ގުޅިފަޅު ޕޯޓު އަންނަ އަހަރު މާޗުގެ ކުރިން ބީލަމަށްލާނެކަމުގެ އިޝާރާތެއް

އިންޑިއަން އެގްޒިމް ބޭންކުން ބުނެފައިވާ ގޮތުގައި ބަނދަރު އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ބީލަމަށް ހުޅުވާލާނެ އެވެ.

ވިޔަފާރި ބަނދަރު ހަދައި މީހުން އާބާދު ކުރާ ރަށް ގުޅިފަޅު

މާލެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކޮށް ބަނދަރު ހަދަނީ އިންޑިއަން އެގްޒިމް ބޭންކުން ލޯނު ނަގައިގެންނެވެ. އެކަމަކު މިހާތަނަށް މުޅިން ވެސް ސުރުހީތައް ފެނުނީ "ތިލަމާލެ ބްރިޖު" ގެ އެވެ. އެކަމަކު ކުއްލިގޮތަކަށް އަންނަ އަހަރުގެ މާރިޗު މަހު ގުޅިފަޅު ޕޯޓު ބީލަމަށް ލާން އުޅޭ ކަމުގެ އިޝާރާތެއް ދީފައި މިވަނީ އިންޑިއާގެ ނޫސްތަކަށް އެގްޒިމް ބޭންކުގެ އޮފިޝަލުން ދެއްވި އިންޓަވިއުއެއްގަ އެވެ. 

ގުޅިފަޅު މިހާރު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެގްޒިމް ބޭންކުގެ އޮފިޝަލަކު އިންޑިއާގެ ނޫސްތަކަށް ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ މާޗް މަހުގެ ކުރިން މި މަޝްރޫއު ޓެންޑަކަށް ހުޅުވާލާނެ އެވެ. އަދި މި ޕޯޓު ނިންމަން ކަނޑައަޅާފައިވަނީ 2026 ގަ އެވެ. 

މި މަޝްރޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުން 75 ޕަސެންޓު ހަރަދު ކުރާ މަޝްރޫއެކެވެ. އެހެންވެ މަޝްރޫއަށް ކުރިމަތިލާނީ ހަމައެކަނި އެ ގައުމުގެ ކުންފުނިތަކުންނެވެ. މި މަޝްރޫއަކީ 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މި ބަނދަރުގައި އެއްފަހަރާ 400،000 ކޮންޓެއިނަރު ބެހެއްޓޭނެ އެވެ. 

ވިޔަފާރި ބަނދަރު ހަދަން ކުރީ ކޮން ކަމެއް ؟ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރަން މި ސަރުކާރުން މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ. މާސްޓަ ޕްލޭން ހަދަން ސިންގަޕޫރުގެ ކުންފުންޏަށް 10 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވެ އެވެ. އަދި ބަނދަރުގެ ކޮންސަލްޓެންޓަކަށް ޑެންމާކްގެ ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓް ގުޅިގެން އުފައްދާފައިވާ ޖޭވީ އަކަށް ހަވާލުކޮށްފައިވެ އެވެ. މި މަޝްރޫއުގެ އަގަކީ 15 މިލިއަން ރުފިޔާ އެވެ. އަދި ގުޅީފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ބޮސްކާލިސް ކުންފުންޏަކާ ހަވާލުކުރި އެވެ. މި މަޝްރޫއުގެ އަގަކީ 817 މިލިއަން ރުފިޔާ އެވެ. 

ގުޅިފަޅު ޕޯޓުގެ ޓައިމްލައިނެއް

  •  19 ސެޕްޓެމްބަރު 2019 - މާސްޓާޕްލޭން ހަދަން ހަވާލު ކުރުން
  •  30 ސެޕްޓެމްބަރު 2019 - ބަނދަރުގެ މަޝްރޫއުގެ ކޮންސަލްޓެންޓަކަށް ހަވާލު ކުރުން
  •  22 އޮކްޓޯބަރު 2019 - ގުޅީފަޅުން ހިއްކަން ބޮސްކާލިސް ކުންފުންޏަށް
  •  28 މެއި 2020 - ގުޅީފަޅުން ބިން ހިއްކަން ފެށި
ޕޯޓު ބަދަލު ކުރަން އުޅުނު - ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ ވިޔަފާރި ބަނދަރު ބަދަލު ކުރަން ޕްލޭންކޮށްފައި އޮތީ ތިލަފުއްޓަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ތިލަފުށީގެ ބަދަލުގައި ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރަން ނިންމާފަ އެވެ. މީގެ އިތުރުން ގުޅިފަޅުން 2،218 ގޯތި ދޭން ނިންމައި ގުރުލާން ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.