އަލްޝާލީ މެރިންގެ ޔާޑުގައި އަބަދުވެސް އަށް ލޯންޗް އެކި މަހުރަލާތަކުގައި މަސައްކަތް ހިނގަ އެވެ. އަދި ކޮންމެ މަހަކު ދެތން ލޯންޗް ނިންމައި އެއް ނަމްބަރު ފާލަން ކައިރީ އޮވެ އެވެ.
މިދިޔަ މަހު ވެސް ފެނުނީ މި މަންޒަރެވެ. އޭގެ ކުރީ މަހުވެސް މި މަންޒަރެވެ. ކޮންމެ މަހަކު ވެސް އަލްޝާލީ މެރިން މޯލްޑިވްސް (އޭސް މެރިން) ގެ ދެތިން ލޯންޗް އެއް ނަމްބަރު ފާލަން ކައިރީ ނޯންނަ މަހެއް ނުފެނެ އެވެ. އެ ކުންފުންޏަށް ސަރުކާރުން ހަވާލުކުރި ދަތުރުފަތުރުގެ ވިއުގައިގެ އުޅަނދުތައް އާރުޓީއެލް ލޯންޗްތައް ނިންމުމުގައި އެ ކުންފުނިން މި ދައްކަނީ މަސައްކަތުގެ ފުރިހަމަކަމާއެކު ހަފުވި ދުވެލީގެ މިސާލެކެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ބޯޓު ބިލްޑިންގެ ހިދުމަތްދޭ އޭސް މެރިން އަށް އާރުޓީއެލް 60 އަށްވުރެ ގިނަ ލޯންޗް ބަންނަން ހަވާލުކޮށްފައިވާއިރު އެ ކުންފުނިން މަހުން މަހަށް އެ މަސައްކަތް ދަނީ ފުރިހަމަ ކުރަމުންނެވެ. ބަބާބަރު ޝެޑިއުލަށް ވަގުތުން ވަގުތައް މަސައްކަތް ނިންމަމުންނެވެ. އެގޮތުން އަލްޝާލީ މެރިން އިން ތިލަފުށީގައި ހިންގާ ބޯޓި ޔާޑުގައި ހިނގާ މި މަސައްކަތް ބަލައިލުމުން ފެންނަނީ އަބަދު ވެސް އެތަނުގައި އާރުޓީއެލްގެ އަށް ލޯންޗް އެކި މަރުހަލާތަކުގައި ފުރިހަމަ ވަނުންދާ ތަނެވެ. ބައެއް އުޅަނދުގެ މޯލްޑް ހަދަމުންދެ އެވެ. އަނެއް ބައި އުޅަނދު ވަތްތައް އަޅަމުން ދެ އެވެ. އަނެއް ބައި އުޅަނދު ފެންނަނީ ފިނިޝިންގެ މަރުހަލާއެއްގައި އޮތްތަނެވެ. އަނެއްބައި އުޅަނދުތައް އިންޖީނު އަޅައި ޓެސްޓު ދަތުރުތަކަށް ތައްޔާރު ވަނީ އެވެ. މި އުޅަނދުތައް ނިންމައި ސަރުކާރުގެ އަތަށް ފަހަރު އެއްޗެއް ބަރާބަރު ޓައިމްލައިނަށް ހަވާލު ކުރުމުގެ ނަތީޖާއަކީ އާރުޓީއެލް ލޯންޗް ވިއުގަ ޓައިމްލައިނަށް މުޅި ރާއްޖެ ގުޅިގެން ދިއުމެވެ.
މި ލޯންޗްތަކީ ދިވެހި ކަނޑުގެ އޮޔާއި ރާޅަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދު ތަކެވެ. ލޯންޗްތައް ނިމި ސަރުކާރަށް ދެމުންދާއިރު މީގެ ލޯންޗްތަކެއް ބޭނުންކޮށްގެން އެމްޓީސީސީ އިން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ގުޅާލާފަ އެވެ. ހުވަދު އަތޮޅުގެ ރަށްރަށަށް ބޭނުން ކުރަނީ އޭސްމެރިން ބްރޭންޑުގެ އުޅަނދު ތަކެކެވެ.
އަލްޝާލީ މެރިންގެ އުޅަނދުތަކަކީ ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ގިނަ އަހަރުތަކެއްގައި ލިބިފައިވާ އުޅަނދުތަކެވެ. ބޯޓިން އެވޯޑުގައި މި އެވޯޑު ދޭން ފެށި 2016 އިން ފެށިގެން މެދުނުކެނި އެވޯޑުތައް ވަނީ ލިބިފަ އެވެ. ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުގެ ތެރޭން އެންމެ ވަރުގަދަ 100 ކުންފުނި ނަގައި ދޭ "ގޯލްޑް 100" ކުންފުނީގެ ލިސްޓުގައި ވެސް އަލްޝާލީ ހިމެނިފަިއވެ އެވެ.
އިތުރު ކާމިޔާބީ އަށް އެދެން ޝަރީ.