ޗައިނާ އިން އަބަދުވެސް ދެކެނީ ޑިމޮކްރަސީގެ ނިޒާމެއް ހިންގާ ޓައިވާނަކީ ޗައިނާގެ މުގައްދަސް ބިންކޮޅެއްގެ ގޮތުގަ އެވެ. ނަމަވެސް ޓައިވާނަކީ މިނިވަން ގައުމެއް ނޫނެވެ.
ޗައިނާއިން ޓައިވާނުގެ އައްސޭރިފަށުގައި ފަށާފައިވާ އަސްކަރީ ތަމްރީނުތަކުގައި ހިމެނޭ އަސްކަރީ މަތިންދާބޯޓުތަކެއް ޓައިވާނުގެ ވައިގެ ސަރަހައްދަށް ވަން ކަމަށް ޓައިވާނުން ބުނެފި އެވެ.
ޓައިވާނުން ބުނީ އެ ގައުމުގެ އެއާ ޑިފެންސް ޒޯނަށް ޗައިނާގެ 10 ދިހަ ބޯޓެއް ވަން ކަމަށާއި އެއީ ތައްޔާރީ ހާލަތުގައި ހަމަލާ ދެވޭ ގޮތަށް ވަން އުޅަނދުތަކެއް ކަމަށެވެ.
ޗައިނާއިން ޓައިވާނުގެ އައްސޭރިފަށުގައި ފަށާފައިވާ ފަސް މަނަވަރަކާއެކު ގިނަ އަދަދެއްގެ މަތިންދާބޯޓްތައް ބައިވެރިވެރިވާއިރު ޗައިނާގެ އެ އަމަލާ ގުޅިގެން ޓައިވާނު އޮތީ ފިޔަވަޅުތައް އަޅައިގެނެވެ. މީ
ގެ އިތުރުން ޗައިނާގެ އިތުރު އުޅަނދުފަހަރު ޓައިވާނުގެ ހުޅަނގުދެކުނުން އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން ހުރަސްކޮށްފައި ވެސް ވެއެވެ. މިދިއަ އޭޕްރިލް މަހުގެ ތެރޭގައި ވެސް ޗައިނާއިން ވަނީ ޓައިވާން ވަށައިގެންވާ ކަނޑާއި ވައިގެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ.
ޗައިނާ އިން އަބަދުވެސް ދެކެނީ ޑިމޮކްރަސީގެ ނިޒާމެއް ހިންގާ ޓައިވާނަކީ ޗައިނާގެ މުގައްދަސް ބިންކޮޅެއްގެ ގޮތުގަ އެވެ. ނަމަވެސް ޓައިވާނަކީ މިނިވަން ގައުމެއް ނޫނެވެ. ޗައިނާ އަބަދުވެސް ބުނަނީ ބާރުގެ ބޭނުންކޮށްގެން ނަމަވެސް ޓައިވާނު ހިފާނެ ކަމަށެވެ.
ޗައިނާއިން ޓައިވާން ކައިރީގައި އަސްކަރީ ތަމްރީނުތަކެއް ފަށާފައި ވަނީ ޓައިވާނަށް 345 މިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ފޮނުވަން ނިންމާފައި އޮއްވާ އެވެ.