ފަހު ވަގުތު ވާދަ ނުކުރައްވަން މުނައްވަރު ނިންމަވައިފި

މުނައްވަރު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރެއްވީ ޓްވިޓާގައި ހިއްސާކުރި ޕޯސްޓެއް މެދުވެރިކޮށެވެ. މާޗް ފަސްވަނަ ދުވަހު ހިއްސާކުރި އެ ޕޯސްޓްގައި "2023، ޑރ. މުނައްވަރު" ޖަހާފައިވެ އެވެ.

ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު: ރިޔާސީ ރޭހުގައި ވާދަނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައި -- މި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިހާރު ވާދަނުކުރައްވަން ނިންމާފައިވާ ކަމަށް މިއަދު އިއުލާނުކޮށްފި އެވެ.

ކުރީގެ ބަންޑާރަނައިބް ކަން ކުރެއްވި މުނައްވަރު ކުރައްވާފައިވާ ޓްވިޓްގައި ވިދާޅުވީ އިންތިހާބުގައި ވާދަނުކުރަން ނިންމާފައިވާ ކަމަށެވެ. އޭނާއަށް ތާއީދު ހޯދައިދީ ސޮއިކޮށްދިން ފަރާތްތަކާއި، ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދިން މީހުންނަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.

މުނައްވަރު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރެއްވީ ޓްވިޓާގައި ހިއްސާކުރި ޕޯސްޓެއް މެދުވެރިކޮށެވެ. މާޗް ފަސްވަނަ ދުވަހު ހިއްސާކުރި އެ ޕޯސްޓްގައި "2023، ޑރ. މުނައްވަރު" ޖަހާފައިވެ އެވެ.

މުނައްވަރު އެންމެ ފަހުން ސިޔާސީ މަސައްކަތެއްގެ ތެރެއިން ފެނި ވަޑައިގެންފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ރައީސް ނަޝީދު އަރިހުގައި އައްޑު އޮތޮޅަށް ވަޑައިގެން ރައީސް ނަޝީދަށް ކެމްޕޭން ކޮށްދެއްވާން އެ އަތޮޅުގައި އުޅުއްވަނިކޮށެވެ.

އޭގެ ކުރީން މިދިއަ ދުވަސްތަކުގައި މޮރިޝަސްގެ މައްސަލާގައި ދިވެހި ސަރުކާރުން ރާއްޖޭގެ ސްޓޭންޑް ބަދަލުކުރި މައްސަލައާ ގުޅިގެން މުނައްވަރުގެ ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ދެކޮޅަށް ވާހަކަފުޅު ދައްކަވާ ސްޓޭޓްމަންޓްތައް ނެރުއްވުމުގެ އިތުރުން ނޫސްކޮންފަރެންސް ވެސް ބާއްވަވާފަ އެވެ.

މުނައްވަރަކީ ކުރިން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެކިފަހަރު މަތީން ވިދާޅުވާ ބޭފުޅެކެވެ. އެކަމަކު ކުރިމަތި ނުލައްވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.