ތުޅާދޫ އެއާޕޯޓް އަޅަން ތިން ވަނަ ފަހަރަށް ؛ ކުރިއަކަށް ނުކަނޑާ

ސަރުކާރުން އަނެއްކާވެސް ވަނީ ތުޅާދޫގެ އިތުރުން ހަތް އެއާޕޯޓެއް އަލުން މިވަނީ ބިޑަށް ލާފަ އެވެ. މި އެއާޕޯޓުތަކުގެ ތެރޭގައި ކުރިން ވެސް އިއުލާނުކުރި އެއާޕޯޓްތައް ހިމެނެ އެވެ.

ބ. ތުޅާދޫ ؛ މިރަށުގައި އެއާޕޯޓެއް އަޅަން ވާހަކަ ދައްކާތާ ލައްކަ ޒަމާން ވެއްޖެ -- ގޫގުލް

ބ. ތުޅާދޫގައި އެއާޕޯޓެއް އަޅަން ވާހަކަ ދައްކާތާ ހަތަރު އަހަރު ވެއްޖެ އެވެ. މީގެ ހަތަރު އަހަރު ކުރީގައި މިރަށުގައި އެއާޕޯޓެއް އަޅަން ނިންމައި ފުލުފުލުގައި އިއުލާނު ޖެހިޔަސް އެއަށް ޝައުގުވެރިކަމެއް ނުލިބެ އެވެ. ހަމަ ކުރިއަކަމަށް ނުކަނޑަ އެވެ. އަނެއްކާވެސް ތިންވަނަ ފަހަރަށް މިވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. 

ތުޅާދޫގައި އެއާޕޯޓެއް އަޅަން ފުރަތަމަ އިއުލާނު ކުރީ ށ. ބިލެތްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ.މަގޫދޫގެ އިތުރުން ރ.އަތޮޅުގެ ދެކުނު ބިތުގަ އަޅާ އެއާޕޯޓަކާއެކު 21، ޑިސެމްބަރު 2021 ގަ އެވެ. އޭގެފަހުން އަގު ތިން މިލިއަން ޑޮލަރަށް ކުޑަކޮށް އަލުން އިއުލާނުކުރި އެވެ. 

ތުޅާދޫގައި އެއާޕޯޓެއް އެޅުމާ ބެހޭ ގޮތުން އެންމެ ގިނައިން ވާހަކަ ދެއްކެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ރަށުގައި ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓާ ބެހޭ ގޮތުން ރައީސް ނިމިގެން ދިޔަ ދެ އިންތިހާބެއްގައި ވާހަކަ ދައްކަވާފައިވެ އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭންގައި ޖެނުއަރީ މަހު ރައީސް ސޯލިހު ތުޅާދޫއަށް ވަޑައިގެން އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ބ. ތުޅާދޫގައި އެއާޕޯޓެއް ހަދައި ބޭނުންކުރެވޭ ވަރު ކުރުން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ރައީސް ސޯލިހު ވަނީ މިދިޔަ އަހަރު ހަތަރު އެއާޕޯޓެއް އަޅަން ފައިސާ ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ފައިސާ ލިބުނު ކަމަށް ވިދާޅުވެފައިވާ ރަށްތަކަކީ ހދ. މަކުނުދޫ އާއި ށ. ބިލެތްފަހީގެ އިތުރުން ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އެއާޕޯޓް އަޅަން ބޭނުންވާ ފައިސާ އެވެ.

ސަރުކާރުން އަނެއްކާވެސް ވަނީ ތުޅާދޫގެ އިތުރުން ހަތް އެއާޕޯޓެއް އަލުން މިވަނީ ބިޑަށް ލާފަ އެވެ. މި އެއާޕޯޓުތަކުގެ ތެރޭގައި ކުރިން ވެސް އިއުލާނުކުރި އެއާޕޯޓްތައް ހިމެނެ އެވެ. މި އެއާޕޯޓްތައް އަޅަން ޝައުގުވެރިކަށް ފާޅުކުރުމުގައި، ފައިނޭންސްކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ 3 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ފުރަތަމަ ސަރުކާރުން އިއުލާނުކުރީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓް ކުރަން ޖެހޭ ގޮތަކަށެވެ. 

