ޔަމަނުގައި ރަހީނު ކުރި އދ. ފަސް މީހުން ދޫކޮށްލައިފި

އދ. ސަލާމަތީ ފައުޖެއްގެ ތެރޭގައި ހިމެނޭ ފަސް މީހުންގެ ތެރޭގައި ހިމެނެނީ ޔަމަނުގެ ހަތަރު މީހަކާއެކު ބަންގްލަދޭޝްގެ ރައްޔިތަކު ހިމެނެ އެވެ.

ޔަމަންގައި އދ. ފަސް މީހަކު ވަގަށް ނަގައި ރަހީނު ކުރީ އަލްގައިދާއިން

ޔަމަނުގައި ރަހީނު ކޮށްފައި ތިބި އދ. ގެ ފަސް މުވައްޒަފުން 18 މަސް ދުވަސް ފަހުން މިނިވަން ކޮށްފި އެވެ. 

އެ މީހުން ރަހީނު ކޮށްގެން އުޅުނީ އަލްގައިދާގެ ހަނގުރާމަވެރިންނެވެ. އެމީހުން ރަހީނުކޮށްފައި ވަނީ މިދިއަ އަހަރުގެ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހު ޔަމަނުގެ އަބްޔަން އިންނެވެ.

އދ. އިން ބުނެފައި ވަނީ އެ ފަސް މީހުން ވެސް މިހާރު ވީއްލާފައިވާ ކަމަށާއި އެ ފަސް މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. 

ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރެސް ވިދާޅުވީ އިންސާނުން ރަހީނު ކުރުމަކީ އިންސާނިއްޔަތު ކަމެއް ނެތުން ކަމަށާއި ފަސް މުވައްޒަފުން ރަހީނު ކުރުމުގެ ޖަރީމާ ފަހަތުގައި ތިބި މީހުން ހޯދާ އަދަބު ދޭން ގޮވާލައްވާ ކަމަށެވެ.

އދ. ސަލާމަތީ ފައުޖެއްގެ ތެރޭގައި ހިމެނޭ ފަސް މީހުންގެ ތެރޭގައި ހިމެނެނީ ޔަމަނުގެ ހަތަރު މީހަކާއެކު ބަންގްލަދޭޝްގެ ރައްޔިތަކު ހިމެނެ އެވެ. 

އަލްގައިދާއިން އދ. ގެ މުވައްޒަފުން ރަހީނު ކުރަނީ ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއިން އެ ގައުމުގައި އަލްގައިދާގެ ބާރާއި ނުފޫޒު އިތުރު ކުރަން ޑިމާންޑް ކުރުމުގެ ގޮތުންނެވެ. ޔަމަނުގައި ދާހިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރުގެ ފަހުކޮޅު  އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.