ފާރިސްގެ މެނިފެސްޓޯ ލޯންޗު ކޮށްފައި ވަނީ ސަލްޓަންޕާކުގެ އޯޕަން ސްޓޭޖްގައި މިރޭ ބޭއްވި ހާއްސަ ބައްދަލްވުމެއްގައެވެ. މެނިފެސްޓޯ ލޯންޗު ކޮށްދެއްވީ ފާރިސް މައުމޫނާއި އޭނާގެ ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފް އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫންގެ މެނިފެސްޓޯ މިރޭ ލޯންޗު ކޮށްފި އެވެ.
ފާރިސްގެ މެނިފެސްޓޯ ލޯންޗު ކޮށްފައި ވަނީ ސަލްޓަންޕާކުގެ އޯޕަން ސްޓޭޖްގައި މިރޭ ބޭއްވި ހާއްސަ ބައްދަލްވުމެއްގައެވެ. މެނިފެސްޓޯ ލޯންޗު ކޮށްދެއްވީ ފާރިސް މައުމޫނާއި އޭނާގެ ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފް އެވެ.
މެނިފެސްޓޯގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށާއި ބައިނަލްއަގްވާމީ އުސޫލުތަކާއި އެއްގޮތަށް ހެޔޮވެރިކަން ކުރުމަށާއި އިސްލާހީ ބަދަލުތަކުގެ ސަބަބުން ގެންނަ އިގްތިސާދީ އިންގިލާބާއި ޑިޖިޓަލް އިކޮނުމީ އަދި އާންމު ދިރިއުޅުމުގެ ހަރަދުތަކަށް ހައްލު ހޯދުމާއި އުފެއްދުންތެރިކަން އިތުރުކޮށް ވަރުގަދަ ކުރުމާއި ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ ގެނައުމާއި ޖަލަކީ އެންމެ ފަހު ފިޔަވަޅުގެ ގޮތުގައި ހިމެނުމަށް ނިންމާ އެކަމާއި ގުޅޭ ސިޔާސަތުތައް ހިމަނާފައިވެއެވެ.
އަދި ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަކި ގިންތި އެއްގެ ގޮތުގައި ތަފާތުކޮށް ކަނޑައެޅުމާއި އާންމުން އަތުން ނަގާ ޓެސްގެ އަދަދު ލުއި ފަސޭހަ ކުރުމާއި ރަށު ކައުންސިލަށް ސީދާ އާމްދަނީ ލިބޭނެ ގޮތް ހެދުމާއި ތައުލީމީ ނިޒާމު އިސްލާހު ކުުރުމާއި ރައްޔިތުންގެ މަޖިލީސް އިސްލާހު ކުރުމާއި މާލޭގެ މަގުތަކުގެ ތޮއްޖެހުން ހައްލު ކުރުމަށް ވެސް ގިނަ ސިޔާސަތުތަކެއް ހިމަނާފައިވެއެވެ.
މީގެ އިތުުރުން މިންތީގެ ހަމަހަމަކަމަން ގާއިމު ކުރުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ވައުދުތަކަކީ؛
ފާރިސްގެ މެނިފެސްޓޯގައި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށާއި ކުދީންގެ އަހުލާގު ރަނގަޅު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމާއި ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ވެސް ހިމަނާފައިވެއެވެ.
ފާރިސްގެ މެނިފެސްޓޯގައި މަޖިލީސް މެންބަރުން މަގާމުން ދުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި މަޖިލީހުގައި އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމަށް ހިމަނާފައިވެއެވެ.
އަދި މެންބަރުންގެ މުސާރަ މަޖިލީހަށް ކަނޑަނޭޅޭ ގޮތް ހެދުމާއި އާބާދީއާ އެއްވަރަށް މެންބަރުންގެ އަދަދު މަދުކުރުމަށް ހިމަނާފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަޑުއުފުލޭނެ މަގު ފަހިކޮށްދޭން ކޯޓާއެއް ތައާރަފުކުރުމަށް ވެސް ހިމަނާފައިވެއެވެ.
ބޭކާރު ހަރަދު ކުޑަކުރުން - ހަހހަހަހ ހީހީ ހަލާކް، ޖީބަށް އަޅާފަ ނޯންނާނެ އެކައްޗެއްވެސް