މުއިއްޒު ދެއްވީ ޔަގީންކަން: އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ

އެ މީހަކު ވަޒީފާ އަދާކުރާ ރަށެއްގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތާއި އެ މީހަކު ހުރި ވަޒީފާއާ އެކަށީގެންވާ ވަޒީފާއެއް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

ތިލަދުންމަތީ އުތުރުގެ ވެރިރަށުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ޕީޕީއެމް / ޕީއެންސީގެ ވެރިކަމެއްގައި މި ވަގުުތު ވަޒީފާގައި ތިބި އެއްވެސް ރައްޔިތަކު ވަޒީފާ އިން ވަކި ނުކުރައްވާނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.

މުއިއްޒު އެކަމުގެ ޔަގީންކަން ދެއްވީ ތިލަދުންމަތީ އުތުރުގެ ވެރިރަށް -- ދިއްދޫ ގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ވެސް ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިންގަވާނީ ރައްޔިތުންނާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ. މި ސަރުކާރުން ބައެއް ކުންފުނިތަކަށް ނުކަތާވަރަށް މުވައްޒިފުން ނަގަމުންދާ ކަމަށާ އެއީ ކުންފުންޏަށް ފައިދާ ހުރި ގޮތެއް ނޫން ނަމަވެސް އެ ބޭފުޅުންގެ ސަރުކާރެއްގައި އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށެވެ.

ތިލަދުންމަތީ އުތުރުގެ ވެރިރަށުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މުއިއްޒު ވިދާޅުވީ ރަނގަޅު ގޮތުގައި ކުންފުނިތައް ހިންގުމަށް ގެނެވޭ ބަދަލާއެކު ބައެއް މީހުންގެ ވަޒީފާތައް ބަދަލު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެ މީހަކު ވަޒީފާ އަދާކުރާ ރަށެއްގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތާއި އެ މީހަކު ހުރި ވަޒީފާއާ އެކަށީގެންވާ ވަޒީފާއެއް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

"އެހެންވީމަ ވަޒީފާގެ ބިރު ނުބާއްވަވާށޭ. އެއްވެސް މީހަކު ވަޒީފާއިން އަޅުގަނޑުމެން ވަތްކެއް ނުކުރާނަން،"

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ އިސްކަން އޮތް ސިޔާސަތަކީ ބޯހިޔާވަހިކަން ކަށަވަރު ކޮށް ދިނުން ކަމަށެވެ. އަދި ދެން އެންމެ އިސްކަން ދެއްވާނީ ވަޒީފާ އުފެއްދުން ކަމަށެވެ.

ދިއްދޫގައި ބޭއްވި ޖަލްސާ ގައި މުއިއްޒު ވަނީ އެ ރަށުގައި ވެސް މުހިންމު މަޝްރޫއުތަކެއް ހިންގަން ވައުދުވެވަޑައިގެންފައެވެ.

  •  ދިއްދޫ ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅު ކުުރުން
  •  އިންޓަނޭޝަނަލް ފުޓްބޯޅަ ދަނޑެއް އަޅައިދިނުން
  •  ދިއްދޫ މަގުތައް ހެދުން
  •  ބިން ހިއްކުން
  •  އެއާޕޯޓް އެޅުން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.