ހިޔާ އަވަށަށް އިތުރު ބަސް ސްޓޮޕެއް

އެކުންގުނިން ބުނީ މިއަދުން ފެށިގެން އެކުންފުނީގެ ބަހުގެ ހިދުމަތުގައި ހިމެނޭ އާރު6. އާރު7، އާރު8 އަދި އާރު9 ގެ ބަސް ރޫޓްގެ ހިދުމަތް ލިބެމުން ދާނީ އެޗް16 ގައި އަލަށް ގާއިމްކޮށްފައިވާ ބަސް ސްޓޮޕުން ކަމަށެވެ.

ހިޔާ އަވަށުގައި ގާއިމްކޮށްފައިވާ ބަސް ސްޓޮޕެއް --

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި އެމްޓީސީސީން އިތުރު ބަސް ސްޓޮޕެއް ގާއިމްކޮށްފި އެވެ.

އެމްޓީސީސީން މިއަދު ބުނީ ހިޔާ ޓަވަރުތަކުގެ ތެރެއިން 14، 15 އަދި 16 ވަނަ ޓަވަރުގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ އެދުމަށް އާބަންކޯގެ އެހީއާއެކު ހިޔާ ސަރަހައްދުގެ އެޗް16 ގައި ބަސް ސްޓޮޕެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އެކުންގުނިން ބުނީ މިއަދުން ފެށިގެން އެކުންފުނީގެ ބަހުގެ ހިދުމަތުގައި ހިމެނޭ އާރު6. އާރު7، އާރު8 އަދި އާރު9 ގެ ބަސް ރޫޓްގެ ހިދުމަތް ލިބެމުންދާނީ އެޗް16 ގައި އަލަށް ގާއިމްކޮށްފައިވާ ބަސް ސްޓޮޕުން ކަމަށެވެ.

އަލަށް ގާއިމްކުރި ބަސް ސްޓޮޕުން ބަސް ދަތުރުކުރާ ރޫޓް --

މި ބަސް ސްޓޮޕްގެ ސަބަބުން އާރްޓީއެލް ބަހުގެ ހިދުމަތް ހޯދުމުގައި ގިނަ ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަސް ސްޓޮޕަކަށް ބަސްތައް ދިޔައީ ހުއްޓަމުންނެވެ. ހިޔާ އަވަށަށް އިތުރުކުރި ބަސް ސްޓޮޕާއެކު މާލެއަށް ދަތުރުކުރާ ބަސްތައް ދެން ހަ ސްޓޮޕަކަށް ހުއްޓާނެ އެވެ. ހުޅުމާލެ އާއި މާލެ އާއި ދެމެދު ދުއްވާ ބަސްތައް ކޮންމެ 15 މިނެޓަކުން ބަސް ސްޓޮޕްތަކަށް މަޑުކުރެ އެވެ.

ކޮމެންޓް

3
450
ފާރިޝް
1 year ago

ހާދަ ދުވަހެއް ވެއްޖެ އޭ ތި ޝަކުވާ ކުރާތާ. ތޭންކް ޔޫ އާރްޓީއެލް،

ފޭސް 2 މީހެއް
1 year ago

ބުނާ ގަޑި އަށް ބަސް ނާދޭ، އެބައި ރަނގަޅު ކޮށްލަދެއްވާ

ޑުރައިވަރ
1 year ago

ޓްރެފިކް ބާރު ބޮޑު ވެގެން ބަސް އައުން ލަސް ވެދާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.