ފަހުން އަޅަން އިއުލާނުކުރި އެއާޕޯޓްތައް

  • 1.ހދ. މަކުނުދޫ - މަޝްރޫއުގެ އަގު 29 މިލިއަން ޑޮލަރު
  • 2.ށ. ބިލެއްފަހި - މަޝްރޫއުގެ އަގު 36 މިލިއަން ޑޮލަރު
  • 3.ބ. ތުޅާދޫ - މަޝްރޫއުގެ އަގު 29 މިލިއަން ޑޮލަރު
  • 4.ތ.ވިލުފުށި - މަޝްރޫއުގެ އަގު 38 މިލިއަން ޑޮލަރު
  • 5.ފ. މަގޫދޫ - މަޝްރޫއުގެ އަގު 40 މިލިއަން ޑޮލަރު
  • 6.ރ.އަތޮޅު ދެކުނުބިތް - 35 މިލިއަން ޑޮލަރު
  • 7.ވ. ފޮއްތެޔޮފަޅު - 38 މިލިއަން ޑޮލަރު

އެއާޕޯޓް އެޅާނަމަ ރަށެއް / ފަޅެއް ލިބޭނެ

ޑޮމެސްޓިކް އެއާޕޯޓް އަޅަނީ އެއާޕޯޓް އަޅަން ފައިސާ ހޯދަން ބަޔަކާ ހަވާލުކޮށް އެ ހޯދާ ފައިސާއިންނެވެ. ޑޮމެސްޓިކް އެއާޕޯޓްތައް އަޅަން ފައިނޭންސް ދޭން މިހާތަނަށް އެއްބަސްވުންތައް ހަދާފައިވާ ފަރާތްތަކުގެ ނަމާއި އެ ކުންފުނިތަކުގެ ނަން ތައް / އަދި ގައުމު އެނގޭ ގޮތަށް ހޯދައި ދޭން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރީގައި "މި" ނޫހުގެ ރިޕޯޓަރަކު އެދުމުން އެ މިނިސްޓްރީން ދީފައެއް ނުވެ އެވެ. ނުދޭ ސަބަބެއްގެ ގޮތުގައި އެ މިނިސްޓްރީން ބުނީ ތިޔަ މައުލޫމާތު ދީފިނަމަ ސިއްރު ނުހިފެހެއްޓުމުގެ ދައުވާ ސަރުކާރުގެ މައްޗަށް ކޮށްފާނެ ކަމަށެވެ.

ކްރޮސް ސަބްސިޑީއަށް ދޭ ރަށްތައް

  • 1.ޅ. މެއްޔަފުށި
  • 2.ތ. ދިއްފުށި
  • 3.ތ. ކަޅުފަހަލަފުށި
  • 4.ގއ. ފުލަނގި
  • 5.ށ. ކުޑަޅައިމެންދޫ
  • 6.ނ. ކުންނަމަލެއި
  • 7.ނ. ދެކެނަންފަރު
  • 8.ނ. ދިގުފަރު ފަޅު

ސަރުކާރުން ދަނީ ކްރޮސް ސަބްސިޑީގެ ދަށުން މަޝްރޫއު ހިންގަން ހަވާލުވާ ފަރާތްތަކަށް ފަޅުތައް ވިއްކަމުންނެވެ. މިގޮތުން މާލޭގެ ރައްޔިތުންނަށް ގޯތިދޭން ގިރާވަރު ފަޅު ހިއްކަން ނ. އަތޮޅުގެ ފަޅަކާއި ރަށެއް 27 މިލިއަން ޑޮލަރަށް ވިއްކާލާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.