މަޓާޓޯއިން ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާ ބައްދަލުކޮށް މި ދާއިރާއަށްހުރި މައްސަލަތަކާމެދު މަޝްވަރާކޮށްފަ އެވެ. ހުށަހެޅުންތަކެއްވެސް ހުށަހަޅާފަ
ދިވެހި ޓްރެވަލް ކުންފުނިތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދޭން ގޮވާތާ ލައްކަ ޒަމާން ވެއްޖެ އެވެ. މި ވެރިކަން ފެށުނުތަނާ ވަރަށް އުންމީދާއެކު ކުންފުނިތަކުން މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު ވެސް އެ މައްސަލަ ތަކަށް ހަލެއް ނުލިބުނެވެ. އެންމެފަހުން އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެނޑިނޭޓުންގެ ކައިރިއަށް އަނެއްކާ ވެސް މި ޝަކުވާތަކާއެކު ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ އިން ހިނގައްޖެ އެވެ.
ދިވެހި ޓްރެވަލް އެޖެންޓުން ތަމްސީލް ކުރާ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ކޮވިޑް-19ގެ ސަބަބުން ބަދަލުތަކެއް އައިސް އަދި މާކެޓަށް ކުރާ އަސަރު ބޮޑުވެ ދިވެހި ޓްރެވަލް އޭޖެންޓުންގެ މަންޒަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު އޮންލައިން ޓްރެވަލް އެޖެންސީތަކުގެ ވާދަވެރިކަން އިތުރުވެ، ކަސްޓަމަރުންގެ އިސްކަންދޭ ގޮތްތަކަށް ވަނީ ބަދަ ލްތަކެއް އައިސްފައިވާ ކަމަށެވެ.
"މި ގޮންޖެހުންތަކުގެ ތެރޭގައި ވެސް އަޅުގަނޑުމެންގެ މަންޒިލުގެ ހާއްސަ ހިދުމައްތައް ދުނިޔޭގެ ބާޒާރަށް ޕްރޮމޯޓްކޮށް ދައްކާލުމުގައި ލޯކަލް ޓްރެވަލް އޭޖެންޓުން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ޖުމްލަ
އެރައިވަލްސްގެ މައްޗަށް ދިވެހި ޓްރެވަލް އޭޖެންޓުންގެ މާކެޓް އިންސައްތަ ވަނީ 2019 ވަނަ އަހަރު 25 ޕަސެންޓް ކަމަށް ވާއިރު މި އަދަދު 2020/2021 ވަނަ އަހަރު ވަނީ 25-35 ޕަސެންޓަށް އަށް ބޮޑުވެފަ އެވެ. އަދި ފާހަނގަ ކޮއްލަން ބޭނުން ވަނީ ބޯޑަރުތައް އަލުން ހުޅުވިއިރު ފަތުރުވެރިން ގެނައުމުގައި ދިވެހި ޓްރަވެލް އެޖެންޓުން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮއްފަ އެވެ،" މަޓާޓޯއިން ނެރެފައިވާ ނޫސް ބަޔާނެއްގައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ މަޓާޓޯއަކީ 2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފަތުރުވެރި ކަމުގަ ހަރަކާތްތެރިވާ ޓްރަވެލް އެޖެންޓުންގެ ހައްގުގަ ހަރަކާތްތެރިވާ ޖަމްއިއްޔާއެއް ކަމަށެވެ. އަދި މިޖަމްޢިއްޔާގެ މެމްބަރުންނަކީ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މުހިއްމު ރޯލެއް އަދާ ފަރާތްތަކަށް ވާތީ އެ ޖަމިއްޔާގެ މެމްބަރުންގެ ހުރި ކަންބޮޑުވުމާއި ގޮންޖެހުންތަކަށް އެޑްރެސްކޮށް ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައ، މި ވަގުތު ހުރި މައްސަލަތައް ހައްލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
މަޓާޓޯއިން ވަނީ މިހާރު ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ކައިރިއަށް މި މައްސަލަތަކާއިގެން ހިނގަން ފަށާފަ އެވެ. އެގޮތުން މައިގަނޑު 12 ކަމެއް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.
