ފާރިސްގެ ރަނިންމޭޓަކަށް ނެންގެވީ ސިއްހީ ހިދުމަތްތެރިޔާ ޑރ. އަބްދުއްސައްތާރު ޔޫސުފެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އިއުލާނު ކުރައްވާފައިވާ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫންގެ ރަނިންމޭޓް އިއުލާނު ކޮށްފި އެވެ.
ފާރިސްގެ ރަނިންމޭޓަކަށް ނެންގެވީ ސިއްހީ ހިދުމަތްތެރިޔާ ޑރ. އަބްދުއްސައްތާރު ޔޫސުފެވެ.
ފާރިސްގެ ރަނިންމޭޓް އިއުލާނު ކުރައްވަން މިރޭ އޭނާ އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ޑރ. ސައްތާރަކީ ވަރަށް ދިގު މުއްދަތަކަށް ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ސައްތާރަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.
ސައްތާރު ވަނީ ފާރިސްގެ ދައުވަތު ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ ގައުމު މިހާރު އޮތް ހިސާބުން މާ ރަނގަޅު ހިސާބަކަށް ގެންދިއުމަށް މަސައްކަތް ކުރެއްވޭނެ ކަމަށެވެ.
ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ އިންތިހާބުގައި ފާރިސް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.