24 ރަށެއްގެ އިއާދަ ހަކަތަ ބެޓަރީ ސިސްޓަމް އެޑްވާންސް ކުރަނީ

މި މަޝްރޫއު ހިންގަން ރާއްޖޭން ވަނީ ''ކްލީން ޓެކްނޮލޮޖީ ފަންޑު'' އިން 23.9 މިލިއަން އެމެރިކާ ޑޮލަރުގެ ލުއި ލޯނެއް ނާގާފަ އެވެ.

24 ރަށެއްގައި ރިނިއުވަބަލް އެނަޖީ ހިމެނޭ ބެޓްރީ ސިސްޓަމް އެޑްވާންސް ކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފި.

ރާއްޖޭގެ 24 ރަށެއްގައި ރިނިއުބަލް އެނާޖީ ހިމެނޭ ބެޓްރީ ސިސްޓަމެއް އެޑްވާންސް ކުރަން ނިންމައިފި އެވެ. 

ރާއްޖޭގެ 24 ރަށެއްގައި އިއާދަ ހަކަތަ އުފެއްދުމަށް މުހިންމު ފިޔަވަޅެއް އެޅުމުގެ ގޮތުން ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލް ކުރުމުގެ ކޮންޓްރެކްޓް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

މި ޒަމާނީ ހަކަތަ ރައްކާކުރުމުގެ ޓެކްނޮލޮޖީގެ ސަބަބުން އައިލެންޑް ގްރިޑްތަކަށް އިއާދަ ކުރަނިވި ހަކަތަ ރަނގަޅަށް ބެލެހެއްޓޭނެ އެވެ. އޭގެ އިތުރުން ސޯލާ ޕީވީ / ޑީސަލް ހައިބްރިޑް ހަކަތަ އުފެއްދުމުގެ ނިޒާމު ފުރިހަމަވެ، ކޮންމެހެން ބޭނުންވާ ޑީސަލް ޖަނަރޭޓަރުތަކުގެ އޮޕަރޭޝަން އޮޕްޓިމައިޒް ކުރެވޭނެ އެވެ.

މި މަޝްރޫއު ހިންގަން ރާއްޖޭން ވަނީ ''ކްލީން ޓެކްނޮލޮޖީ ފަންޑު'' އިން 23.9 މިލިއަން އެމެރިކާ ޑޮލަރުގެ ލުއި ލޯނެއް ނާގާފަ އެވެ.

މަޝްރޫއު ހިންގާ ރަށްތައް

އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ، މީދޫ، ފުވަމުލަށް ސިޓީ، ގދ. ތިނަދޫ، ހދ. ކުޅުދުފުށި، ބ. އޭދަފުށި، ޅ. ހިންނަވަރު، ޅ. ނައިފަރު، ގއ. ވިލިނގިލި، ށ. ފުނަދޫ، ލ. ފޮނަދޫ، ލ. ގަން، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ދަނބިދޫ، ލ. މާބައިދޫ، ލ. މާމެންދޫ، ލ. ކުނަހަންދޫ، ލ. ހިތަދޫ އަދި ލ. މާވަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.