ފުއާދުގެ ދަރިކަލުން ނިޔާވި އިރު މިދުވަސްވަރު ފުއާދު އުޅުއްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ އެންމެ މުހިންމު އަދި އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރޭގައި ވަރަށް އަވަދި ނެތި އެވެ.
އިލެކްޝަން ކޮމިޝަންސް (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ބޭފުޅުންގެ ތެރެއިން، ދަރިކަލުން އަހްމަދު ފުއާދު ކުއްލި ގޮތަކށް ނިޔާވެއްޖެ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެކަން ކަށަވަރު ކޮށްދެއްވާ މިއަދު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.
އޭނާ ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދަރިކަލުން، އަހްމަދު ފުއާދު ދާދި ދެންމެޔަކު އިންޑިއާގެ ޓްރިވިންޑްރަމްގައި ނިޔާވެފައިވާ ކަަމަށެވެ.
ފުއާދު ތައުފީގުގެ ދަރިކަލުން ނިޔާވި އިރު މިދުވަސްވަރު ފުއާދު އުޅުއްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ އެންމެ މުހިންމު އަދި އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރޭގައި ވަރަށް އަވަދި ނެތި އެވެ. އިންތިހާބާ ގުޅޭ ވަރަށް ގިނަ ކަންކަން ދަނީ ހިނގަމުންނެވެ.