އެންމެ ފަސް

ޔާމީން މާލެ ގެނެސްފި، ކޯޓްގައި ކަރަންޓެއް ނެތް

މިއަދުގެ އަޑުއެހުން އޮތީ މެންދުރު ފަހު 3:00 ގައެވެ. ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ދޭއް ޖަހަނިކޮށެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ސުޕްރީމް ކޯޓްގައެވެ.

ސުޕްރީމް ކޯޓް ސަރަހައްދުގައި އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން މަޑުކޮށްލައިގެން: ސުޕްރީމް ކޯޓްގައި މިވަގުތު ކަރަންޓެއް ނެތް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބޭރު ކޮށްލުމުން އުފެދުނު ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓްގެ މިއަދު އޮތް އަޑުއެހުމަށް ރައީސް ޔާމީން މާލެ ގެންނަވައިފި އެވެ.

މިއަދުގެ އަޑުއެހުން އޮތީ މެންދުރު ފަހު 3:00 ގައެވެ. ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ދޭއް ޖަހަނިކޮށެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ސުޕްރީމް ކޯޓްގައެވެ.

މިއަދުގެ އަޑުއެހުމަށް ވަނުމަށް ޕީޕީއެމް / ޕީއެންސީގެ އިސް ބޭފުޅުންނާއި ރައީސް ޔާމީންގެ އާއިލީ ބޭފުޅުން ސުޕްރީމް ކޯޓް ކައިރީގައި ކިއު ހަދައިގެން އެބަ ތިއްބެވި އެވެ. 

އެނގިފައިވާ ގޮތުގައި އަޑުއެހުން ފެށުމަށް ކުޑަތަންވަމުންދާއިރު މިވަގުތު ސުޕްރީމް ކޯޓްގައި ކަރަންޓެއް ނެތެވެ. އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުން ރާއްވައިގެން ސުޕްރީމް ކޯޓުން ކަރަންޓް ކަނޑާލީ އެވެ.

ނަމަވެސް ކަރަންޓް ކުންފުނި ސްޓްލެކް އިން އެކަން ދޮގު ކުރެއެވެ. އެ ކުންފުނިން ދެންމެ ބުނީ ކަރަންޓް ކެނޑުނީ މުޅި ސަރަހައްދުން ކަމަށެވެ. ކަރަންޓް. ދިޔައީ ސްވިޗް ގިއާއެއްގައި ފެއިލް ވެގެނެވެ. އަދި މައްސަލަ ހައްލުކޮށް ވަރަށް އަވަހަށް ކަރަންޓް ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

"ގާތްގަނޑަކަށް ހަވަރަކަށް މިނެޓްގެ ތެރޭގައި މައްސަލަ ހައްލު ކުރެވޭނެ،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓްގެ އަޑުއެހުމަށް ރައީސް ޔާމީންގެ ވަކީލުންނާއި ދައުލަތުގެ ވަކީލުން އަދި އިލެކްޝަންސް ކޮމިޝަންގެ ވަކީލުން މިހާރު ވަނީ ކޯޓަށް ވަޑައިގެންފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.