އަބްދުއްރަހީމްގެ ރައްދު: ވަހީދު އުޅުއްވީ ބާޒެއްހެން ޓިކެޓް ހޯދަން

"އަޅުގަނޑު މި ދެންނެވީ ރައީސް ވަހީދަށް އަޅުގަނޑު މި ކުރި ކަމަކީ ރައީސް ޔާމީން ވިދާޅުވި ގޮތަށް އެއްވެސް 'ބާޒަ'ކަށް ޕީޕީއެމް ޕީއެންސީގެ މައްޗަށް ވެރިވުމަށް ފުރުސަތު ނުދިނީ. ވަރިހަމަ ކިތަންމެ ރުޅިޔަަސް،"

ރައީސް ވަހީދު އަދި އަބްދުއްރަހީމް: ވަހީދުގެ ވާހަކަފުޅަށް ރައްދު ދެއްވި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންނެވި ސަބަބުތައް ސާފުކޮށްދެއްވާ އެ ޕާޓީގެ ކުރީގެ އެޑްވައިޒަރު / ކުރީގެ ރަައީސް ޑރ. މުހައްމަދު ވަހީދު ހަަސަން މަނިކު ރޭ ދެއްކެވި ވާހަކަފުޅަށް ޕީއެންސީގެ ރަައީސް / އިދިކޮޅު ދެ ޕާޓީގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އުތުރުގެ މައި ސިޓީ -- ކުޅުދުއްފުށީގައި ރައީސް ވަހީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމަނިކުފާނަށް އަބްދުއްރަހީމް ފާޑު ވިދާޅުވީ ޑރ. މުހައްމަދު މުއިއްްޒުގެ ކެމްޕެއިނަށް ވ އަތޮޅު ފެލިދޫ ވަޑައިގެންނެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޖަލަށް ލެއްވުމުން އެމަނިކުފާނު މިނިވަން ކުރެއްވުމަށް ވަހީދު އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި އެންމެ ފަހު ވަގުތު މަަސައްކަތް ކުރެއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކަަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޖަލަށް ވަޑައިގަތުމުގެ ކުރީން ރައީސް ޔާމީން އިލްތިމާސް ކުރެއްވީ ދުރުން އަންނަ "ބާޒު" ތަކަށް ޕީޕީއެމް / ޕީއެންސީއަށް ވެރިވެގަތުމުގެ ފުރުސަތު ނުދެއްވުމަށް ކަމަށެވެ. އަދި ބަޔަކު ކިތަންމެ ރުޅިއަޔަސް އެ މަސައްކަތް ކުރެއްވި ކަމަށާ އަދިވެސް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މި ދެންނެވީ ރައީސް ވަހީދަށް އަޅުގަނޑު މި ކުރި ކަމަކީ ރައީސް ޔާމީން ވިދާޅުވި ގޮތަށް އެއްވެސް 'ބާޒަ'ކަށް ޕީޕީއެމް ޕީއެންސީގެ މައްޗަށް ވެރިވުމަށް ފުރުސަތު ނުދިނީ. ވަރިހަމަ ކިތަންމެ ރުޅިޔަަސް،"

ރައީސް ވަހީދު ރޭ ވިދާޅުވީ އެމަނިކުފާނު 10 އަހަރު އެ ޕާޓީއެއްގައި ހޭދަކުރެއްވި ޕާޓީން އެއްވެސް އިހްތިރާމެއް ނުބެހެއްޓުމުން ދެން އެ ޕާޓީގައި ހުންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެމަނިކުފާނަށް އެއްވެސް ތާކު ހުންނަވަން މަޖުބޫރު ކަމެއް ނެތް ކަމަށާ އެމަނިކުފާނު ބޭނުންފުޅު ކޮންމެ ތާކު ހުންނެވުމުގެ ފުުރުސަތު އެބަ އޮތް ކަމަށެވެ. އަދި ޕީޕީއެމުން އަމަލު ކުރީ ރައީސް ޔާމީން އެންގެވި ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން އެންގެވި ގޮތަކަށް ނޫން ކަންކަން ހިނގާ ދިޔައީ. ރަައީސް ޔާމީން އެންގެވީ ތިމަންނާ އަށް ދެން ނިކުމެވަޑައިނުގެންނެވޭ އޭ ބޮއިކޮޓް ކުރާކަށް ވެސް ގަސްތެއް ނުކުރަމޭ، އެހެންވީމަ ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭށޭ. ނުނެރެވިއްޖެޔާ ތިމަންނަ މި ހުރީ ޕީއެންސީގެ ކެންޑިޑޭޓަށް ވެސް ތާއީދު ކުރާށޭ. އެހެން ވިދާޅުވީ. އެކަމަކު އެހެނެއް ނޫން ކަންކަން ދިޔައީ،" 