ޓްރެވަލް އޭޖެންޓުންގެ ފުރިހަމަ ގާނޫނެއް ފާސްކޮށް ތަންފީޒުކުރުން ؛ ޓްރެވަލް އޭޖެންޓުންނަށް ހާއްސަކޮށްގެން ރަނގަޅަށް ކަނޑައެޅިފައިވާ ދެފުށްފެންނަށް ރެގިއުލޭޓަރީ ފްރޭމްވޯކެއް ފޯރުކޮށްދިނުމާއ،ި ކަމަށް ގާބިލް ހުނަރުވެރިކަން ކަށަވަރުކުރުމަކީ ކޮންސިއުމާ ޕްރޮޓެކްޝަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ؛ މި ގާނޫނުގައި ލައިސަންސް ދިނުމާއ،ި ހިދުމަތުގެ ފެންވަރު ބަހައްޓާނެ މިންގަނޑުތަކާއ،ި އަހްލާގީ އުސޫލުތައް ފަދަ މައްސަލަތަކަށް އަލިއަޅުވާލަން ޖެހެ އެވެ. އަޅުގަނޑުމެން
ޓުއަރިޒަމް މިނިސްޓްރީ އަށް ވެސް އަދި ރައްޔަތުންގެ މަޖިލީހަށް ވެސް ވާނީ ގާނޫނެއް ގާނޫނުގެ ދެލިކޮޕީއެއް ފޮނުވާފަ އެވެ.
ލޯކަލް ޓްރަވެލް އޭޖެންޓުންނަށް ފާރެވެރިވުމަށް ހިތްވަރުދިނުން : ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ލޯކަލް އޭޖެންޓުންގެ މުހިންމުކަން ދެނެގަނ،ެ ސަރުކާރުގެ އިސްނެގުމާއ،ި ޕްރޮމޯޝަންތަކާއ،ި ވިޔަފާރީގެ ފުރުސަތުތަކަށް އިސްކަންދީގެން ލޯކަލް އޭޖެންޓުންނަށް އިސްކަންދިނުމުގެ ސިޔާސަތުތައް ތަންފީޒުކުރުން
ޓެކްސް ނިޒާމުގެ ތެރެއިން އިނާޔަތްތައް ތައާރަފްކުރުން : ލޯކަލް ޓްރަވެލް އޭޖެންޓުންނަށް މާލީ ބުރަތައް ކުޑަކުރުމަށްޓަކައ،ި ކުރިއެރުމަށް ބާރުއަޅާ އިންވެސްޓްމަންޓަށް ހިތްވަރުދީ ދުނިޔޭގެ ބާޒާރުގައި ލޯކަލް އޭޖެންޓުންނަށް ވާދަވެރިކަމާއެކު ދެމިތިބުމަށް މަގުފަހިކޮށްދޭ ޓެކްސް އިނާޔަތްތަކާއި ކުޑަކުރުންތައް ސަރުކާރަށް ހޯދައިދެވިދާނެ ކަމަށް ފާހަނގަ ކުރަމެވެ.
އެމްއެމްޕީއާރުސީގެ ފެއާތަކުގައި އިންސާފުވެރިކަމާއި އެކު ބައިވެރިވުން ކަށަވަރުކުރުން : މޯލްޑިވްސް ޑެސްޓިނޭޝަން ސްޓޭންޑް ރާއްޖޭގެ ލޯކަލް ވިޔަފާރިތަކަށް ހާއްސަކޮށްގެނ،ް އެއްހަމައެއްގައި ވިޔަފާރީގެ ފުރުސަތު ލިބޭނެ ގޮތް ހެދުމާއ، ލޯކަލް
އޭޖެންޓުންނަށް އެމީހުންގެ ހިދުމަތްތައް ދައްކާލުމުގެ ފުރުޞަތުތައް ފަހިކޮށްދ،ީ ރާއްޖެއަށް ފަތުރުވެރިން ފޮނުވާ ބައިނަލްއަ ްޤވާމީ ފަރާތްތަކާ ގުޅިގެންމަސައްކަތްކުރެވޭނެ ފުރުސަތުތައް ހޯދާދިނުން
ބޭރުގެ ޓްރެވަލް އޭޖެންޓުން ރާއްޖޭގައި ރަޖިސްޓްރީ ކުރުން ރެގިއުލޭޓްކުރުން : ރާއްޖޭގައި ރަޖިސްޓްރީ ކޮއްފައިވާ ބޭރުގެ ޓްރެވަލް އޭޖެންޓުންގެ ހަރަކާތްތައް މޮނިޓަކޮށ،ް ރަޖިސްޓްރޭޝަންގެ ޝަރުތުތަކަށް ތަބާވާކަން ކަށަވަރުކުރުން މުހިންމެވެ. އަދި ގާނޫނާއި ގަވާޢިދުތައް މިހާރަށް ވުރެ ހަރުދަނާކޮށް ގަވާއިދުތަކުގެ ސަބަބުން ލޯކަލް އޭޖެންޓުންގެ މަސްލަހަތު ރައްކާތެރިކޮށ،ް ވިޔަފާރީގެ މާހައުލު އިންސާފުވެރިކޮށް ދެމެހެއްޓޭނެ މަގެއް ހޯދާދިނުން
އެސްއެމްއީގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މައްސަލަ : ރާއްޖޭގެ އެކިއެކި ސިނާޢަތްތަކުގައި ވަރަށް ފުޅާދާއިރާއެއްގައި (ހާއްސަކޮށް ކުދި މެދު ފަންތީގެ) ވިޔަފާރި ތެރޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ މީހުންގެ މައްސަލަ ވެސް އަޅުގަނޑު ތިޔަބޭފުޅުންގެ ސަމާލުކަމަށް ގެންނަން ބޭނުންވެ އެވެ. މި މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެން ހުށަހަޅަނީ ހަރުދަނާ އުސޫލެއްގެ ތެރެއިނ،ް ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބޭރުގެ ފަރާތްތައް އަނބުރާ ގައުމަށް ފޮނުވާލުމަށް މިހާރަށް ވުރެ ހަރުދަނ،ާ މިއަށްވުރެ ފައިދާހުރި ފައިނޭންސިންގ ޕްރޮގްރާމަކުން ޑިޕޯޓް ނުވަތަ ރިޕެޓްރިއޭޝަން ޕްރޮގްރާމެއް ހިންގާށެވ.ެ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރީގެ ސަބަބުން ރާއްޖޭގެ ގިނަ އެސްއެމްއީ ވިޔަފާރިތަކަށް ވަނީ ނުރަގަނޅު އަސަރު ކޮއްފައެވ.ެ މިމައްސަލަ އަވަހަށް ހައްލު ކުރެވިއްޖެނަމަ އެސްއެމްއީ ވިޔަފާރިތަކަށް ކޮއްފައިވާ ނުރަނގަޅު އަސަރ،ު އަދި މިކަމުގެ ފައިދާ ރާއްޖޭގެ ގިނަ އެސްއެމްއީ ވިޔަވާރިތަކަށް ވެ އަޅުގަނޑުމެންގެ ގައުމުގެ އިޖްތިމާއީ އަދި އިގްތިސޯދީ ފޭރާން އަޅުގަނޑުމެންނަށް ރައްކާތެރިކުރެވޭން
މަޓާޓޯ އޮފީސް ހިންގުމަށް ޖާގައެއް ؛ ފަތުރުވެރި ކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެހެނިހެން ޖަމްއިއްޔާތަކަށް އޮފީސް ނުވަތަ ބިން ދީފައިވާގިތަށް މިޖަމްއިއްޔާގެ ހިންގުމަށް އޮފީސް ޖާގަ ހޯދައިދިނުމުގައި ތިޔަބޭފުޅުންގެ އެހީތެރިކަމަށް އެދެމެވެ. ހާއްސަކޮށް އޮފީސް ޖާގައެއް އޮތުމުނ،ް އަޅުގަނޑުމެންނަށް މިހާރަށް ވުރެ މާ ރަނގަޅަށް ސިނާއަތުގައި ހަރަކާތް ކުރެވޭނެ އަދި އަޅުގަނޑުމެންގެ މެމްބަރުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ އެވެ.
ލޯކަލް އެޖެންޓުނަށް ފައިނޭންޝަލް ސްކީމެއް : ލޯކަލް އޭޖެންޓުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި ފަސޭހަ ފައިނޭންސް ސްކީމެއް ގާއިމްކުރުމަކީ އިންތިހާއަށް ފައިދާހުރި ކަމެއް ކަމަށް ވެސް އަޅުގަނޑުމެން ދެކެމެވެ. ލޯކަލް ޓްރެވަލް އޭޖެންޓުންނަކީ އެސެޓްތައް ތިބޭ ބަޔަކަށް ނުވުމާއ، އެކަށީގެންވާ އިންޓަރެސްޓް ރޭޓާއި އަގުހެޔޮ ފައިނޭންސިން އޮޕްޝަންތައް ލިބުމުން
މާލީ ދަތިތަކަށް ލުއި ލިބ، ވިޔަފާރިތަކަށް އިތުރަށް އިންވެސްޓް ކުރެވޭނެ މަގު ފަހިވާނެ އެވެ.
