"ބޮޑު ދެ ޕާޓީގައި ތިއްބެވި ބޭފުޅުންނަކީ އޮޕްޝަނެއް ނޫން އަޅުގަނޑުމެންނަކަށް. އެޔަކުން އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރެވޭކަށް ނެތް،"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނަށް އޮތް އިހްތިޔާރެއް ނޫން ކަމަށާ މި ވެރިކަން ބަދަލު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ހޯއްދެވުމަށް ށ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކޮމަންޑޫ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ދިވެހީންގެ މިނިވަންކަން އޮތީ ނުރައްކަލަށް ވެއްޓިފައި ކަމަށާ ދަރަނި ބޮޑުވެފައި ވަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ކަމަށެވެ.
އިޖްތިމާއީ އަދާލަތު އޮތީ ގެއްލިފައި ކަމަށާ ޝަރުއީ ނިޒާމުގެ މިނިވަން ކަމެއް ނެތް ކަމަށެވެ. ރޯމާ ދުވާލު ސަރުކާރުން ގެންދަނީ ކޯޓްތަކަށް ނުފޫޒު ފޯރުވަމުން ކަމަށް ވިދާޅުވި އެވެ. މުއްސަދިންނާއި ފަގީރުންގެ ތަފާތު ދަނީ ބޮޑުވަމުން ކަމަށާ ދިވެހީންގެ މުއްސަދި ކަމުގެ ފައިދާ ނަގަނީ ބޭރު މީހުން ކަމަށެވެ. އެފަދަ ހާލަތެއް ގައުމާއި ރައްޔިތުންނަށް މެދުވެރި ކުރުވި ބޭފުޅަކަށް ދެވަނަ ދައުރަކަށް ވޯޓްދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހަކީ އަޅުގަނޑުމެންނަށް އޮތް އޮޕްޝަނެއް ނޫން. އަޅުގަނޑުމެންނަށް ވޯޓް ދެވޭކަށް ނެތް. އެއްވެސް މީހަކަށް. އެއީ މި ގައުމަށް
ރަައީސް ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބެއްގެ ކެމްޕެއިން ހިނގާއިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށް ބުނާ ޕީޕީއެމްގެ ކެންޑިޑޭޓަކު ނެތް ކަމަށެވެ. ހުރީ ކިރިޔާ ތިންހާސް މެންބަރުން ހަމަވާ ކުޑަ ޕާޓީއެއްގެ ކެންޑިޑޭޓއް ކަމަށެވެ. ވަހީދު ވިދާޅުވި ގޮތުގައި މިހާރު އިދިކޮޅު ޕާޓީއަކީ ޖުމްހޫރީ ޕާޓީ އެވެ.
"އޮޕޮޒިޝަން އަކީ މިއަދު ޖުމްހޫރީ ޕާޓީއޭ ބައްލަވާ. ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތް. ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރުނު. ދެން ހުރީ ޕީއެންސީގެ ކެންޑިޑޭޓެއް. ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެޖެންޑެކޭ އެބަ ވިދާޅުވޭ އެމްޑީޕީގައި އުޅުއްވި ބޮޑެތި ބޭފުޅުން. މިއަދު ޕީޕީއެމުން ވެސް ޕީއެންސީ އަކުން ވެސް އިންޑިއާ އައުޓެކޭ ނުކިޔާ،"
ރައީސް ސޯލިހް ވަނީ ގައުމުގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މި ފަހަރުގެ އިންތިހާބުގައި ގައުމީ / ވަތަނީ ނިންމުމެއް ނިންމުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގޮތް ނުހޯދައިފިނަމަ ވަރަށް ބޮޑު ނިކަމެތި ކަމެއްގެ ތެރެއަށް ގައުމު ވެއްޓިގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.
"ބޮޑު ދެ ޕާޓީގައި ތިއްބެވި ބޭފުޅުންނަކީ އޮޕްޝަނެއް ނޫން އަޅުގަނޑުމެންނަކަށް. އެޔަކުން އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރެވޭކަށް ނެތް،" ވަހީދު ވިދާޅުވި އެވެ.