އިންޑިއާގެ ޖައްވީ އުޅަނދު ހަނދުގެ އޯބިޓަށް ދެމިގަނެ ބުރު ޖަހަނީ

ކާމިޔާބެއް ވެގެން ޖެއްސުމާއެކު ހަފުރޮޅުލީ ރޯވަރު ހަނދުގެ ބިމުގައިވާ ހިލަތަކާއި ކުނިކޮޅުތަކުގެ ވަށައިގެން ދުއްވައިގަނެ، މުހިންމު ޑޭޓާތަކާއި ހަނދުގެ ދެކުނުފަޅީގެ ތަސްވީރުތައް އެއްކޮށް ތަހުލީލު ކުރުމަށް އަނބުރާ ދުނިޔެއަށް ފޮނުވާލައި ދޭނެ އެވެ.

ޗަންދުރާޔަން3 ހަނދުގެ އޯބިޓްގައި

ހަނދަށް ފޭބުމަށް އިންޑިއާއިން އަމާޒު ހިފާފައިވާ އެންމެ ފަހުގެ މިޝަންގައި އުދުހޭން ފެށި އުޅަނދު, ޗަންދްރަޔާން-3 ހަނދުގެ ދައުރު / އޯބިޓްގެ ތެރެއަށް ދެމިގަނެ ހަނދުގެ ވަށައި ބުރުޖަހާން ފަށައިފި އެވެ. އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ވަރަށް ބޮޑު ހަރަދެއް ކޮށްފައިވާ ދަތުރުގެ މި ކާމިޔާބީ ހަމަށް ޗަންދުރާޔަން3 އަށް ވާސިލުވެވިއްޖެ ކަމަށް އިސްރޯއިން މިހާރު ވަނީ ދުނިޔެއަށް އިއުލާނެއް ކޮށްފަ އެވެ.

އިންޑިއާގެ ޖައްވީ މި މިޝަންގައި އޯބިޓަރަކާއި ލޭންޑަރަކާއި ރޯވަރެއް ހިމެނެ އެވެ. ޗަންދްރާޔަން3, އުޅަނދު ހަނދަށް ބަނދަރު ކުރަން ދާން ނައްޓާލައި އުދުހިގެންފައި ވަނީ މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. މިހާރު ޝަޓަލް ހަނދުގެ އޯބިޓްގެ ދައުރުގެ ތެރެއަށް ވަދެ, ހަނދު ވަށައި ބުރުޖަހަމުން ގެންދާއިރު މި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެހެން ނޫނީ ވިއްޔާ 24 ވަނަ ދުވަހު ލޭންޑަރާއި ރޯވާ ހަނދުގެ ސަރަހައްދަށް ބަނދަރު ކުރަން ދިމާކޮށް އެ މަސައްކަތް ކުރާނެ އެވެ.

އެކަން ކާމިޔާބު ވެއްޖެ ނަމަ އިންޑިއާ ވެގެން ދާނީ ހަނދުގެ ދެކުނު ތަނޑިއަށް މަންޒިލްކޮށް ދިރާސާ ކުރާ ފުރަތަމަ ގައުމަށެވެ.

މީގެ ކުރީންގެ ހަނދަށް މަންޒިލް ކޮށްފައި ވަނީ އެމެރިކާއާއި ކުރީގެ ސޯވިއެޓް ޔޫނިއަން އަދި މިހާރު ސައިންސާއި ޓެކްނޮލޮޖީގައި އާދަޔާހިލާފަށް ކުރިއަރައި ގޮސްފައިވާ ބިޔަ ބޮޑު ޗައިނާ އެވެ.

ޗަންދުރާޔަން3 ގެ ދަތުރު ގްރާފެއް

އިންޑިއާގާ ޗަންދްރާޔަން3 ހަނދުގެ އޯބިޓްގެ ދައުރު ތެރެއަށް ވަނީ ދުނިޔޭގެ ވަށައިގެން ހަފުތާއަކަށް ވުރެ ގިނަ ދުވަހު ދަތުރު ކުރުމަށް ފަހު އެވެ. އަދި އަންނަ އަންގާރަ ދުވަހު ޓްރާންސްލޫނާ އޯބިޓަށް އެ އުޅަނދު ވަންނާން ދިމާ ކުރާނެ އެވެ.