އެމްއެމްޕީއާރުސީ ބޯޑުން މަޓާޓޯއަށް ފުރުސަތު : ފަތުރުވެރިން ޝައުގުވެރި ކުރުވުމުގައި ޑެސްޓިނޭޝަން މާކެޓިންގެ މުހިންމު ދައުރަށް ބަލާއިރު އެމްއެމްޕީއާރުސީގެ ބޯޑުގައި މަޓާޓޯގެ ތަމްސީލު އިތުރުކުރުމަށް އަޅުގަނޑު އެދެން. ލޯކަލް އޭޖެންޓުންގެ ހީވާގި ބައިވެރިވުމުން އެމީހުންގެ ނަޒަރިއްޔާތަށް ބެލޭނެ. އަދި އެ މީހުންގެ ހީއްސަ އެންމެ ފުރިހަމައަށް އަދާކުރެވޭނ،ީ އެމްއެމްޕީއާރުސީގެ ބޯޑުގައި މިޖަމްއިއްޔާ ހިއްސާ އޮވެގެން ކަމުގައި ދެކެމެވެ. ލޯކަލް ޓްރެވަލް އޭޖެންޓުންނަކީ ޓޫރިޒަމް ދާއިރާގައި ޖީޑީޕީއަށް ދެވަނަ އަށް އެންމެ ބޮޑު ބޭރުފައިސާ ވަންނަ އަދި މަސްވެރިކަމުގެ ސިނާޢަތު ވެސް ފަހަނައަޅައި ގޮސް ދެވަނައަށް އެންމެ ބޮޑު ބޭރު ފައިސާ ފޯރުކޮށްދޭ ބައެކެވ.ެ އެބޭފުޅުންގެ ތަރައީްގީ އާއި ބައިވެރިވުމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންގެ އިގްތިސޯދު އިތުރަށް ހަރުދަނާވެގެން ދާނެ ކަމެއްކަމުގައި ދެކެމެވެ.
އިތުރު ތަމްރީން ލިބޭނެ ގޮތްތަކެއް : އެންމެ ފަހުކަމެއްގެ ގޮތުގައި ޓްރެވަލް އޭޖެންޓުންނަށް ތަމްރީނާއި ހުނަރު ތަރައީގީ ކުރުމުގެ މަސައްކަތްތަކަށް އިސްކަންދިނުމަށް ޓޫރިޒަމް މިނިސްޓްރީއަށް އިލްތިމާސް ކުރަމެވެ. ތަމްރީނު ޕްރޮގްރާމް ތަކަށް އިންވެސްޓް ކުރުމަކީ އެ މީހުންގެ ގާބިލްކަން އިތުރުވެ ބަދަލުވަމުން އަންނަ މާކެޓް ޓްރެންޑްތަކަށް އެޑެޕްޓްވ،ެ ޒިޔާރަތްކުރާ ފަރާތްތަކަށް މަތީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދެވޭނެ އެވެ.
ވިސާ ފެސިލިޓޭޝަން : ފަތުރުވެރި ކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިނ،ް ރާއްޖެއިން ބޭރަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ދިމާވާ އެއް ގޮންޖެހުމަކީ ރާއްޖޭގައި ބޭރުގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓްތައް މަދުވުމެވ.ެ މަދު ކޮންސިއުލާ ހިދުމަތް ރާއްޖޭގަ ހުރުމާއި އަދ،ި ވިސާ ހޯދުމަށް އަވަށްޓެރި ގައުމުތަކަށް ދަތުރުކުރްން ޖެހުމާއި ހިނގާ އިތުރު ޚަރަދުތަކާއި ދުރުމިން ވިސާ ހިދުމަތް ހޯދުމަށް ދިގު ވަގުތ،ު ރާއްޖެ އިޝްތިހާރު ކުރުމަށް އެކި ޓްރޭޑް ޝޯތަކަށް ދަތުރުކުރުމަށް ލޯކަލް އެޖެންޓުންނަށް ވިސާ ލިބުމުގައި ދިމާވާ ބައެއް ދަތިތައް ހައްލު ކޮށްދިނުން
އޮންލައިން ޓްރެވަލް އެޖެންސީ (އޯޓީއޭ) ގެ ވާދަވެރިކަން : ލޯކަލް ޓްރެވަލް އޭޖެންޓުންނަށް ސީދާ ބުކިން އާއި ފުރިހަމަ ޓްރެވަލް ޕެކޭޖުތައް ލިބޭ އޮންލައިން ޕްލެޓްފޯމްތައް ވަރުގަދަވެ ބޮޑުވާދަވެރިކަމެއް މިހާރުވަނީ ކުރިމަތި ވެފައެވެ. އޯޓީއޭ ތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި ވަސީލަތްތައް ލިބިގެނ،ް ވާދަވެރި އަގުތަކެއް ކަނޑައަޅައިގެން ހިންގާ ތަންތަނަށްވާތ،ީ ލޯކަލް އޭޖެންޓުންނަށް ވާދަކުރުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެ އެވ.ެ ވީމާ މިކަމުގައި ދުނިޔޭގެ ކުރުއަރާފައިވާ ގައުމުތަކާއި އެއްގޮތަށް ގާނޫނާއި ގަވާއިދު އިސްލާހުކޮށް، މިކަމުގައި ލޯކަލް ޓްރެވަލް އޭޖެންޓުންނަށް ދެވިދާނެ ލުއި ތަކާއި ބެހޭގޮތުން މަޝްވަރާކުރުން.