އާލިއާ ބުނާ ގޮތުން އޭނާއަކީ އިނގިރޭސިއެއް

އާލިއާގެ މަންމަ ސޯނީ ރަޒްދާން ވެސް ބުނީ އޭނާ އުފަންވީ ޔޫކޭގައި ކަމަށެވެ. ނަމަވެސް އުމުރުގެ ބޮޑުބައެއް ހޭދަކުރީ އިންޑިއާގަ ކަމަށެވެ.

އާލިބަޓް: އިނގިރޭސިވިލާތަށް ނިސްބަތްވޭ

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ބަތޮލާ، އަލިއާ ބަޓް ބުނަނީ އޭނައަކީ އިނގިރޭސިއެއް، އިނގިރޭސި ރައްޔިތެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ އުޅެ ބޮޑުވީ އިންޑިއާގައި ކަމަށެވެ. 

އޭނާގެ ހޮލީވުޑް ފިލްމްގެ ޕްރޮމޯޝަންގައި އާލިއާ، އޭނާއާ ބެހޭ ގޮތުން ބެލުންތެރިން އެންމެ ގިނައިން ގޫގުލް ކުރި ސުވާލުތަކަށް ޖަވާބު ދިންއިރު އޭގެ ތެރެއިން އެއް ސުވާލަކީ “އާލިއާ ބަޓަކީ އިނގިރޭސިއެއް ހެއްޔެވެ؟''.

މި ސުވާލަށް ޖަވާބު ދެމުން އާލިއާ ބުނެފައި ވަނީ އޭނައަކީ އިނގިރޭސި ރައްޔިތެއް ކަމަށެވެ. އޭނަ ބުނި ގޮތުގައި އޭނަގެ މަންމަ އުފަންވީ އިނގިރޭސިވިލާތުގެ ބާމިންގަމްގައި ކަމަށެވެ. ނަމަވެސް އޭނާ އުޅެ ބޮޑުވީ އިންޑިއާގަ ކަމަށެވެ. 

އާލިއާގެ މަންމަ ސޯނީ ރަޒްދާން ވެސް ބުނީ އޭނާ އުފަންވީ ޔޫކޭގައި ކަމަށެވެ. ނަމަވެސް އުމުރުގެ ބޮޑުބައެއް ހޭދަކުރީ އިންޑިއާގަ ކަމަށެވެ. ސޯނީ ރަޒްދަން ބުނީ އޭނާ އުމުރުން ތިން މަސް ވި އިރު އިންޑިއާގެ ބޮމްބޭއައް ބަދަލުވެ އެތާގައި އުޅެމުން އޭނަގެ މައިންބަފައިން ހުޅުވި ބޮމްބޭ އިންޓަނޭޝަނަލް ސުކޫލުގައި ތައުލީމު ހާސިލް ކުރި ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.