ގާސިމް އިބްރާހިމްގެ ކުންފުންޏަށް ލިބުނު ވާރެއްދޫ ވިލާގެ އަތުން އަތުލީ 2015 ވަނަ އަހަރު ފަޅު ދޫކުރި މަގުސަދު ހާސިލް ނުވާ ކަމަށް ބުނެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ފަރު ވޮލްޑޯފް އެސްޓޯރިއާ އިތާފުށި އޯނަރުން 350 މިލިއަން ރުފިޔާއަށް ގަނެފި އެވެ.
"މި" ނޫހަށް އެނގިފައިވާ ގޮތުން މާލެ އަތޮޅު ވޮލްޑޯފް އެސްޓޯރިއާ، އިތާފުއްޓާ ކައިރީގައި އޮންނަ މި ފަޅު ގަތުމަށް ފަހު ޓްރާންސްފާ އެއްބަސްވުމުގައި ވޮލްޑޯފް އެސްޓޯރިއާ އޯނަރުންގެ ފަރާތުން ސޮއިކުރީ މެދުއިރުމަތީގައި ވެސް ރިސޯޓް ތަރައްގީ ކުރައްވާފައިވާ ވޮލްޑޯފްގެ އެއް އޯނަރު ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އެވެ.
ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނި ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް އެވެ.
އެނގިފައިވާ ގޮތުގައި މި މުއާމަލާތް ނިމި މިހާރު ވަނީ ވިލާގެ އެކައުންޓަށް 350 މިލިއަން ރުފިޔާ ވޮލްޑޯފް އެސްޓޯރިއާގެ އޯނަރުން ޖަމާވެސް ކޮށްފަ އެވެ.
ގާސިމަށް ލިބިފައި އޮތް ވާރެއްދޫ ފަޅު ވިއްކާލިރު މި ފަޅު ވިއްކާލުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ކުރިން ގާސިމް ތުހުމަތު ކުރައްވާފައި ވެއެވެ. މި ފަޅު ގާސިމް ވިއްކަވާ ލެއްވީ ފަޅު ވިއްކާލުމަށް އޭސީސީ އިން އެންގުމަށް ފަހު އެންގުން ބާތިލް ކުރުމުންނެވެ.
ދެން ފެންނާނި ވަރަށް ތަރައްގީ ކޮށްފަ އޮއްވާ ކަމަށް މި ބަލަނީ .