ވޯޓާ ދިމާކޮށް ބިން ބަހާލުމަކީ ރިޝްވަތުގެ އަމަލެެއް: ދުންޔާ

ގޯތި ދޫކުރަން ފެށިއިރު ރިޔާސީ އިންތިހާބަށް ބާކީ އޮތީ 23 ދުވަހެވެ. ދައުރު ނިމޭން އޮތީ ތިން މަހެއްހާ ދުވަހެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސާ ދުންޔާ މައުމޫން -- މި

ރިޔާސީ އިންތިހާބުގެ ވޯޓުލާން ދެތިން ހަފުތާއަށް ވެފައިވަނިކޮށް ވޯޓުލާ މީހުންނަށް ހިލޭ ބިން ބަހާލުމަކީ ދެވޭ ރިޝްވަތެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު / މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ފުއްދެވުމުގެ ގޮތުން ކަމަށް ބުނެ ހުޅުމާލެއާ ގުޅިފަޅު އަދި ގިރާވަޅުފަޅުން ގޯތި ދޫކުރަން މިއަދު ވަނީ ފަށާފައެވެ. ގޯތި ދޫކުރަން ފެށިއިރު ރިޔާސީ އިންތިހާބަށް ބާކީ އޮތީ 23 ދުވަހެވެ. ދައުރު ނިމޭން އޮތީ ތިން މަހެއްހާ ދުވަހެވެ.

ދުންޔާ ވިދާޅުވީ ގެދޮރުގެ ދަތިކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ ވޭނެއް ކަމަށެވެ. ނަމަވެސް ވޯޓުލާން ދެތިން ހަފުތާއަށް ވީމާ ވޯޓުލާ މީހުންނަށް ހިލޭ ބިން ބަހާލުމަކީ ދެވޭ ރިޝްވަތެއް ކަމަށާ އެއީ ވަންހަނާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެކަމަކު އޭސީސީއަށް އެތަން ފެންނަ ކަމަކަށް ނުވޭ،" ކަންބޮޑުވުން ފާޅު ކުރައްވާ ދުންޔާ ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައިވަނީ ގޯއްޗަށް ޝަރުތު ހަމަވި 18،000 ވުރެ ގިނަ މީހުންނަށް ގޯތި ދިނުމަށެވެ. އެ ގޮތުން ހުޅުމާލެއިން ދެނީ 1،351 ގޯއްޗެވެ. އަދި ގުޅީފަޅުން ދެނީ 2،218 ގޯއްޗެވެ. ގިރާވަރު ފަޅުން ދެނީ 5،432 ގޯއްޗެވެ.

ގޯތި ވައުދު ފުއްދަން ހުޅުމާލެއިން މި ސަރުކާރުން ބިމެއް ހިއްކާފައެއް ނުވެއެވެ. ހުޅުމާލެ އިން ދެނީ ރައީސް މައުމޫންގެ ވެރިކަމުގައި ހިއްކި ފޭސް އެކެއްގެ ހުސްކޮށް ހުރި ބިންތަކާއި ރައީސް ޔާމީންގެ ވެރިކަމުގައި ހިއްކި ފޭސް ދޭއެއްގައި ހުސްކޮށް ހުރި ބައެއް ބިންތަކެވެ. އެންމެ ގިނަ ގޯތިދޭން ނިންމާފައިވާ ގިރާވަރުފަޅު އަދި ހިއްކަން ވެސް ނުފަށައެވެ. އެ ތަން ހިއްކާ ތަރައްގީވެ އެ ބިންތަކުގައި ދިރިއުޅެން ފެށޭނެ އަހަރެއް ވެސް ނޭންގެ އެވެ. ނަަމަވެސް މުޅި ރާއްޖޭގައި އެންމެ އަގު ބޮޑު ހުޅުމާލެ ބިމުން އެއް ބަޔަކަށް ގޯތި ދޭއިރު އަނެއް ބަޔަކަށް އަދި ދިރިއުޅެން ވެސް ފެށޭނެ އަހަރެއް ނޭންގޭ ތަނަކުން ބިން ދޫކުރުމަކީ އިންސާފެއް ނޫން ކަމަށް އެތައް ބަޔަކު ދެކެއެވެ.

ސަރުކާރުން ބުނަނީ ގޯތި ދިނުމަކީ އިންތިހާބާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އިންތިހާބެއް ބޯމަތިވެފައި އޮތުމަކީ އިއްތިފާގެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.