އެއްވެސް ރަށެއް ބާކީ ނުކުރާނަން، ހަމަހަމަ ވާނެ: މުއިއްޒު

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ހުރިހާ ރައްޔިތުން ވެސް ހަމަހަމަ ވާނެ ކަމަށެވެ. ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް ވެސް އިސްކަން ދެއްވާނެ ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު އުތީމުގައި ވާހަކަދައްކަވަނީ --

އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސަރުކާރެއްގައި އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުކޮށްލާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެންޕޭނަށް ހއ. އުތީމަށް ވަޑައިގެން ވާހަކަދައްކަވަމުން މުއިއްޒު މިއަދު ވަނީ އެރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފާހަގަކޮށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އޭހެ ތެރޭގައި އެރަށުގެ މަގުތައް ހެދުމާއި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

އެވާހަކައިގެ ތެރެއިން އޭނާ ވިދާޅުވީ އިންތިހާބަށް ވަރަށް ވަގުތު ކުޑަތަން ވެފައިވާތީ ހުރިހާ ރަށަކަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. އޭގެ މާނައަކީ އެރަށްރަށަށް އިސްކަން ނުދެއްވާނެކަން ނޫން ކަމަށާއި، އެރަށްރަށުން ބޭނުންވާ ކަންކަން އޮޅުންފިލުވައި އެކަންކަމަށް ވެސް އިސްކަން ދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ހުރިހާ ރައްޔިތުން ވެސް ހަމަހަމަ ވާނެ ކަމަށެވެ. ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް ވެސް އިސްކަން ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހުރިހާ ރަށަކަށް ނުދެވުނު ނަމަވެސް، އެރަށްރަށުގެ ރައްޔިތުންގެ ކިބައިން ސީދާ ކަންކަން އޮޅުން ފިލުވައިގެން، އެޔަށް ޖަވާބު ނުދެވުނު ނަމަވެސް ރައްޔިތުން ބޭނުންވާ ކަންކަމަށް އަޅުގަނޑުމެން އިސްކަން ދޭނަން. ސާމާލުކަން ދޭނަން. އެކަންކަން ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް ކުރަމުންދާ މި މަސައްކަތަކީ އެޕާޓީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތް ކަމަށެވެ. ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކާމިޔާބު ވާނީ އިންތިހާބު ކާމިޔާބު ކޮށްގެން ކަން ފާހަގަކުރެއްވި އެވެ.

މުއިއްޒުގެ ސަރުކާރެއްގައި ހުރިހާ ރަށެއް ހަމަހަމަ ވާނެ ކަމަށް މިއަދު ވިދާޅުވިއިރު، އާބާދީ ބޮޑެތި ރަށްރަށަށް ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް ހދ. ނޮޅިވަރަމަށް ވަޑައިގެން ވިދާޅުވެފައިވެ އެވެ. މުއިއްޒު އެހެން ވިދާޅުވުމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފާޑުވިދާޅުވެފަ އެވެ. ރައީސް ވެސް ވިދާޅުވަނީ މި ސަރުކާރުން ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ނުކުރައްވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.