އެންމެ ފަސް

ޔާމީންގެ ކެންޑިޑެސީ މައްސަލަ: އަޑުުއެހުން ފަށައިފި، މިރެއާ ހަމައަށް ކުރިއަށް ގެންދާނެ

އަޑުއެހުން ފައްޓަވަމުން އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވީ މިއަދުގެ އަޑުއެހުން ދިގުކޮށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުން ކުރިއަށް ދަނީ: ދިގުކޮށް މިއަދުގެ އަޑުއެހުން ކުރިއަށް ގެންދާނެ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބޭރު ކޮށްލުމުން އުފެދުނު ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓްގެ މިއަދު އޮތް އަޑުއެހުމަށް ފަށައިފި އެވެ.

އިންތިހާބަށް ކުރިމަތިލާން ހުށައެޅުމުން ކޮމިޝަންގެ ނިންމުމުގައި ވަނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމަށް ހުށައެޅުއްވި ހުށައެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރެވެން ނެތް ކަމަަށެވެ. ސަބަބެއް ކަމަަށް ބަޔާން ކޮށްފައިވަނީ ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވުމެވެ. އެހެން ކަމުން ގާނޫނު އަސާސީގައި ބަޔާން ކުރާ ޝަރުތައް ރައީސް ޔާމީންގެ ކިބާގައި ފުރިހަމަ ނުވާ ކަމަަށެވެ.

އެ މައްސަލަ ކޯޓްގައި ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އެއީ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އައިޝަތު ޝުޖޫން އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ. ރިޔާސަތުގައި އިންނަވަނީ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.

އަޑުއެހުން ފައްޓަވަމުން އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވީ މިއަދުގެ އަޑުއެހުން ދިގުކޮށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ. މިހާރު ފެށިފައިވާ އަޑުއެހުން ހައެއް ޖަހަންދެން ކުރިއަށް ގެންދާނެ އެވެ. މަޣުރިބު ނަމާދަށް މެދުކަނޑާލުމަށް ފަހު ދެން ފަށާނީ 6:30 ގައެވެ. އަދި ގަޑިއިރަކަށް އަޑުއެހުން ކުރިއަށް ގެންދިއުމަށް ފަހު 7:30 ގައި އަނެއްކާ ވެސް މެދުކަނޑާލާނެ އެވެ. އިޝާ ނަމާދަށް ފަހު ދެން ފަށާނީ އަށެއް ޖަހާއިރު އެވެ. އަޑުއެހުން ނިންމާލާނެ ސީދާ ގަޑިއެއް އުއްތަމަފަނޑިޔާރު ވިދާޅެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވައެވެ. އެމަނިކުފާނުގެ ވަކީލުންގެ ގޮތުގައި ތިއްބެވީ ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އާދަމް ޝަމީމް އަދި ހަމްޒާ ލަތީފެވެ. އިލެކްޝަންސް ކޮމިޝަންގެ ވަކީލުންގެ ގޮތުގައި ތިއްބެވީ އަބްދުއްސަލާމް އަބޫބަކުރާއި މަހުފޫޒް ސައީދު އެވެ. 

މި މައްސަލައަށް އެޓާނީ ޖެނެރަލްގެ އޮފީސް ވަނީ ތަދައްހުލް ކުރުވާފައެވެ. އަދި ޕީޕީއެމް ވަނީ ތަދައްހުލު ވެފައެވެ.

މިއަދުގެ އަޑުއެހުން ފެށުމަށް ކުރީން އޮތީ 3:00 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓްގައި ކަރަންޓް ނެތުމުން މައްސަލަ ފެށުން ލަސްވީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.