ދުންޔާގެ ފާޑުވިދާޅުވުން އެމްޑީޕީއަށް އަމާޒު ކުރެއްވީ އެމްޑީޕީގެ ކޮންގްރެސްގައި ހިނގާދިޔަ ކަންކަމާއި ގުޅުވައެވެ. ހިޔާލުތަފާތުވުން ބޮޑުވެ ގުޅުން ހީނަރުވެފައިވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ސޯލިހްގެ ގުޅުން ވަރުގަދަކަން ދައްކުވައިދޭ ކަންތައްތަކެއް ކޮންގްރެސްގެ ތެރޭ ތަމްސީލު ވެގެން ދިޔައެވެ. ދެ ރައީސުން އެކުގައި ސަލާމް ކުރައްވާ ބައްދާލައްވާ ނޫސްވެރީންނަށް ރީތި ފޮޓޯތަކެއް ނެގުމުގެ ފުރުސަތު ދެއްވިއެވެ.
ސިޔާސީ ޗަރުކޭސް ކުޅުމުގައި އެއްވަނަ ލިބެނީ އެމްޑީޕީ ކަމަށް ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސާ ދުންޔާ މައުމޫން، އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެ އެވެ.
ދުންޔާގެ ފާޑުވިދާޅުވުން އެމްޑީޕީއަށް އަމާޒު ކުރެއްވީ އެމްޑީޕީގެ ކޮންގްރެސްގައި ހިނގާދިޔަ ކަންކަމާއި ގުޅުވައެވެ. ހިޔާލުތަފާތުވުން ބޮޑުވެ ގުޅުން ހީނަރުވެފައިވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ސޯލިހްގެ ގުޅުން ވަރުގަދަކަން ދައްކުވައިދޭ ކަންތައްތަކެއް ކޮންގްރެސްގެ ތެރޭ ތަމްސީލު ވެގެން ދިޔައެވެ. ދެ ރައީސުން އެކުގައި ސަލާމް ކުރައްވާ ބައްދާލައްވާ ނޫސްވެރީންނަށް ރީތި ފޮޓޯތަކެއް ނެގުމުގެ ފުރުސަތު ދެއްވިއެވެ.
އެއިން ފޮޓޯއަކާއެކު ދުންޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސިޔާސީ ޗަރުކޭސް ކުޅުމުގައި އެއްވަނަ ލިބެނީ އެމްޑީޕީ ކަމަށެވެ. ނަމަވެސް ދެން ވިދާޅުވީ މިއީ ޑްރާމާ ކުޅެންވީ ވަގުތެއް ނޫން ކަމަށެވެ.
އެމްޑީޕީގެ މުޅި ކޮންގްރެސްގައި އާންމުންގެ އެންމެ ބޮޑު ޝައުގުވެރިކަމެއް އޮތީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ހިންގަން ފުރޮޅާލުމަށް މަގުފަހި ކުރުމުގެ ގޮތުން ނަޝީދު ހުށައެޅުއްވި ގަރާރާމެދު ނިންމާނެ ގޮތަަކަށެވެ. ސަބަބަކީ އެ ގަރާރާ ރައީސް ސޯލިހު ދެކޮޅު ހެއްދެވުމެވެ. ކޮންގްރެސްގެ ކުރީން އެމަނިކުފާނު ވަނީ ގަރާރު ގެންނެވުމަށް ނަޝީދު އަރިހުގައި އެދިވަޑައިގެންފަ އެވެ. ރައީސް އެގޮތަށް އެދިވަޑަައިގެން ނަަމަވެސް ގޮތް ދޫނުކުރައްވާ ނަޝީދު ގެންދެވީ ގަރާރަށް ތާއީދު ހޯއްދެވުމަށް މަަސައްކަތް ކުރައްވަމުންނެވެ.
ނަމަވެސް އެ މަސައްކަތުގައި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދު މުޅީން ގެއްލުމުން ނަޝީދު ވަނީ ރައީސް ސޯލިހާއެކު މަޝްވަރާ ކުރައްވާ ގަރާރު އަނބުރާ ގެންދަވާފަ އެވެ. ގަރާރު އަނބުރާ ގެންދެވީ ގަރާރު ހުށައަޅުއްވަން ރިޔާސަތުން ދައުވަތު ވެސް ދެއްވާފައި ވަނިކޮށެވެ.
ވަރަށް ގިނަ ބަޔަކު ހީކޮށްގެން ތިބީ ގަރާރަށް ވޯޓަށް އެހުމުން ސާފު އަޣުލަބިއްޔަތަކުން ރައީސް ސޯލިހް ކާމިޔާބު ކުރައްވާ ރައީސް ނަޝީދަށް ބޮޑު ނާކާމިޔާބެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ވޯޓަކަށް ދިޔަ ނަމަ އެ މަންޒަރު ފެނުން ވަރަށް ގާތެވެ. ކޮންގްރެސްގައި ގިނައިން ތިއްބެވީ ރައީސް ސޯލިހަށް ތާއީދު ކޮށްގެން ތިބި މަންދޫބުންނެވެ.
އަނެއްކޮޅުން ކޮންގްރެސްގެ ފަހު ދުވަހު ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކޮންގްރެސްގެ މަންދޫބުން ރުޅިގަދަވެ ނަޝީދުގެ ވާހަކަފުޅަށް ހުރަސް އެޅުއްވިއެވެ. އެއީ ކޮންގްރެސްއަށް އައިސް ތިބި މަންދޫބުން ތަމްސީލު ކުރާ ގިނަ ގޮފިތަކަކީ ވަގު ގޮފިތަކެއް ކަމަށް ތުހުމަތު ކުރައްވާ ނަޝީދު ވާހަކަ ދެއްކެވުމުންނެވެ. ބައެއް މަންދޫބުން ވަނީ ކޮޅަކަށް ތެދުވެ ނަޝީދަށް ބަހުގެ ހަމަލާ ދެއްވާ އަޑުގަދަ ކުރައްވާފައެވެ.
އެކަންކަން އެެހެން ފެނިފައި ވަނިކޮށް ކުއްލިއަކަށް ދެ ރައީސުން ސުލްހަ އިއުލާނު ކުރައްވާ ގަރާރު އަނބުރާ ގެންދަވާ ސްޓޭޓް މަތީން ދެ ރައީސުންގެ އެކުވެރިކަމުގެ ބަދަހި ކަމާއި ވަރުގަދަކަން ދެއްކެވިއެވެ. ސިޔާސީ ޗަރުކޭހެއް ކަމަށް ދުންޔާ އެ ސިފަ ކުރެއްވީ އެކަން ކަމަށެވެ.