ފަރެސްމާތޮޑާއިން ފެންނަނީ ޕާޓީތަކަށް އޮތް ހަމަހަމަ ފުރުސަތު: ރައީސް

ރައީސް ވިދާޅުވީ ހުސެއިން އަކީ އެމަނިކުފާނު ރަހުމަތްތެރިއެއް ކަމަށާއި އަބަދުވެސް ވާހަކަދައްކާ އުޅޭ ބޭފުޅެއް ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރައްވާތީ ހުސެއިން އަށް ރައީސް މަރުހަބާ ވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން އަށް މަރުހަބާ ދެންނެވި --

ސިޔާސީ ހަރަކާތްތައް ހިންގުމަށް އަދި ހާއްސަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުރިހާ ސިޔާސީ ޕާޓީއަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބިފައިވާކަން އެންމެ ބޮޑަށް ފެންނަނީ ގދ. ފަރެސްމާތޮޑާއިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ފަރެސްމާތޮޑާއަށް ވަޑައިގެން ވާހަކަދައްކަވަމުން އެންމެ ފުރަތަމަ ވެސް ފާހަގަކުރެއްވީ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ނެރޭ ކެންޑިޑޭޓްގެ ރަނިންމޭޓަކީ އެރަށު ބޭފުޅެއް ކަމެވެ. އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު، ހުސައިން މުހައްމަދު ލަތީފެވެ.

ރައީސް ވިދާޅުވީ ހުސެއިން އަކީ އެމަނިކުފާނު ރަހުމަތްތެރިއެއް ކަމަށާއި އަބަދުވެސް ވާހަކަދައްކާ އުޅޭ ބޭފުޅެއް ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރައްވާތީ ހުސެއިން އަށް ރައީސް މަރުހަބާ ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފަރެސްމާތޮޑާއިން ފެންނަ މަންޒަރަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން، ވާދަވެރި އިންތިހާބެއްގެ ގޮތުގައި މަސްލަހަތު ނުގެއްލޭ ގޮތަށް މަސައްކަތް ކުރެވެމުންދާ މަންޒަރު ކަމަށެވެ.

"އަޅުގަނޑު އެބޭފުޅާއަށް މަރުހަބާ ދަންނަވަން. އަޅުގަނޑުގެ އެދުމަކީ ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބުގަ ޑިމޮކްރެޓިކް ހަމަތަކާ އުސޫލުތަކުގެ ތެރެއިން، ވާދަވެރި އިންތިހާބެއްގެ ގޮތުގަ މަސްލަހަތު ނުގެއްލޭ ގޮތަށް މިކަން ކުރިއަށް ގެންދެވުން. އަޅުގަނޑަށް ފަރެސްމާތޮޑާއިން އެ މަންޒަރު އެބަ ފެނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ އެ މަންޒަރުގެ ތެރެއިން، ސިޔާސީ ހަރަކާތް ހިންގުމަށް ޕާޓީތަކަށް ޖާގަ އޮތްކަން ސާފުކޮށް ފެންނަމުންދާ ކަމަށެވެ.

ރައީސް ވަނީ މީގެ ކުރިން ވެސް އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. ހަމައެޔާއެކު އެހެން ޕާޓީތަކުގެ ބޭފުޅުން އެމަނިކުފާނާ ގުޅިވަޑައިގެންނެވުމަށް ވެސް ގޮވާލައްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.