މުނައްވަރުގެ ތާއީދު މުއިއްޒަށް، ކެމްޕެއިނު ގައި އުޅުއްވާނެ

ކުރީގެ ބަންޑާރަނައިބް ކަން ކުރެއްވި މުނައްވަރު މިއަދު ވިދާޅުވި ގޮތުގައި ރިޔާސީ ރޭހުން ފެނިވަޑައިގަންނަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ ޑރ. މުހައްމަދު މުއިއްޒެވެ.

ޑރ. މުހައްމަދު މުއިއްޒު އަދި ޑރ. މުހައްމަދު މުނައްވަރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު، ފަހުވަގުތު ފަހަތަށް ޖެހިވަޑައިގެން އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރުގެ ތާއީދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތް ކަން ހާމަ ކުރައްވައިފި އެވެ.

ކުރީގެ ބަންޑާރަނައިބް ކަން ކުރެއްވި މުނައްވަރު މިއަދު ވިދާޅުވި ގޮތުގައި ރިޔާސީ ރޭހުން ފެނިވަޑައިގަންނަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ ޑރ. މުހައްމަދު މުއިއްޒެވެ. އެހެން ކަމުން މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި މުއިއްޒުގެ ކެމްޕެއިން ގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. މުނައްވަރު ވިދާޅުވި ގޮތުގައި މުއިއްޒުއާ އެކު މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ އެވެ. 

މުނައްވަރު އެންމެ ފަހުން ސިޔާސީ މަސައްކަތެއްގެ ތެރެއިން ފެނި ވަޑައިގެންފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ރައީސް ނަޝީދު އަރިހުގައި އައްޑު އަތޮޅަށް ވަޑައިގެން ރައީސް ނަޝީދަށް ކެމްޕޭން ކޮށްދެއްވާން އެ އަތޮޅުގައި އުޅުއްވަނިކޮށެވެ. މުނައްވަރަކީ އައްޑޫ ސިޓީ މީދޫ ބޭފުޅެކެވެ. އެ ސިޓީގެ އެންމެ ހިދުމަތްތެރި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ މުނައްވަރެވެ.

އޭގެ ކުރީން މިދިއަ ދުވަސްތަކުގައި މޮރިޝަސްގެ މައްސަލާގައި ދިވެހި ސަރުކާރުން ރާއްޖޭގެ ސްޓޭންޑް ބަދަލުކުރި މައްސަލައާ ގުޅިގެން މުނައްވަރުގެ ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ދެކޮޅަށް ވާހަކަފުޅު ދައްކަވާ ސްޓޭޓްމަންޓްތައް ނެރުއްވުމުގެ އިތުރުން ނޫސްކޮންފަރެންސް ވެސް ބާއްވަވާފަ އެވެ.

މުނައްވަރަކީ ކުރިން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެކިފަހަރު މަތީން ވިދާޅުވާ ބޭފުޅެކެވެ. އެކަމަކު ކުރިމަތި ނުލައްވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.