ގްރީން ފަންޑަށް ޖަމާވި އަދަދު ބިލިއަނަކަށް

ޖޫންގެ ނިޔަލަށް 526 މިލިއަން ރުފިޔާ ޖަމާވެފައިވެ އެވެ. ނަމަވެސް ގްރީން ފަންޑުން ޖޫންގެ ނިޔަލަށް 287.7 މިލިއަން ރުފިޔާ ހަރަދު ވެސް ކޮށްފައިވެ އެވެ. ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ރާއްޖޭގެ ރިސޯޓެއް: ގްރީން ފަންޑަށް މި އަހަރުގެ ޖޫންގެ ނިޔަލަށް 526 މިލިއަން ރުފިޔާ ވަނީ ޖަމާވެފައިވޭ

ކުނީގެ މައްސަލަ ހައްލު ކުރުމުގެ ނަމުގައި ނަގަން ފެށި ގްރީން ޓެކުހުގެ ފައިސާ ޖަމާ ކުރާ ގްރީން ފަންޑުގެ ބެލެންސު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ. 

ގްރީން ފަންޑުގެ ހިސާބުތައް ދައްކާ ގޮތުގައި މިހާރު ގްރީން ފަންޑުގެ ބެލެންސެއްގެ ގޮތުގައި ހުރީ 1,012,626,120 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ޖެނުއަރީގެ ނިޔަލަށް މި ފަންޑުގެ ބެލެންސުގެ ގޮތުގައި ހުރިކަމަށް ދައްކަނީ 774 މިލިއަން ރުފިޔާ އެވެ. 

މި ފަންޑަށް މި އަހަރުގެ ޖޫންގެ ނިޔަލަށް 526 މިލިއަން ރުފިޔާ ވަނީ ޖަމާވެފަ އެވެ. ނަމަވެސް މި ފަންޑުން ޖޫންގެ ނިޔަލަށް 287.7 މިލިއަން ރުފިޔާ ވަނީ ހަރަދުވެސް ކޮށްފަ އެވެ. 

ގްރީން ފަންޑަށް މި އަހަރު ޖަމާވި

  •  ޖެނުއަރީ - 100,7 މިލިއަން
  •  ފެބްރުއަރީ - 91,8 މިލިއަން
  •  މާރިޗު - 105,4 މިލިއަން
  •  އެޕްރީލް - 94,9 މިލިއަން
  •  މެއި - 83 މިލިއަން
  •  ޖޫން - 50,2 މިލިއަން

ޖޫން އަށް ވަކިން ބަލާނަމަ އެ މަހު 50,2 މިލިއަން ރުފިޔާ ވަނީ މި ފަންޑަށް ޖަމާވެފަ އެވެ. މީގައި ހިމެނެނީ ރިސޯޓްތަކާއި ގެސްޓްހައުސް އަދި ހޮޓާތަކުން ޖަމާވި 49 މިލިއަން ރުފިޔާ އާއި ސަފާރީތަކުން ގްރީން ޓެކުހަށް ލިބުނު 883,055.8 ރުފިޔާ އަދި ހޯމްސްޓޭ އިން ގްރީން ޓެކުހަށް ދެއްކި 460.8ރ. އެވެ. 

ގްރީން ފަންޑަށް ޖޫންގައި 50 މިލިއަން ލިބުނު ނަމަވެސް އެ މަހު މި ފަންޑުން  26,2 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ނަގާފަ އެވެ. އެހެންވެ މިދިޔަ މަހު ފަންޑުގެ ބެލެންސުގައި ހުންނާނެ ކަމަށް ބެލެވެނީ 24 މިލިއަން ރުފިޔާ އެވެ.  

ގްރީން ޓެކުސް - ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.