އެމްއޭސީއެލް އިންޓާންޝިޕްގެ ބައިވެރިންނަށް ލިޔުން ދީފި

އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގައި ތިބި ނުކުޅެދޭ ފަރާތްތައް ބާރުވެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށެވެ.

އެމްއޭސީއެލްގެ އިންޓާންޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް އެމްއޭސީއެލުން ކުރިއަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފި އެވެ.

އިންޓާޝިޕް ޕްރޮގްރާމް އެމްއޭސީއެލް އިން ހިނގީ 1 މޭއި އިން 31 ޖުލައި ގެ ނިޔަލަށެވެ. 

އެ ޕްރޮގްރާމުގައި، ކެއާ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް މަސައްކަތު މާހުލުގެ ތެރެއިން ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޯދައި ދިނެވެ.

އިންޓާންޝިޕް ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަ ކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ މަހްޖޫބް ޝުޖާއު ބައިވެރިވެ ވަޑައިގެން ވަނީ އިންޓާންޝިޕް ޕްރޮގްރާމް ބައިވެރިންނަށް ލިޔުން ހަވާލުކޮށް ދެއްވާފަ އެވެ. 

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ކެއާ ސޮސައިޓީގެ ވެރިން ވެސް  ބައިވެރިވެ ވަޑައިގަތެވެ. 

އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ މަހްޖޫބް ޝުޖާއު، އިންޓާންޝިޕްގެ ބައިވެރިއަކަށް ލިޔުން ހަވާލުކޮށް ދެއްވަނީ

އިންޓާންޝިޕް ޕްރޮގްރާމްގައި

  • ކޮންމެ މަހަކު ހާއްސަ އެލެވަންސް ދިން
  • އެމްއޭސީއެލްގެ އެކި ސެކްޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދިން
  • އިދާރީ، ކަސްޓަމާ ސާވިސް، އަދި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ދިން
  • މަސައްކަތުގެ މާހުލުގައި ތަޖްރިބާ ހިއްސާކުރި

އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގައި ތިބި ނުކުޅެދޭ ފަރާތްތައް ބާރުވެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށެވެ. އަދި އެމްއޭސީއެލް އިން މިއަހަރުގެ ތެރޭގައި ވެސް މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައި ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.