ޕީއެންސީގެ ރަައީސް / އިދިކޮޅު ދެ ޕާޓީގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ

އަަބްދުއްރަހީމް ވަނީ އެ ވާހަކަފުޅަށް ވެސް ރައްދު ދެއްވާފައެވެ. ވިދާޅުވީ ރައީސް ޔާމީންގެ އިރުޝާދަށް ނޫނީ އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި ވަހީދު ބޭނުންފުޅުނަމަ ރައީސް ޔާމީން ފޮނުއްވެވި ނޯޓްކޮޅު މިހާރު ވެސް ފޮނުއްވާފާނެ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ނިންމެވި ކޮންމެ ނިންމެވުމަށް އިހްތިރާމު ކުރައްވާނެ ކަމަށާ މިހާރުވެސް އޭރުވެސް ކުރިއަށް ވަޑައިގެންނެވީ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ރައީސް ޔާމީން ބޭނުންފުޅުވާ ބޭފުޅަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރަން،"

މުއިއްޒަކީ ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓް ކަމަށާ ފޯމް ހުށައެޅުއްވުމަށް ކޮމިޝަނަށް ވަޑައިގެންނެވި ދުވަހު ވެސް އެކަން ރައީސް ޔާމީން އެންގެވި ކަމަށެވެ. އެކަން އެންގެވީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ފޯނު ކުރައްވާ ކަމަށާ މެޑަމް ފާތުން އެ މެސެޖު ރައްދު ކޮށްދެއްވި ކަމަށެވެ. އޭރު ރައީސް ވަހީދު ވެސް ހުންނެވީ ފޯމް ފުރުއްވައިގެން ޔާމީންގެ އިޝާރާތަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޔާމީން އެންޑޯޒް ކުރެއްވި ކަމަށް ވިދާޅުވެ ރައީސް ވަހީދު، ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫނަށް ވެސް ގުޅުއްވި ކަމަށެވެ.

"އަޅުގަނޑަށް ރަައީސް ޔާމީން އެންގެވީ މުއިއްޒާއެކު ކުރިއަށް ވަޑައިގަންނަވާށޭ،" އަބްދުއްރަހީމް މިއަދުވެސް ވިދާޅުވި އެވެ.

ރައީސް ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުން: ވަހީދު އެންޑޯޒް ކުރެެއްވީ ގާސިމް

ރައީސް ވަހީދު ރޭ ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްގައި ހުންނެވީ ރައީސް ޔާމީނަށް ފުރުސަތު ނެތް ހާލަތެއްގައި ރިޔާސީ އިންތިހާބުގައި ވާދަ ކުުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވައިގެން ކަމަށެވެ. ނަމަވެސް އެންމެ ކުޑަމިނުން ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ނެރުއްވަން ފުރުސަތު ވެސް ނުދެއްވި ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ތިން ޕްލޭނެއް އޮތެވެ. ޕްލޭން އޭ އަކީ ރައީސް ޔާމީން މިނިވަންވެވަޑައިެގން އިންތިހާބުގައި ވާދަ ކުރެއްވުމެވެ. ޕްލޭން ބީ އަކީ ޔާމީނަށް ފުރުސަތު ނެތް ހާލަތެއް ގައި ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރުން ކަމަށެވެ.

"ޕީޕީއެމުން ނިކުންނަން މަޖުބޫރުވީ. އެއީ ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓަކަށް ނިކުތުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިނީ. އަޅުގަނޑު އުންމީދު ކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަަމަށް ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހިނދެއްގައި،" ވަހީދު ވިދާޅުވި އެވެ.

ކޮމެންޓް

1
450
އެނދި މަރިޔަބު
1 year ago

ވަހީދު އަކީ ވަފާތެރިއެއް ނޫން. އެހެން ނޫންނަމަ ރ ޔާމިން މިނިވަން ކުރަން މަސަކަތް ކުރީސް، މީނަ އެދިގެން ހުރީ ރ ޔާމިން ސަލާމަތް ނުވޭތޯ. މިހާތަނަށް މީނަ ކަން ކަން ކޮށްފަ އޮތީ ވެސް ބޭވަފާތެރި ގޮތަަކަށް. އޮޓޯ އިން ރައީސް އަކަށް ވުން މީ މީނަ ބޭނުންވާ ގޮތް. ދުވަސްކޮޅަކަށް ރާއްޖޭގެ ވެރިކަން ކޮށްފަ ހުއްޓަސް އަދިވެސް އުނދަގޫވޭ " ރައީސް ވަހީދޭ" ކިޔަން. ހަމަ އަނގަ އޮޅި އޮޅިފަ ވެސް ކިޔެނީ ނަިއިބުރައީސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.