ޒަރީރަށް ހަމަލާ ދިން ގައްބަރޭ ދޫކޮށްލި އަމުރު ބާތިލުކޮށްފި

މެންބަރު ޒަރީރަށް ހަމަލާދިން ރޭ، އޭނާ އިންނެވި ހޮޓަލަށް ވަނުމަށް ފަހު، ގައްބަރޭ އެންމެ ފުރަތަމަ ހަމަލާ ދިނީ އަތުންނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ.

މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާ ދިން މީހުން: އެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލަން ނެރުނު އަމުރުތައް ހައިކޯޓުން ވަނީ ބާތިލުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން ހަމަލާދިން ކަމުގެ ތުހުމަތު އޮތް މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހުން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ފަތިހު މެންބަރު ޒަރީރު ހޮޓަލެއްގައި އިންނަވަނިކޮށް އިތުރު ބަޔަކާއެކު ގޮސް، މަރުތޭލަކުން އޭނާއަށް ހަމަލާދިން މައްސަލައިގައި ގައްބަރޭއަށް ކްރިމިނަލް ކޯޓުން ފުރަތަމަ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދިނެވެ. ނަމަވެސް އެ މުއްދަތަށް ފަހު ކޯޓުން ބަންދު އިތުރުކޮށް ނުދިނުމުން އޭނާ މިނިވަންވީ އެވެ. 

ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ގައްބަރޭގެ އިތުރުން އެ މައްސަލާގައި ދެން ތުހުމަތުކުރާ މުލާމް މުހައްމަދާއި އަހުމަދު އައުޝަމް ބަންދުން ދޫކޮށްލާފައި ވަނީ ތޫނު އެއްޗެހި ބޭނުން ކުރުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

ހައިކޯޓުން މިއަދު ހުކުމް ކުރީ ހަތް ދުވަސްތެރޭގައި ފުލުހުންގެ ފަރާތުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އެމީހުން ބަންދުގައި ބޭތިއްބުމަށް އެދި ކޯޓަށް ހުށައަޅައިފިނަމަ ހައިކޯޓުގެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުން ތިން މީހުން އަލުން ބަންދުކުރުމާމެދު ގޮތެއް ނިންމޭނެ ކަމަށެވެ. 

މެންބަރު ޒަރީރަށް ހަމަލާދިން ރޭ، އޭނާ އިންނެވި ހޮޓަލަށް ވަނުމަށް ފަހު، ގައްބަރޭ އެންމެ ފުރަތަމަ ހަމަލާ ދިނީ އަތުންނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ. އެ ހަމަލައަށް ފަހު ޒަރީރުގެ ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި އަނިޔާ ކޮށްފައި ނުކުމެގެން ދިޔައީ އެވެ.

ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ އެމްޑީޕީގެ ދާއިރާ ރައީސެކެވެ. އޭނާއަށް ވަނީ މީގެ ކުރިން ވެސް މަރުގެ މައްސަލައެއްގައި ދައުވާ އުފުލާފަ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ. އެ ދުވަސްވަރު ފުލުހުން ވަނީ އޭނާ ނުރައްކާތެރި ކުށްވެރިންގެ ލިސްޓަކަށް ވެސް ލައިފައެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.