އޫރު ކިޑްނީ މަސް ދުވަހު އިންސާނެއްގެ ހަށިގަނޑު ބާރާބަރަށް މަސައްކަތްކޮށްފި

ސައިންސްވެރިން އުންމީދު ކުރަނީ ވޭނުގައި ތިބި އިންސާނުން ސަލާމަތް ކުރަން ޖަނަވާރުގެ ގުނަވަންތައް ބޭނުން ކުރެވޭ ވަރަށް ސައިންސް ކުރިއަރާނެ ކަމަށެވެ.

ރޮބަޓް މޮންޓްގޮމޭރީ ދިރާސާގެ މަސައްކަތުގައި: މިއީ ދުނިޔެއަށް ގެނެސްދިން އާ އުންމީދެއް

އޫރުގެ ކިޑްނީ، އިންސާނުންގެ ހަށިގަނޑުގައި ގިނަ ދުވަހު މަސައްކަތް ކުރާ ކަމަށް ސައިންސުން ސާބިތު ކޮށްފި އެވެ. 

އެމެރިކާގައި ސިކުނޑި މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑަށް އޫރުގެ ކިޑްނީއެއް ޓްރާންސްޕްލާންޓް ކުރުމުން ބަރަބާރަށް މަސައްކަތް ކުރާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާކަން މިހާރު ވަނީ ދުނިޔެއަށް އިއުލާނު ކޮށްފަ އެވެ. މިއީ އަދި މިހާތަނަށް އޫރެއްގެ ކިޑްނީ އިންސާނެގެއްގެ ހަށިގަނޑުގައި ބާރަށް ހިންގުނު އެންމެ ދިގު މުއްދަތެވެ.

ނިއުޔޯކް ޔުނިވާސިޓީ ލަންގޯން ޓްރާންސްޕްލާންޓް އިންސްޓިޓިއުޓްން ބުނި ގޮތުގައި މިއީ ހެލްތު ސައިންސްގައި ކާމިޔާބު ކުރެވުނު މައިލްސްޓޯނެއް ކަމަށެވެ. އެ ތަޖުރިބާ ދެވަނަ މަހަށް ދަތުރު ވަރަކަށް މޮނިޓާ ކުރަމުން ގެންދާނެ އެވެ.

"އަހަރެމެންގެ ޖެނެޓިކަލީ އެޑިޓް ކޮށްފައިވާ އޫރުގެ ކިޑްނީއެއް އިންސާނެއްގެ ހަށިގަނޑުގައި މަހަކަށް ވުރެ ގިނަ ދުވަހު ބަރާބަރަށް މަސައްކަތް ކޮށްފި، މިއީ ދުނިޔެއަށް ލިބޭނެ ކުރިއެރުމެއް،" އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ރޮބަޓް މޮންޓްގޮމޭރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔެއަށް ހާމަވި މި ނަތީޖާތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ދިރިތިބި ބަލިމީހުންގެ މައްޗަށް ކުރާ ދިރާސާތަކަށް އިތުރު އުންމީދާއި ޔަގީންކަން ލިބިގެން ގޮސްފައިވާ ކަމަށެވެ. 

އޫރުގެ ކިޑްނީ ޖެނެޓިކަލީ މޮޑިފައިކޮށްފައި ވަނީ އިންސާނުންގެ ދިފާއީ ނިޒާމުން ހަމަލާދީ ރިޖެކްޓް ކުރާ ބަޔޯމޮލިކިއުލްސް އުފައްދައިދޭ ޖީނެއް އުނި ކުރުމަށެވެ.

"އަހަރެމެން މިހާރު އިތުރު ހެކިތައް އެއްކޮށްފައި މިވަނީ، އެންމެ ކުޑަމިނުން ކިޑްނީގައި، ހަމައެކަނި ހައިޕައެކިއުޓް ރިޖެކްޝަން ޓްރިގަ ކުރާ ޖީން ނައްތާލުމަކީ ފުދޭނެ ކަމެއް ކަމަށް،" މޮންޓްގޮމޭރީ ވިދާޅުވި އެވެ.

ސައިންސްވެރިން އުންމީދު ކުރަނީ އޫރުގެ ކިޑްނީ އިންސާނުންނަށް ޓްރާންސްޕްލާންޓް ކުރުމަކީ ފުރާނަ ސަލާމަތް ކުރެވޭނެ ގުނަވަންތަކަށް އިންތިޒާރު ކުރަމުންދާ އެތައް ބަޔަކަށް އެހީތެރިކަން ފޯރު ކޮށްދެވޭނެ ހޯދުމަށް ވާނެ ކަމަށެވެ.

އެމެރިކާގައި މިވަގުތު ވެސް ގުނަވަން ބަދަލު ކުރަންޖެހިފައިވާ 103،000 އަށް ވުރެ ގިނަ މީހުނަށް އެބަތިއްބެވެ. އޭގެ ތެރެއިން 88،000 މީހުންނަށް ކިޑްނީ ބޭނުން ވެއެވެ. އަދި ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު އެކަމަށް އިންތިޒާރު ކުރަމުން ދަނިކޮށް މަރުވެ ދެއެވެ. 

ބުދަ ދުވަހު ހޯދުނު ކުރިއެރުން ފެށިގެން އައީ އުމުރުން 57 އަހަރުގައި ކުއްލިއަކަށް މަރުވި އަދި އާއިލާއިން ސައިންސަށް ހަދިޔާކުރި މޮރިސް މިލާގެ ހަށިގަނޑަށް އޫރުގެ ކިޑްނީއެއް ޓްރާންސްޕްލާންޓް ކޮށްގެނެވެ.

ސައިންސްވެރިން އުންމީދު ކުރަނީ ވޭނުގައި ތިބި އިންސާނުން ސަލާމަތް ކުރަން ޖަނަވާރުގެ ގުނަވަންތައް ބޭނުން ކުރެވޭ ވަރަށް ސައިންސް ކުރިއަރައި ދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.