ހޯރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް، 1،500 ފްލައިޓް، ބައިލައްކަ މީހުން

ހޯރަފުށީގެ އެއާޕޯޓް ތަރައްގީ ކޮށްފައި ވަނީ އެމްޓީސީސީންނެވެ. އަދި މި އެއާޕޯޓް ހިންގަމުން ގެންދަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ.

ހޯރަފުށި އެއާޕޯޓް ހުޅުވަން ބޭއްވި ރަސްމިއްޔާތު : މި އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނި -- ރައީސް އޮފީސް

ހއ. ހޯރަފުށީ އެއާޕޯޓަކީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން ހިންގާ އެއް އެއާޕޯޓެކެވެ. ކުރިން ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި އޮތް ރީޖަނަލް އެއާޕޯޓް ކުންފުންޏަކަށް ބަދަލުކޮށް ގެނައި ބަދަލާއެކު އަލަށް ހަދައި ހަވާލުވި މި ކުންފުނިން މި އެއާޕޯޓް މެނޭޖުކޮށް ބަލަހައްޓާއިރު ކުންފުނީގެ ތާރީހުގައި ރެއަކީ މުހިންމު ރެއެކެވެ. އެ ކުންފުނީގެ އަމިއްލަ މަސައްކަތުން ހޯރަފުށީ އެއާޕޯޓުގައި ލައިޓް ޖަހައި ރޭގަނޑު ދަތުރުތަކަށް މިވަނީ އެއާޕޯޓް ހުޅުވާލާފަ އެވެ. 

ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރީޖަނަލް އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ މި އެއާޕޯޓަކީ އެތެރޭގެ އުދުހުން ތަކުން އެއާޕޯޓެއް ކާމިޔާބުކަމާއެކު ހިންގިދާނެކަމުގެ މިސާލެއް ކަމަށެވެ. 

ރިޒުވީ ވިދާޅުވީ މި ސަރުކާރުން ހުޅުވި މި އެއާޕޯޓަކީ އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ދަތުރުރުފަތުގެ ފަސޭހަކަން ރަމްޒު ވެގެންދާ އެއާޕޯޓެއް ކަމަށެވެ. 

"މި އެއާޕޯޓުގެ ސަބަބުން އުމްރާނީ އަދި އިގްތިސޯދީ ގޮތުން ކުރިއެރުން ލިބި މުޖުތަމައުތަށް އެތައް ފަސޭހައެއް ލިބިގެން ވަނީ ގޮސްފަ. އުތުރުގައި ޓްރާންސްޝިޕްމަންޓް ޕޯޓް ގާއިމް ކުރުމުން އިތުރު ކުރިއެރުން ލިބިގެންދާނެ. މިވަގުތު މި ސަރަހައްދުގައި މި އުޅެނީ 300 އެއްހާ ޓޫރިސްޓު އެނދު. އެހެންނަމަވެސް  މުސްތަގުބަލުގައި ގެސްޓް އެނދުގެ އަދަދު އެތައް ގުނައެއް އިތުރު ވެގެންދާނެކަން ޔަގީން،" ރިޒުވީ ވިދާޅުވި އެވެ. 

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ

އޭނާ އިތުރަށް ވިދާޅުވީ ހޯރަފުށީ އެއާޕޯޓް ހުޅުވުނު ދުވަހުން ފެށިގެން މިހާތަނަށް 1،500 އަށްވުރެ ގިނަ ފްލައިޓް އަޅައި 50،000 އަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށެވެ. 

"ހަމަ އެއާއެކު ކާގޯގެ 10 ޓަނުގެ ކާގޯ ވަނީ އުފުލިފަ. މި ދައްކަދެނީ އެތެރޭގެ އުދުހުންތަކުގެ މުހިންމުކަން. އާއްމު ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުނުގައި ރީޖަނަލް އެއާޕޯޓްސްގެ ދައުރު ބޮޑުކަން ފާހަގަ ކުރެވޭ،" ރިޒުވީ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކުންފުނިން މިހާރު ހޯދަމުންދާ ކާމިޔާބީތައް ހޯދުމަކީ މި ސަރުކާރު ނެތްނަމަ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫން ކަމަށެވެ. ވަރަށް އަވަހަށް މާވަރުލު އެއާޕޯޓުގައިވެސް ރޭގަނޑު މަތިންދާ ބޯޓު ޖެއްސޭ ގޮތަށް ލައިޓް ޖެހިގެންދާނެ ކަމަށް ރިޒުވީ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ހަ އެއާޕޯޓެއް ބަލަހައްޓަން. ސަރުކާރުން އިތުރު އެއާޕޯޓުތައް އެދަނީ ތަރައްގީ ކުރަމުން. އެންމެ އިސްކަން ދެނީ މި ދާއިރާ އިން މުވައްޒަފުން އުފައްދަން. އެތެރޭގެ އުތުރުންތަކުގެ ރޮނގުން ހޯދާ ކާމިޔާބީއެއް. މި ސަރުކާރުން އިންފްރާންސްޓްރަކްޗާއަށް ކުރާ އިންވެސްޓްމަންޓްތަކަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ކާމިޔާބީއެއް. މިއީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ގައުމަށް ކޮށްދެއްވާ މުހިންމު ކަމެއް،" ރިޒްވީ ވިދާޅުވި އެވެ. 

ހޯރަފުށީ އެއާޕޯޓް - ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ހަދާފައިވާ އެއާޕޯޓެކެވެ. މީގެ އިތުރުން މި އެއާޕޯޓުގައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއް ވެސް ހަދާފައިވެ އެވެ.އަދި 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސުވެސް ޖަހައި ތަރައްގީކޮށްފައިވެ އެވެ. މި މަސައްކަތް ކުރީ 198 މިލިއަން ރުފިޔާއަށް ސަރުކާރު ކުންފުނި އެމްޓީސީސީ އިންނެވެ.

ކޮމެންޓް

1
450
ހަސަނު
1 year ago

ކިތަންމެ މޮޅުވާހަކައެއް ދެއްކިޔަސް ތިއެއަރޕޯޓުން ސަރުކާރަށްވާނެ މާބޮޑު ފައިދާއެއް ނުވާނެ. ހަފުތާއަކު 5 ފްލައިޓް ބާއްވަން މޯލްޑިވިއަންނަށް ނުކެރިގެން ތިޔައުޅެނީ އެވަރަށް ޑިމާންޑް ނެތިގެން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.