އިރާގުގައި ހޫނުމިން 50 ޑިގްރީއަށް އުފުލިއްޖެ

ހޫނުކަމުން ފިނި ހޯދުމައް ބައެއް ޒުވާނުން ކޯރަށް ފިނަކަން ހޯދުމައް ދެއެވެ. އަދި ގިނަ އަންހެނުން އިރުގެ ހޫނުން ސަލާމަތްވުމަށް ގޭގައި ތިބޭކަމަށާއި، ކަރަންޓް ނެއް އިރު މީހުން އެމީހުންގެ ކާރުތަކައް ވަދެ ފިނި ހޯދާކަމަށް އޭނާ ބުންޏެވެ.

އިރާގުގައި ހޫނުން ސަލާމަތް ވުމަށް މީހުން ކޯރުތަކަށް އެރި ގިނަ ވަގުތު ހޭދަ ކުރަމުން ގެންދޭ

ގަދަ ހޫނުގެ ދުވަސްތަކަކާ އިރާގަށް ކުރިމަތިވެ ހޫނު މިން 50 ޑިގްރީއަށް އުފުލިއްޖެ އެވެ. 

ވާރޭ ވެހުން މަދުވުމާއި، ފެން މަދުވުމާއި ވީރާނާއި ފަޅުވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހިފައި އޮތް އިރާގަކީ މޫސުމަށް އަންނަ ބަދަލުތަކުގައި އަރަބި ދުނިޔޭގައި ނާޒުކު އެއް ގައުމެވެ.

އިރާގުގެ އަންބާރު ޕްރޮވިންސްގެ އަލް ރަމަދީ ޓީޗިން ހޮސްޕިޓަލުގެ އެމަޖެންސީ ޑިޕާޓްމަންޓުގައި މަސައަކަތް ކުރައްވާ ޑރ. ޒިޔާދު ތާރިގް ވިދާޅުވީ މިހާރު އޮތް ހޫނު މޫސުމުގައި 50 ޑިގްރީއަށް ހޫނު މިން އުފުލިފައި ވާއިރު ހީޓް ސްޓްރޯކާއި ޑީހައިޑްރޭޝަން ކުރިމަތި ވެގެން ދުވާލަކު މަދުވެގެން 10 އާއި 15 މީހުން ހޮސްޕިޓަލަށް ގެންދެވޭ ކަމަށެވެ.

ހޫނު ގަދަވެގެން އިރާގުގެ ވަރަށް ގިނަ ބަޔަކު ފިނި ކަން އިހުސާ ކުރުމަށް ކޯރުތަކަށް ދަނީ އެރެމުންނެވެ. އަދި ވަރަށް ގިނަ އަންހެނުން އިރުގެ ހޫނުން ސަލާމަތްވުމަށް ބޭރަށް ނުނުކުމެ އެވެ. 

ގާތްގަނޑަކަށް 43 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރާގަކީ ދުނިޔޭގެ އެންމެ ހޫނުގަދަ އެއް ގައުމެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ އިރުދެކުނު ޕްރޮވިންސް ސިސްތާން-ބަލޫޗިސްތާނުގައި ގާތްގަނޑަކަށް އެއްހާސް މީހުންނަށް ހޫނުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.