑީޕީން ވަކިވެވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީ ދެބައިވުމުން އޭނާ އެންމެ ފުރަތަަމަ ހުންނެވީ ރައީސް ނަޝީދާ އެކު އެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީއަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ނަޝީދު ދޫކުރައްވާ ރައީސް ސޯލިހްގެ ފަޅިއަށް ވަޑައިގަތެވެ.

ނަމަވެސް މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގައި އިންސާފެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރުގެ ނިންމުމާ ދެކޮޅަށް ގެންދެވީ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ރާއްޖޭގެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާއަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޭއިންސާފެކެވެ.

މުއިއްޒު އެންޑޯސް ކުރައްވަނީ؟ އެނގިފައިވާ ގޮތުގައި މޫސާ ސިރާޖު ވަރަށް އަވަހަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެންޑޯޒް ކުރައްވާނެ އެވެ.

ފޮނަދޫގައި އޮންނަ މޫސަގެ ޓީމު މިހާރު ވަނީ ޕީޕީއެމާއެކު މަސައްކަތް ފަށާފައެވެ. އެ އަތޮޅުގައި މުއިއްޒަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތަކުގައި އެ ޓީމް ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް

1
450
ފަޔާ
1 year ago

ޔެސް. މާބޮޑަށް ވެސް ލަސްވެއްޖެ ތިކަންކުރަން. އިބޫ ނޫންގޮތެއް ބޭނުމީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.