ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ގދ. ގައްދޫއާ ގަން އަދި ގދ. ރަތަފަންދޫއާ ކެރެއްދޫ ގުޅުވާލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފައެވެ.
ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ގދ. ގައްދޫއާ ގަން އަދި ގދ. ރަތަފަންދޫއާ ކެރެއްދޫ ގުޅުވާލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ރަތަފަންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ މައްސަލަ ކަމަށެވެ. ނަމަވެސް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަތަފަންދޫއާ ކައިރީ އޮތް ކެރެންދޫއާ ގުޅާލުމަކީ ކައުންސިލްގެ ވެސް އުންމީދެއް ކަމަށާ އޭރުން ބިމުގެ މައްސަލަ ހައްލުވާނެ ކަމަށެވެ. އަދި އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ އެ ކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
މިރޭ ގައްދޫގައި ބޭއްވި ޖަލްސާގައި ވެސް ރައީސް ވަނީ ގައްދޫއާ ގަން ގުޅާލައްވަން ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ގައްދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެ ރަށުގެ ބިން ހިއްކާ ހައުސިން މަސްރޫއު އެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
ކޮބާހޭ ލ. ދަނބިދޫ އާއި ކަލައިދޫ ގުޅުވާލި ބްރިޖް. ފޮނިކަނޑަން ވާނީ ކަން ކަން ވާމީހުން.