އިންޑިއާއިން ހަނދު ހޯދުންތަކާއި ދިރާސާތަކަށް ހާއްސަ ކޮށްފައިވާ ޖައްވީ ޕްރޮގްރާމްގެ ތިން ވަނަ ކުރިމަތިލުމުގައި ހިމެނޭ މި ޖައްވީ އުޅަނދު, ޗަންދްރަޔާން-3 ގެ މަސައްކަތުގައި މީގެ ކުރިން ހަނދުގައި ކުރިޔަށް ގެންދިޔަ މިޝަންތަކުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް ދިރާސާތައް ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ. އެ ގޮތުން 2008 ވަނަ އަހަރު އިންޑިއާގެ ފުރަތަމަ ހަނދުގެ މިޝަނުގައި ހަނދުގެ ސާފޭސްއާ ހަމައަށް ދަތުރެއްކޮށް ހަނދުގެ ސަރަހައްދުގައި ފެނުގެ މޮލިކިއުލްތައް ހުރިކަން ހޯދައި، ހަނދުގައި ދުވާލުގެ ޖައްވެއް އޮންނަކަން ގާއިމް ކުރިތާ 13 އަހަރު ފަހުން އެ ދިރާސާތަކަށް އަލުން ނަޒެއް ކުރާނެ ކަމަށް ވެސް ބެލެވެ އެވެ.  

އިންޑިއާގެ ޖައްވީ މިޝަންގައި ޗަންދްރަޔާން-2 - އޯބިޓަރަކާއި ލޭންޑަރަކާއި ރޯވަރެއް ހިމެނޭ ގޮތުން 2019 ވަނަ އަހަރުގެ ޖުލައި މަހު ނައްޓާލައި އުދުހޭން ފެށި އެވެ. ނަމަވެސް އެ މިޝަނުގައި ކާމިޔާބުވީ މަދު މިންވަރަކަށް ބައެއް ކަންކަމެވެ. ޗަންދުރާޔަން2 ގެ އޯބިޓަރު ހަނދު ވަށައިގެން އަދިވެސް ދައުރުކޮށް ދިރާސާ ކުރަމުގައި ދެމި އެބައޮތެވެ. ނަމަވެސް ލޭންޑަރާއި ރޯވާ ދެކުނު ތަނޑިއަށް ވާސިލު ނުވެ ވެއްޓުނީ އެވެ.

އިސްރޯގެ ވެރިޔާ ސްރީދަރާ ޕެނިކާ ސޮމާނާތު ވިދާޅުވީ އެ އުޅަނދު ވެއްޓުމުން ޑޭޓާ ވަރަށް ރަނގަޅަށް ދިރާސާކޮށް، 3،900 ކިލޯގެ ޗަންދްރަޔާން-3 ގައި ހުރި ގޯސްތައް ހައްލު ކުރުމަށް ސިމިއުލޭޝަން ފުރިހަމައަށް ހިންގާފައިވާ ކަމަށާއި އެކަމަށް 75 މިލިއަން އެމެރިކާ ޑޮލަރު ހޭދަ ކުރި ކަމަށެވެ.

މިހާރު ޖައްވީ އުޅަނދު ޗަންދުރާޔަން3، ހަނދުގެ އޯބިޓް / ދައުރުގެ ތެރެއަށް ވަދެފައިވާއިރު، ރޮކެޓްތަކުގެ ސްޕީޑް މަޑުމަޑުން ކުޑަކޮށް، ލަސްލަހުން ޖެއްސޭ ހިސާބަކަށް ގެންދާން ފަށައިގަންނާނެ އެވެ.

ކާމިޔާބެއް ވެގެން ޖެއްސުމާއެކު ހަ ފުރޮޅުލީ ރޯވަރު ހަނދުގެ ބިމުގައިވާ ހިލަތަކާއި ކުނިކޮޅުތަކުގެ ވަށައިގެން ދުއްވައިގަނެ، މުހިންމު ޑޭޓާތަކާއި ހަނދުގެ ދެކުނު ފަޅީގެ ތަސްވީރުތައް އެއްކޮށް ތަހުލީލު ކުރުމަށް އަނބުރާ ދުނިޔެއަށް ފޮނުވާލައި ދޭނެ އެވެ.

ހަނދުގެ ދެކުނު ފަޅިއަކީ އަދިވެސް މާބޮޑަށް ކަންކަން ހޯދިފައި ނުވާ "އަނދިރިކަމެއް" އޮތް ތަނެކެވެ. އެތަނުގައި ހިޔަނި އެޅިފައިވާ ސަރަހައްދު ހަނދުގެ އުތުރު ގުރޫޕަށް ވުރެ މާ ބޮޑު ކަމަށް ބެލެވިފައި ވެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި އޭގެ މާނައަކީ ދާއިމީ ގޮތެއްގައި ހިޔަނި އެޅޭ ސަރަހައްދުތަކުގައި ފެން ހުރުމުގެ ފުރުސަތު އޮތުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.