އާ ހަތިޔާރު އުފައްދާ ގިނަ ކުރަން ކިމް އަމުރު ކުރައްވައިފި

އާ ހަތިޔާރު އުފައްދާ ގިނަ ކުރަން ލީޑަރު ކިމް ގޮވާލެއްވި އިރު މި އަހަރުގެ ތެރޭގައި އުތުރު ކޮރެއާއިން ވަނީ ރެކޯޑު އަދަދަކަށް މިސައިލް ޓެސްޓުތައް ކޮށްފަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް

އާ މިސައިލާއި އާ ހަތިޔާރު އުފައްދާ މިންވަރު އިތުރު ކުރަން އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުން އަސްކަރިއްޔާއަށް އަމުރު ކުރައްވައި ބާރު އަޅުއްވައިފި އެވެ. 

ލީޑަރު ކިމް މި އަމުރު ކުރެއްވި އިރު ދެކުނު ކޮރެއާ އާއި އެމެރިކާއިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތައް ފަށަން ދަނީ ތައްޔާރުވަމުންނެވެ.  އަސްކަރީ އެ ތަމްރީނުތައް ފަށާނީ މި މަހުގެ 21 ވަނަ ދުވަހުން މަސް ނިޔަލަށެވެ. 

އުތުރު ކޮރެއާގައި ހަތިޔާރު އުފައްދާ ކާރުހާނާތަކަށް ލީޑަރު ކިމް ފައްޓަވާފައި ދަތުރުތަކުގެ ތެރެއިން އެފަދަ ކާރުހާނާއަކަށް ވަޑައިގެންނެވި ޒިޔާރަތެއްގައި އަސްކަރިއްޔާގެ ވެރިންނަށް ބާރު އަޅުއްވައި ކިމް ވިދާޅުވީ އެ ގައުމު އަބަދުމެ އޮންނަން ޖެހޭނީ ސަލާމަތާއި މިނިވަން ކަމަށްޓަކައި ހަމަލާ ދެވޭ ހާލަތުގައި ތައްޔާރު ވެގެން ކަމަށެވެ. އަދި އެހެން ގައުމުތަކާ ނުބައްދަލު އަދަދަށް އެންމެ މަތީ ފެންވަރުގައި އާ މިސައިލާއި އާ ހަތިޔާރު އުފައްދަން ޖެހޭ ކަމަށެވެ.

ދެކުނާއި އެމެރިކާގެ އަސްކަރީ ތަމްރީނުތަކަކީ ކޮންމެ އަހަރަކުވެސް ހިންގާ ހަރަކާތެކެވެ. ލީޑަރު ކިމް ސިފަ ކުރައްވާ ގޮތުގައި އެމެރިކާ އިސްވެ ހިންގާ އެ ހަރަކާތަކީ ބިރު ދެއްކުމުގެ އަމަލެކެވެ. ބޭނުމަކީ އުތުރު ކޮރެޔާއަށް ވެރިވެގަނެ ބާރު ކަނޑުވާލުމެވެ.  ފެންވަރު ހުރި ޒަމާނީ ހަތިޔާރު އެހެން އެއްވެސް ގައުމެއްގައި ނެތްވަރަށް އުފައްދާ ތަޔާރީ ހާލަތުގައި އަބަދުވެސް އުތުރު ކޮރެއާ އޮންނަން ޖެހޭނީ އެ ސަބަބާ ހެދި އެވެ.

އާ ހަތިޔާރު އުފައްދާ ގިނަ ކުރަން ލީޑަރު ކިމް ގޮވާލެއްވި އިރު މި އަހަރުގެ ތެރޭގައި އުތުރު ކޮރެއާއިން ވަނީ ރެކޯޑު އަދަދަކަށް މިސައިލް ޓެސްޓުތައް ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.