ފޮޅާ ސާފުކުރުމުގެ މަގާމަށްވެސް ރައީސް ސޯލިހް ޝަރުތު ހަމަނުވޭ: ދުންޔާ

މިދިޔަ ފަސް އަހަރުގެ ރައީސް ސޯލިހްގެ ވެރިކަމަށް ބަލާލުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮޅާ ސާފުކުރުމުގެ މަގާމަށް ވެސް އެމަނިކުފާނު ޝަރުތު ހަމަނުވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮޅާ ސާފުކުރުމުގެ މަގާމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝަރުތު ހަމަނުވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު / މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހަށް ފާޑު ވިދާޅުވެ ދުންޔާ މައުމޫން ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ރައީސް ސޯލިހްގެ ވެރިކަމަށް ބަލާލުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮޅާ ސާފުކުރުމުގެ މަގާމަށް ވެސް އެމަނިކުފާނު ޝަރުތު ހަމަނުވާ ކަމަށެވެ.

އެމަނިކުފާނުގެ ކިބައިގައި ހަރުދަނާ އިގްތިސާދީ އެއްވެސް ސިޔާސަތެއް ނެތް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއާޕޯޓުގެ ދެވަނަ ރަންވޭގެ މަސައްކަތް ނިންމާފައި ކުރީ ސަރުކާރުން ހަވާލު ކުރުމުން ވެސް ރަންވޭ ހުޅުވާ އޮޕަރޭޓް ކުރަން ރައީސް ސޯލިހްގެ ސަރުކާރަށް އެނގިވަޑައިނުގެންނެވި ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓު ޓާމިނަލް ހަދަން ފައިސާއާ ތަކެއްޗާ ކުރެހުން ދިނުމުން ވެސް އެ މަސައްކަތް ނިންމާލެވިފައި ނުވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވީއައިއޭ ތަރައްގީ ކުރުމުގެ ވަރަށް ބޮޑު މަޝްރޫއު އެއް ވަނީ ފަށާފައެވެ. ނަމަވެސް އެ މަޝްރޫއު އަދި މުޅީން ނިންމާ ނުލެވެއެވެ. ސަރުކާރުން ގެންދަނީ އެ މަސައްކަތް އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިދިކޮޅު ޕީޕީއެމްގެ ލީޑާޝިޕްގެ ފާޑު ކިޔުން ވެސް އެއާޕޯޓް ތަރައްގީ ނިންމާ ނުލެވޭތީ ސަރުކާރަށް އޮވެއެވެ.

ކޮމެންޓް

5
450
ދދދދދ
1 year ago

މި ދުނިޔާ ބަންގާޅު މީހަކާ އިނީމަ މި ގައުމުގެ ހުރިހާ ހަލާކަކާ ކުރިމަތިވީ. އެކަމަކާ ހުރެ މީނާގެ ބައްޕަ މިގައުމުގަ ބަންގާޅީ އާބާދީއެއް އުފައްދަން ޖެހިއްޖެ. މިގައުމުގެ ކަންކަމާ ނުބެހި ކަމަނާ ބަންގާޅަށް ދޭބަލަ. ބަންގާޅު މީހާ ދިވެއްސަކަށް ހަދައިގެން އޭނާޔަށް އާސަންދައިން ހަރަދު ކުރަންވެސް އެބަޖެހޭޔޭ.

ހުސެން
1 year ago

ފޮޅާސާފުކުރުމުގެ މަގާމަށް ޝަރުތުހަމަނުވިޔަސް، "ރައީސްކަމުގެ މަގާމަށް" ޝަރުތު ހަމަވޭނޫންތޯ؟ އެހެންވެނޫންތޯ ރައީސްކަމަށްހޮވި، ދައުރެއް ނިމިގެންމިދަނީ! ގާނޫނު ފަރުމާކުރިދުވަސްވަރު މަޖިލިސްމެންބަރުންނަށް ގިނައިން އުޅުނީ ބުރުމާ ގާސިމުކަހަލަ މީހުންކަމަށްވީމާ އެމީހުން ގާނޫނުއަސާސީ ފަރުމާކޮށްފައި އެއޮތީ އެމީހުނަށްވެސް ވެރިކަމަށް ކުރިމަތިލެވޭނެގޮތަށް، ތައުލީމީ މީހުނަށްފޯޓުދޭންބުނެވިދާނެ، ނަމަވެސް ތިޔަހެންވާހަކަދެއްކީމާ ހާމަވަނީ ދުންޔާގެ ގޮތްކުޑަކަން!

ސޮފީ
1 year ago

ހަހހަހަ މަ ހީހީ ހަލާކު. ތެދެއް އިބޫ ގެ ނެތް އަމިއްލަ ސްޕީޗެއްދޭވަރުގެ ފެނވަރު ވެސް. މުޅިން ގަޅިޖެފަ.

ނިޔާޒު
1 year ago

ދުންޔާއެވިދާޅުވީރަގަޅައް ތަންތަންފޮޅާސާފުކުރަންވެސް ހަމަކަމަކުނުދޭ އޭނަޔަށްއެގެނީ މީހަކުލިޔެގެންގެންނަ އެއްޗެއްގަ ސޮއިކޮއްލަންމާރިޔާއާ ރިފުއަތު ތިބެނީ އޭނަލައްވާ އެކޮސްހައްދަން ފިސާރިފޫގަޅާފަ މިސާލަކަށް ޗާގޯސް މަސްއަލަ އިންޑިޔާއާ ދޭތެރޭހެދޭ ގޮތްނޭގޭއެއްބަސްވުންތައް މީ މާރިޔާއާ ސަމާލު އަދި އޭޖީ ރިފުއަތު ރާވައިގެން ކުރުވާކަންތައް އެވަރުވެސް މީނަޔަކަށްނުވިސްނޭ މީނަހީކުރަނީ ސޮއިކުރެވުނީމަ މީނަމާމޮޅުވީކަމައް

ސައްލޭ
1 year ago

ދުންޔާ އަކީ ލަ-- އަދި ވެސް ވެރިކަމާ ތޮޅެނީ. މީނާ މީ ---

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.