ރައީސްގެ ޖަލްސާ ބާއްވާން މަޑަވެލީގައި ތައްޔާރުކުރި ހަރުގެ އަންދާލައިފި

މިއަދު ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ވެސް މަޑަވެއްޔަށެވެ. ރައީސް މަޑަވެއްޔަށް ވަޑައިގަތުމަށް އޮތީ މިއަދު ހެނދުނު އެވެ.

މަޑަވެލީގައި ރައީސްގެ ޖަލްސާއަށް ތައްޔަރު ކުރި ހަރުގެ ރޭ އަންދާލާފައި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިގް ކެމްޕެއިން ދަތުރުފުޅެއްގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި ހުރި އެމްޑީޕީގެ ހަރުގޭގައި ބަޔަކު ހުޅުޖަހާ އަންދާލައި ގެއްލުން ދީފި އެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު، ގއ. އަތޮޅާއި ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނީ މިއަދު އެވެ. 

މިއަދު ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ވެސް މަޑަވެއްޔަށެވެ. ރައީސް މަޑަވެއްޔަށް ވަޑައިގަތުމަށް  އޮތީ މިއަދު ހެނދުނު އެވެ. ނަމަވެސް އެރަށުގައި ޖަލްސާ ބޭއްވުމަށް ތައްޔާރުކޮށްފައިވާ ހަރުގޭގައި ބަޔަކު ހުޅުޖަހައި އެތަން ރޭ ވަނީ އަންދާލާފަ އެވެ.

އެ ހަރުގޭގައި ބަޔަކު ރޯކޮށްލާފައި ވަނީ ރޭ ފަތިހު 5:34 ހާއިރު އެވެ.

މަޑަވެލީގައި ރައީސްގެ ޖަލްސާއަށް ތައްޔަރު ކުރި ހަރުގެ ރޭ އަންދާލާފައި

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އަލިފާން ރޯކޮށްލިތާ ގިނަ އިރުތަކެއް ނުވެ ފުލުހުންނާއި އާންމު ރައްޔިތުން ނުކުމެ އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.

މިކަން ކުރީ ކޮން ބައެއް ކަމެއް އަދި ނޭންގެ އެވެ. ފުލުހުން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރައީސް ގދ. ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މަޑަވެއްޔަށެވެ. ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ބަޔަކު ރޯކޮށްލުމުން މިހާރު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އެރަށު ޖެޓީ ކައިރީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.