މެކްސްކޮމް ވީއެމްވެއާ އާއި ޑެލްގެ އިވެންޓުގައި 100 ކުންފުނި

ރާއްޖޭގެ މެކްސްކޮމް އިން ކުރިއަށް ދިޔަ މައުލޫމާތު ދޭ އިވެންޓުގައި ދާއިރާގެ މައުލޫމާތު ދީފައި ވަނީ ޑެލް އާއި ވީއެމްވެއާ އާއި ބެހޭ ގޮތުންނެވެ.

މެކްސްކޮމްއިން މިއަދު ކުރިއަށް ގެންދިޔަ އިވެންޓް -- މެކްސްކޮމް


މެކްސްކޮމް އިން އިވެންޓުތައް ކޮންމެ އަހަރަކު ބާއްވާ

ސާވަރާއި ނެޓްވޯކިންގެ އާލާތްތައް ދުނިޔޭގައި ދަނީ ބަދަލުވަމުންނެވެ. އެހެންވެ މި އަވަސް ބަދަލަށް ރާއްޖެ އަހުލުވެރި ކުރުވަން ވަނީ އިންތިހާއަށް ބޭނުންވެފަ އެވެ. އެކަމަށް ރާއްޖޭގެ ރާއްޖޭގެ މެކްސްކޮމް ޓެކްނޮލޮޖީން އިސް ނަގައިގެން ކުރާ މަސައްކަތުގެ ދަށުން މިއަދު ވަނީ ކްލައުޑް ކޮމްޕިއުޓިން ޓެކްނޮލޮޖީ ފޯރު ކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ވީއެން ވެއާ އާއި ޑެލް ކުންފުނި ގުޅިގެން ބޮޑު އިވެންޓެއް ބާއްވާފަ އެވެ. 

ޝަންގްރިއްލާ ކުންފުނިން މާލޭގައި ހިންގާ ހޮޓެލް ޖެންގައި ބޭއްވި މި އިވެންޓުގައި ރާއްޖޭގެ 100 ކުންފުނިން ބައިވެރިވެފައިވެ އެވެ. މި އިވެންޓުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް ބައިވެރިވެފައި ވެއެވެ. 

އެ ކުންފުނިތަކަކީ މެކްސްކޮމް އިން ނެޓްވޯކިން އަދި ސާވާގެ ވަސީލަތް ފޯރުކޮށްދޭ ކުންފުނިތަކެވެ. މި ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ. 

މެކްސްކޮމް ޓެކްނޮލޮޖީސްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހުމަދު ސިބާހު ވިދާޅުވީ މި އިވެންޓުގެ ބޭނުމަކީ މި ދާއިރާއިން ކުރިއަރަމުން އަންނަ އެންމެ ފަހުގެ އާލާތްތަކުގެ މައުލޫމާތު ކަސްޓަމަރުންނަށް ފޯރު ކޮށްދިނުން ކަމަށެވެ.

މެކްސްކޮމްއިން މިއަދު ކުރިއަށް ގެންދިޔަ އިވެންޓް -- މެކްސްކޮމް

މެކްސްކޮމްގެ މި އިވެންޓް ކުރިއަށް ދިޔައިރު ޑެލް ކުންފުންޏާއި ވީއެން ވެއާއިން ވަނީ މި ޓެކްނޮލޮޖީގެ ހާއްސަ ޕްރެޒެންޓޭޝަން ތަކެއް ދީފަ އެވެ. މި ޕްރެޒެންޓޭޝަންތަކުގައި ސަލާމަތީ ގޮތުން ޑެލްގެ ސާވާތަކުގައި ހުރި ހާއްސަ ސިފަތަކާއި އެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ގޮތް ތަކެއް ކިޔައިދީފައި ވެއެވެ. އަދި ވީއެންވެއާ ސޮފްޓްވެއާތައް ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ކަމާއި އޭގައި ހުރި ފަސޭހަތައް ކިޔައިދީފައިވެ އެވެ. 

މެކްސްކޮމް މި ވިޔަފާރީގައި އެކެއް -

މެކްސްކޮމްއަކީ ޑެލް ޓެކްނޮލީގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓަރެވެ. މީގެ އިތުރުން އެ ކުންފުންޏަކީ ވާވޭގެ ވެސް ރާއްޖޭގެ ޑިސްރިބިއުޓަރެވެ. އެ ކުންފުންޏަށް ކޮންމެ އަހަރަކު ވެސް ޑެލްގެ އެންމެ ރަނގަޅު ކުންފުނީގެ އެވޯޑު ލިބެ އެވެ. ޑެލްގެ އިތުރުން އެ ކުންފުންޏަށް ދާދިފަހުން ވަނީ ވާވޭގެ އެވޯޑެއް ވެސް ލިބިފަ އެވެ. މި އެވޯޑު ލިބިފައިވަނީ މެކްސްކޮމް ޓެކްނޮލޮޖީސްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހުމަދު ސިބާހު އަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.