ހުޅުޖެހީ ކާމިޔާބު ފެނި ފޯކަސް ގެއްލުވާލަން: ރައީސް

"ރިޔާސީ އިންތިހާބެއްގެ ކެމްޕެއިންގަ ވާދަވެރި ކެންޑިޑޭޓުން ކެމްޕެއިން ކުރަމުން ދާއިރުގަ މި ކަހަލަ ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް އަބަދު ވެސް ދިމާވޭ. އޭގެ މަގުސަދަކަށް ވަނީ ފޯކަސް ގެއްލުވާލުން. ހަމަނުޖެހުމަކާ ދިމާލަށް ގެންދިއުން،"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އަނިޔާވެރިކަމުގެ ބަދަލުގައި އަނިޔާވެރިކަން އިސްނުކުރުމަށް ވަނީ އެދިވަޑައިގެންފައި --

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ދަތުރުފުޅެއްގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި ހުރި އެމްޑީޕީގެ ހަރުގޭގައި ބަޔަކު ހުޅުޖަހާ އަންދާލީ އެމަނިކުފާނަށް ލިބެމުންދާ ކާމިޔާބީ ފެނި، ފޯކަސް ގެއްލުވާލަން ކަމަށް ވިދާޅުވެއްޖެ އެވެ.

މިއަދު މަޑަވެއްޔަށް ވަޑައިގެން އެރަށުގައި ވާހަކަދައްކަން ފައްޓަވަމުން ރައީސް އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެއްވީ ރޭ ފަތިހު ބަޔަކު އެރަށު އެމްޑީޕީ ހަރުގެއަށް ދިން ގެއްލުމުގެ ވާހަކައިންނެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބެއްގެ ކެމްޕޭނުގެ ތެރެއިން މިފަދަ ކަންކަން މީގެ ކުރިން ވެސް ހިނގާފައިވާ ކަމަށާއި، އެކަމުގެ މަގުސަދަކީ ފޯކަސް ގެއްލުވާލުން ކަމަށެވެ.

މިއީ އެމްޑީޕީއަށް ލިބެމުންދާ ތާއީދު ފެނި، ކެމްޕޭން ހުއްޓުވުމަށް ކުރާ ކަންކަން ކަމަށާއި، މިފަދަ ކަންކަމުގައި ޕާޓީގެ މެމްބަރުން ކަންބޮޑުވެވަޑައިނުގެންނެވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

"ރިޔާސީ އިންތިހާބެއްގެ ކެމްޕެއިންގަ ވާދަވެރި ކެންޑިޑޭޓުން ކެމްޕެއިން ކުރަމުން ދާއިރުގަ މި ކަހަލަ ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް އަބަދު ވެސް ދިމާވޭ. އޭގެ މަގުސަދަކަށް ވަނީ ފޯކަސް ގެއްލުވާލުން. ހަމަނުޖެހުމަކާ ދިމާލަށް ގެންދިއުން،" ރައީސް ވިދާޅުވި އެވެ.

މަޑަވެލީގައި ރައީސްގެ ޖަލްސާއަށް ތައްޔަރު ކުރި ހަރުގެ ރޭ އަންދާލާފައި

އެކަމުގެ ބަދަލުނުހިފުމަށް ރައީސް ވަނީ އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ރައީސް އެދިވަޑައިގަތީ އަނިޔާވެރިކަމުގެ ބަދަލުގައި އަނިޔާވެރިކަން އިސްނުކުރުމަށެވެ. އެފަދަ ހަމަނުޖެހުމެއްގެ ތެރެއަށް އެމްޑީޕީ މެމްބަރުން ނުވަނުމަށް ވެސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރާނީ ހަމަޖެހުން ހިންގައިގެން ނޫން ކަމަށެވެ. ނަތީޖާ ފެނިގެން ދާނީ ވޯޓުން ކަމަށެވެ.

މަޑަވެލި އެމްޑީޕީ ހަރުގޭގައި ރޯކޮށްލާ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ލިބުމުން ޖަލްސާ ބޭއްވީ އެރަށު ޖެޓީ ސަރަހައްދުގަ އެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރައީސް ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ މަޑަވެއްޔަށެވެ. މިހާރު އެމަނިކުފާނު ހުންނެވީ ހޯޑެއްދޫގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.