މި ދައުރު ފެށުނީއްސުރެ އިމާމުގެ ކަމުގެ ހުއްދަ އޮތީ ހިފަަހައްޓާފައި: އަލީ ރަމީޒު

އަލީ ރަމީޒު މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އޭނާގެ އިމާމު ކަމުގެ ހުއްދަ ހިފަހައްޓާފައިވާތާ ފަސް އަހަރު ދުވަސް ވަނީ ކަމަށެވެ. އަލީ ވަނީ އެކަމާއި ގުޅޭ ތަފްސީލް ދޭން ޖެހޭ ހާލަތެއް ގައި އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަލީ ރަމީޒު: ދީނީ މައުލޫމާތު ފެތުރުމުގައި ންމެ އިސް ދައުރެއް ފަރުދީ ގޮތުން އަދާ ކުރާ އެކަކީ އަލީ ރަމީޒު

މި ދައުރު ފެށުނީއްސުރެ އިމާމުގެ ކަމުގެ ހުއްދަ ހިފަހައްޓާފައިވާ ކަމަށް އަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.

އިމާމުވެ ހުކުރުނަމާދު ކުރުމާއި އީދު ނަމާދު ކުރުމުގެ ހުއްދަ އަލީ ރަމީޒަށް ދީފައިވަނީ އޮކްޓޫބަރު 11، 2010 ވަނަ އަހަރު އެވެ. އަލީ އަކީ ވަރަށް ރީތިކޮށް ކީރިތި ގުރުއާން ކިޔަވާ ބޭފުޅެކެވެ. ބައެއް މިސްކިތްތަކުގައި ވަގުތީ ގޮތުން އިމާމުކަން ވެސް ކުރައްވާފައިވެއެވެ. ކުދީންނަށް މަހުރަޖަށް ރީތިކޮށް ގުރުއާން ކިޔަވަަން ދަސްކޮށްދޭން ކްލާސްތައް ވެސް ހިންގައެވެ.

އަލީ ރަމީޒު މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އޭނާގެ އިމާމު ކަމުގެ ހުއްދަ ހިފަހައްޓާފައިވާތާ ފަސް އަހަރު ދުވަސް ވަނީ ކަމަށެވެ. އަލީ ވަނީ އެކަމާއި ގުޅޭ ތަފްސީލް ދޭން ޖެހޭ ހާލަތެއް ގައި އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ދިވެހީންގެ މެދުގައި ދީނީ މައުލޫމާތު ފެތުރުމުގައި އެންމެ އިސް ދައުރެއް ފަރުދީ ގޮތުން އަދާ ކުރާ އެކަކީ އަލީ ރަމީޒެވެ. ފުންނާބު އުސް ދީނީ އިލްމުވެރީންނާއެކު ޓީވީ ޕްރަގްރާމްތައް އޭނާ ގެނެސް ދެއެވެ. އިލްމުވެރީންނާއެކު އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކޮށް ދަރުސްތައް ބާއްވައެވެ. ވަރަށް ގިނަ ދީނީ ފޯރަމްތައް ހުށައަޅައިދެއެވެ. ލިބިފައިވާ މަޝްހޫރު ކަމުގެ ބޭނުން މުޅީންހެން ކުރަނީ ދީނީ މައުލޫމާތު ފެތުރުމުގައެވެ. ފޭސްބުކާއި ޔޫޓިއުބް ގައި އިލްމުވެރީންގެ ދަރުސްތަކާއި ދީނީ ގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު ތައް ކޮންމެ ދުވަހަކު ހެން ގެނެސް ދެއެވެ.

އެނގިފައިވާ ގޮތުގައި އަލީ ރަމީޒުގެ އިމާމު ކަމުގެ ހުއްދަ ހިފަހައްޓާފައި އޮތީ ގަސްތުގައެވެ. މި ދައުރުގައި އެ ހުއްދަ އާ ކުރުމަށް ޓެސްޓް ވެސް ހަދާފައިވެއެވެ. ނަމަވެސް މިނިސްޓްރީން އެ ހުއްދަ ނުދީ ބާއްވާފައި އޮތީ އެވެ. އިސްލާމިކް މިނިސްޓްރީ ކޮންޓްރޯލް ކުރާ އަދާލަތަށް އަލީ ރަމީޒުގެ ފާޑުކިޔުން އޮވެ އެވެ. އިސްލާމިކް މިނިސްޓްރީން ގެންދަނީ ހުއްދަ ނެތި އިމާމުވެ އަލީ ރަމީޒު ނަމާދު ކުރޭތޯ ވެސް ބަލަމުންނެވެ. 

އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވަކި އެއްޗެއް ނުބުނެ އެވެ. މި ދައުރު ފެށުނީއްސުރެ އިމާމުގެ ކަމުގެ ހުއްދަ ހިފަހައްޓާފައިވާ ކަން ހާމަކޮށް އަލީ ފޭސްބުކްގައި ކުރި ޕޯސްޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.