ލޫނާ 25 ވެއްޓި ގޮވައި މިޝަން ނާކާމިޔާބު

ކުރިން ރޭވިފައި އޮތް ގޮތަށް އިއްޔެ ޕްރީ ލޭންޑިން ފުރިހަމައަށް ހެދުނު ނަމަ ލޫނާ 25 ހަނދަށް ޖައްސާނީ މިއަދު އެވެ.

ހަނދުގެ އަނދިރި ފަރާތަށް ޖައްސަން ދިމާ ކުރި ރަޝިޔާގެ ޖައްވީ އުޅަނދު، ލޫނާ 25 ވެއްޓި ގޮވައިފި އެވެ. 

މިއީ ސޯވިއެޓް ޔޫނިއަންގެ ޒަމާނަށް ފަހު ހަނދަށް ދިރާސާ އުޅަނދެއް ފޮނުވަން ރަޝިޔާއިން މަސައްކަތްކުރި ފުރަތަމަ ފަހަރެވެ. މި މިޝަން މިހާރު ވަނީ މުޅީން ނާކާމިޔާބުވެފަ އެވެ.

ރަޝިއާގެ ސްޕޭސް ކޯޕަރޭޝަން، ރޮސްކޮސްމޮސް އިން ބުނެފައިވާ ގޮތުގައި ލޫނާ 25 ހަނދަށް ޖައްސަން ކުޑަތަން ވެފައި އޮއްވާ އިއްޔެ އެ އުޅަނދާ ގުޅުން ކެނޑުނެވެ. އަދި އެ އުޅަނދު އޭގެ ޒާތަށް ހަނދަށް ތިރި ކުރަން މަސައްކަތް ކުރަމުން ދަނިކޮށް ވަނީ އެކްސިޑެންޓްވެ ގޮވާފަ އެވެ. އެކްސިޑެންޓްވީ ލޫނާއަށް މިސްރާބު އޮޅި ހަނދުގެ ބިމުގައި ޖެހިގެނެވެ.

ކުރިން ރޭވިފައި އޮތް ގޮތަށް އިއްޔެ ޕްރީ ލޭންޑިން ހެދުނު ނަމަ ލޫނާ 25 ހަނދަށް ޖައްސާނީ މިއަދު އެވެ. 

ލޫނާ 25 ގޮވައި މިޝަން ފޭލްވުމުން އިންޑިއާއަށް ވުރެ ކުރިން ހަނދުގެ ދެކުނު ފަޅިއަށް ޖައްސަން ކުރި މަސައްކަތް ރަޝިޔާއަށް ނާކާމިޔާބުވެ މާޔޫސްވެފައިވާއިރު އިންޑިއާގެ ޗަންދްރަޔާން-3 އަނަން ބުދަދު ދުވަހު، މި މަހުގެ 23 ވަނަ ދުވަހު ހަނދުގެ އަނދިރި ފަޅި، ދެކުނަށް ތިރި ކުރާނެ އެވެ. 

އެހެން އެކަން ވެއްޖެ ނަމަ އިންޑިއާ ވާނީ ހަނދުގެ އެ ފަޅިއަށް ފައިބާ ފުރަތަމަ ގައުމަށެވެ. މީގެ ކުރިން އިންޑިއާއިން އެކަމަށް ދިމާ ކުރި މިޝަން ފޭލްވެ ޗަންދުރާޔަން-2 ވަނީ ގޮވާފަ އެވެ.

އިންޑިއާގެ މިޝަން ކާމިޔާބު ވެއްޖެ ނަމަ އިންޑިއާ ވާނީ ހަނދަށް ދިޔަ ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން ހަނދަށް ދިޔައީ ޗައިނާ އާއި އެމެރިކާ އާއި އަދި ސޯވިއެޓް ޔޫނިއަން އެވެ. އެކަމަކު އެ ގައުމުތައް މުޅީން ވެސް ދިޔައީ ހަނދުގެ އަނެއް ބިތުން އުތުރަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.