ހަމަނުޖެހުން ހިންގައި ގެއްލުން ދެނީ އިދިކޮޅަށް ހުރަސްއަޅާތީ: އިމްތިޔާޒް

"އޭގެ ތެރެއިން ނިކުންނަ ނަތީޖާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ރަށްރަށުގަ ބައެއް ޕާޓީތަކުގެ މެދުގަ ހިންގާ ހަމަނުޖެހުމަކީ. ހާއްސަ ގޮތެއްގަ ސަރުކާރުން މިކަމުގެ ޒިންމާ ބޮޑަށް ނަގަން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،"

އިލްޔާސް ލަބީބްގެ ކެމްޕޭން ސްޕޯކްސްޕާސަން އިމްތިޔާސް ފަހުމީ --

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ހަރުގެތަކަށް ގެއްލުން ދެނީ އިދިކޮޅަށް ހުރަސްއަޅައި ތަކެއްޗަށް ގެއްލުން ދޭތީ ކަމަށް ދަ ޑިމޮކްރެޓްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭން ސްޕޯކްސްޕާސަން އިމްތިޔާސް ފަހުމީ ވިދާޅުވެއްޖެ އެވެ.

އިލްޔާސްގެ ކެމްޕޭނާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒް ވިދާޅުވީ އެމްޑީޕީގެ ހަރުގެ ތަކަށް ގެއްލުންދޭ ވާހަކަ ދައްކާއިރު އިދިކޮޅުގެ ބައެއް ހަރުގެތަކަށް ކަޅުތެޔޮ ޖަގައި ބެނާތަކަށް ގެއްލުން ދީފައިވާ ކަމަށެވެ.

އެމްޑީޕީގެ ހަރުގެތަކަށް ގެއްލުން ދެނީ އިދިކޮޅުގެ އަޑު އިއްވިޔަ ނުދީ އެމީހުން އަނިޔާވެރިކަމާއެކު ހައްޔަރު ކުރާ މައްސަލަ ބޮޑުވެގެން ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ރަށްރަށަށް ވަޑައިގަންނަވަނީ އެރަށްރަށުގެ އާބާދީއަށްވުރެ ގިނައިން ފުލުހުންނާ ސިފައިން ގޮވައިގެން ކަމަށެވެ. އެމީހުންގެ އެހީގައި އިދިކޮޅު ފަރާތްތަކުން ކުރާ އިހުތިޖާޖްތަކަށް ހުރަސް އަޅައި އެމީހުންނަށް އަނިޔާ ކުރަމުންދާ ކަމަށެވެ.

"އޭގެ ތެރެއިން ނިކުންނަ ނަތީޖާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ރަށްރަށުގަ ބައެއް ޕާޓީތަކުގެ މެދުގަ ހިންގާ ހަމަނުޖެހުމަކީ. ހާއްސަ ގޮތެއްގަ ސަރުކާރުން މިކަމުގެ ޒިންމާ ބޮޑަށް ނަގަން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ ރައީސް ސޯލިހު މިއަދު އަމަލުކުރަމުން އެދަނީ އެމްޑީޕީގެ މެމްބަރުން ދުވަހަކުވެސް ދެކެން ބޭނުންވާ ގޮތަކަށް ނޫން ކަމަށެވެ. އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރީ ފުލުހުންނާ ސިފައިން އަރުވައިގެން އިދިކޮޅު މީހުންނާމެދު ހަރުކަށީ ފިޔަވަޅުތައް އެޅުމާ ދެކޮޅަށް ކަމަށެވެ.

ރައީސް އަމަލު ކުރައްވާގޮތުން ދޭހަވަނީ އެމަނިކުފާނަކީ އިދިކޮޅު ހަރަކާތްތައް ބެލުމާއި އަޑު އެހުމަށް ކެރިވަޑައިނުގަންނަވާ ބޭފުޅެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

"ސަރުކާރުން ޖެހޭނީ އޮޕޮޒިޝަނުގެ ވެސް އަޑުއަހަން. އަޅުގަނޑުމެންނަށް އަނެއްކާ އަލުން މިފެންނަނީ އެމްޑީޕީގެ ސަރުކާރެއްގަ ދުވަހަކުން ވެސް ރައްޔިތުން ބަލަން ބޭނުން ނުވާ ކަމަށް ގަބޫލުކޮށްގެން ހުރި ކަންތައްތައް ތަކުރާރުވަމުންދާތަން މި ފެންނަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

ރަށްރަށުގައި ހުރި އެމްޑީޕީގެ ދެ ހަރުގެއަކަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ގެއްލުން ދީފައިވެ އެވެ. ގދ. މަޑަވެއްޔަށް ރައީސް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށް އެރަށުގެ އެމްޑީޕީ ހަރުގެ ބަޔަކު ވަނީ އަންދާލާފަ އެވެ. އޭގެ ފަހުން ހޯޑެއްދޫ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވެ އެވެ. އިއްޔެ ކ. ގުރައިދޫގައި ޕީޕީއެމް އާއި އެމްޑީޕީ މެމްބަރުންގެ މެދުގައި ހަމަނުޖެހުމެއް ހިންގައި ބައެއް މީހުންނަށް އަނިޔާ ލިބިފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.