އިބްރާ ވިދާޅުވީ ނަފްސު ގަބޫލު ނުކުރާ އުސޫލުތަކެއް ހިންގާ ބަސް ނުވިކޭ އަގުވަޒަން ނުކުރެވޭ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރުދޭން ހުރުމަކީ ޒަމީރަށް އުނދަގޫވާ ކަމެއް ކަމަށެވެ.
ޕާޓީން އިސްތިއުފާ ދެއްވާ އެމްޑީޕީގެ ޗެއާޕާސަން އަދި އިބްރާގެ ކޮކޯފުޅު، ފައްޔާޒް އިސްމާއީލަށް ފޮނުއްވުމަށް ފަހު އާންމު ކުރެއްވި ސިޓީގައިވާ ގޮތުން މައިގަނޑު ކަންބޮޑުވެ ވަޑައިގަތުމަކީ ޝަރުއީ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވަމުން ދިއުމެވެ.
އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އެމްޑީޕީ އާއި 2018 ވަނަ އަހަރު ވެރިކަން ހަވާލުކޮށް އަދި ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭ ވަރަށް ގޮނޑިތައް ރައްޔިތުން ދިނީ އަދުލު އިންސާފަށް ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭން ކަމަށެވެ. ނަމަވެސް ފެނިގެން ދިޔައީ އެކަންކަން ކުރިޔަށްވުރެ ގޯސްވެގެން ދިޔަތަން ކަމަށެވެ.
"... މިއަދު ސިވިލް ކޯޓަކީ ބަންޑާރަނައިބު އޮފީހުގެ ސެކްޝަނަކަށް ޕާޓީން ބަދަލުކޮށްފިއެވެ. މިއަދު ހައިކޯޓު ހިނގަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ސެކްޝަންގެ ބެލުމުގެ ދަށުންނެވެ. ދައުލަތުގެ ވަޒީރުން ތަކުރާރުކޮށް ރައްޔިތުންގެ ހައްގުތައް ހިފަހައްޓަމުން ދާއިރު އެކަންކަން ދިފާއު ކުރައްވަނީ ބަންޑާރަނައިބެވެ. ޝަރުއީ ނިޒާމުގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ތާށިކޮށް ޖެއްސުންކުރުމުގެ އަމަލުތައް ހިންގަމުން ގެންދަނީ ދައުލަތުގެ ވަކީލުންނެވެ." އެ ސިޓީގައި ވެއެވެ.
އިބްރާ ވިދާޅުވީ ގަބޫލު ނުކުރެވޭ އުސޫލުތަކެއް ހިންގާ ބަސް ނުވިކޭ އަގުވަޒަން ނުކުރާ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރު ދޭން ހުރުމަކީ ޒަމީރަށް އުނދަގޫވާ ކަމެއް ކަމަށެވެ. މިއަދު އެމްޑީޕީން ކަންކުރަމުން ގެންދާ ގޮތާއި ދެކޮޅަށް ކުރެވެން އޮތް ކަމަކީ އެކަންކަމާއި ބައިވެރި ނުވުން ކަމަށެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި އިބްރާ މީގެ ކުރިން ވެސް ޕާޓީއާ ވަކިވެ ވަޑައިގަތެވެ. އޭރު ވަކި ވަޑައިގެން ޕާޓީއެއްވެސް އުފެއްދެވި އެވެ. ނަމަވެސް އެ ޕާޓީ އުވުނީ އެވެ. އޭގެ ފަހުން އަލުން އެމްޑީޕީއަށް ވަދެ ވަޑައިގަތީ މި ސަރުކާރާއެކު އެވެ.
''އިބްރާ ވިދާޅުވީ ނަފްސު ގަބޫލު ނުކުރާ އުސޫލުތަކެއް ހިންގާ ބަސް ނުވިކޭ އަގުވަޒަން ނުކުރެވޭ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރުދޭން ހުރުމަކީ ޒަމީރަށް އުނދަގޫވާ ކަމެއް ކަމަށެވެ.'' އަދި ކިރިޔާ އިބްރާ އަށް އެނގުނީ ތިކަން. ކީކޭ ދެން ބުނާނީ